ރޮނާލްޑޯ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ
ކުޅިވަރު
18 Jul 2023 | 07:24
"ސައުދީ ލީގުން ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭގައި ނެދަލޭންޑްސް އަދި ތުރުކީގެ ލީގު ފަހަތަށް ޖައްސާލާނެ"

ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭގައި ގިނަ އަދަދެއްގެ މޮޮޅެތި ކުޅުންތެރިންތަކެއް ސައުދީ ލީގަށް އަންނާނެކަމަށާއި އެއާއެކު ސައުދީ ޕްރޮފެޝަނަލް ލީގުން ތުރުކީ ލީގައި ނެދަލޭންޑްސްގެ ލީގު ފަހަތަށް ޖައްސާލާނެކަމަށް އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްގެ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ އަހަރެން ސައުދީ ލީގަށް އައުމުން އެމީހުން އެކަމަށް ފަޑުކިއިކަމަށާއި ނަމަވެސް މިހާރު މިވަނީ ކިހިނެއްތޯ ރޮނާލްޑޯ ވަނީ ސުވާލުކޮށްފައެވެ.

" ޔޫރަޕުގެ މޮޅެތި ގިނަ ކުޅުންތެރިން މިހާރު ބޭނުންވޭ ސައުދީ ލީގަށް އަންނަން."

2022 ވަނަ އަހަރު ޕްރެމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑުން ރޮނާލްޑޯގެ އެއްބަސްވުން އުވާލުމުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރަށް ބަދަލުވީ 200 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެކުލަބަށް ސޮއި ކުރުމަށްފަހު މީޑިއާ އާއި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ ސައުދީ ލީގަކީ ވަރަށް ވާދަވެރި މީހެއްކަމަށާއި އެލީގުން އެކުލަވާލާފައިވާ ޕްލޭނާއި އެއްގޮތަށް ހުރިހާ ކަމެއް ރަގަޅަށް ގޮސްފިނަމަ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ދުނިޔޭގެ އެންމެ ވަރުގަދަ ފަސް ލީގުގެ ތެރޭގައި  ސައުދީ ޕްރޮފެޝަނަލް ލީގު ހިމެނިގެންދާނެ ކަމަށެވެ. ނަމަވެސް އޭރު ގިނަ ބަޔަކަށް އެވާހަކަތައް ވީ ޖޯކަކަށެވެ. 

ނަމަވެސް މިހާރު ފެންނަމުން މިދަނީ ރޮނާލްޑޯ ތަސައްވަރު ކުރިހެން ޔޫރަޕުގެ ބޮޑެތި ޓީމުތަކަށް ނޫނެކޭ ބުނެ ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިން ސައުދީ ލީގަށް ބަދަލުވަމުން އަންނަ ތަނެވެ. އޭގެތެރޭގައި މިދިޔަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރީމް ބެންޒީމާ އާއި ޗެލްސީ ގެ ކަންޓޭގެ އިތުރުން ޚާލިދް ކުލިބާލީ އާއި ލިވަޕޫގެ ރޮބާޓޯ ފިރްމީނޯގެ އިތުރުން 2021 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި މެންޑީ ފަދަ ހުނަރުވެރި އެތަކެއް ކުޅުންތެރިންނެއް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.