ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ގާފު
ހަބަރު
18 Jul 2023 | 07:35
ރައީސް ޔާމިނަށް އިންސާފު ލިބެންދެން ރިޔާސީ އިންތިޚާބު ފަސްކުރަން އިދިކޮޅުން ގޮވާލައިފި!

ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް އިންސާފު ލިބެންދެން ރިޔާސީ އިންތިޚާބު ފަސްކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ. 

ރައީސް ޔާމީނު މިވަގުތު ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް އާރަށު މުއާމަލާތާއި ގުޅުވާ ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ މިދިޔަ ޑެސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ތަންފީޒުކުރައްވަމުން ނެވެ. 

އެ ހުކުމަކީ ނުރައްކާތެރި މިންވަރަކަށް ފަނޑިޔާރަށް ނުފޫޒު ފޯރުވައިގެން ރިޝްވަތުދީގެން އިއްވި ހުކުމެއްކަމަށް އިދިކޮޅުން ދަނީ ތުހުމަތުކުރަމުން ނެވެ. އަދި ރައީސް ޔާމިނުގެ ފަރާތްޕުޅުން ވެސް އެ ހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. 

މިދިޔަ އޭޕްރިލް މަހު ރައީސް ޔާމިނުގެ ފަރާތްޕުޅުން އާރަށު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ މައްސަލައިގެ އަޑުއެހުންތައް ވެސް ނިމުމަކާއި ހަމަޔަށް ގޮސްފައިވަނިކޮށް މިހާރު އޮތީ މަޑުޖެހިފައެވެ. 

ރައީސް ޔާމިނުގެ އިސްތިއުނާފު މައްސަލަ ލަސްވެގެން ދިއުމަކީ އެމަނިކުފާނަށް އިންސާފު ލިބިވަޑައިގަތުމަށް އޮތް ވަރަށް ބޮޑު ހުރަހެއްގެ ގޮތުގައި އިދިކޮޅުން ފާހަގަކުރެއެވެ. އަދި ރައީސް ޔާމިނުގެ އިސްތިއުނާފު ލަސްކުރަމުންދަނީ ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ނުފޫޒު ފޯރުވައިގެން ކަމަށް ވެސް އެ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. 

އިދިކޮޅުގެ ލީޑަރުން ވަނީ އެ މައްސަލައިގައި ކުރިއެރުމެއް ހޯދުމަށް ހައިކޯޓަށާއި ކަމާއި ގުޅުންހުރި އިދާރާތަކަށް ވަޑައިގެން އެ އިދާރާތާތަކުގެ އިސް މުއައްސިސުންނާއި ބައްދަލުކުރުމުގެ މަސައްކަތްޕުޅު ވެސް ކުރައްވާފަ އެވެ. 

އެހެން ނަމަވެސް، މިހާތަނަށް އެދެވޭ ނަތީޖާތަކެއް ހާސިލުވެފައި ނުވާއިރު، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ ރައީސް ޔާމިނަށް އިންސާފު ލިބުމަށް ހުރަސްއަޅާފައި އޮތް މި ދަނޑިވަޅުގައި މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 9 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ފަސްކުރުމަށް ގޮވާލައްވާފަ އެވެ. 

"ރައީސް ޔާމީނަށް އިންޞާފު ލިބެންދެން ރިޔާސީ އިންތިޚާބު ފަސްކުރުމަށް ގޮވާލަން"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމިނަކީ ވާދަވެރި ސިޔާސީ ލީޑަރަށް ވާއިރު، އެމަނިކުފާނާއ ނުލާ ބާއްވާ ރިޔާސީ އިންތިޚާބެއް ޞައްޙަވާނެ ގޮތެއް ނޯންނާނެ ކަމަށެވެ.

އަދި ރައީސް ޔާމިނަށް އިންސާފު ހޯދުމަށް ހުރަސްއަޅާ އެމަނިކުފާނު ހުރަގޭގައި ބާއްވަނީ ކަނޑައެޅިގެން ރައީސް ޞާލިހު ކޯޓުތަކަށް ނުފޫޒު ފޯރުވައިގެންކަން އެނގިވަޑައިގަންނަވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެހެންކަމުން، ރައީސް ޔާމިނަށް އިންސާފުލިބެން ދެން ރިޔާސީ އިންތިޚާބު ފަސްކޮށްދިނުމަށް އަބްދުއްރަހީމް ވަނީ ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި