އަދީބުގެ ކުރީގެ ބޮޑޫގާޑު އާމިރު/ ފޮޓޯޅ މިހާރު
ހަބަރު
18 Jul 2023 | 13:16
ރައީސް ޔާމީނުގެ ފުއްގިރި މައްސަލަ: އަދީބުގެ ބޮޑީގާޑުގެ ހެކިބަސް ނަގައިފި

ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުކޮށްދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑީގާޑު އަހުމަދު އާމިރުގެ ހެކިބަސް ނަގައިފި އެވެ. 

އަހުމަދު އާމިރަކީ އެމްއެންޑީއެފްގައި އެސްޕީޖީގައި އޭރު ނައިބްރައީސް އަހުމަދު އަދީބުގެ ސެކިއުރިޓީ ބެލެހެއްޓުުމުގައި ޙަރަކާތްތެރިވި އޮފިސަރެވެ.

އޭނާގެ ހެކިބަސް އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ނަގާފައިވަނީ މެލޭޝިއާގައި ހުންނަ ހައިކޮމިޝަން މެދުވެރިކޮށެވެ. 

އާމިރުގެ ހެކިބަސް ނެގީ އެމްއެމްޕީއާރުސީގައި ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށެވެ. 

އެގޮތުން އާމިރު ބުނީ އެމްއެމްޕީއާރުސީގެ އޮފީހުގައި އަދީބާއި ޒިޔަތާއި އެކު، ފުއްގިރި މައްސަލައިގައި ރައީސް ޔާމިނުގެ އިތުރު ދައުލަތުން ދައުވާ އުފުލި އަހުމަދު ކުރިކް ރިޒާއާއި، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމުގެ ކޮއްކޯފު ސާލިމް އާއި ޝިފާއު ކިޔާ މީހަކާއި، ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ މައުރޫފް އިންނެވިތަން ފެނުނުކަމަ ށެވެ. 

އެ ބައްދަލުވުން އޮތް ދުވަހު ލޮބީގައި މަޑުކޮށްލައިގެން ހުއްޓާ އަދީބުގެ ދަބަސް ގެނެސްދިނުމަށް އެދުމުން މީޓިން ރޫމަށް ވަތްއިރު އެމީހުން އެ ރޫމުގައި ބައްދަލުކުރަން ތިއްބާ ފެނުނުކަމަށް އާމިރު ވަނީ ކޯޓަށް ކިޔައިދީފަ އެވެ. 

ސިޔާމްގެ ކޮއްކޮ އެ ބައްދަލުވުުގައި އިންކަން މީގެ ކުރިން އާމިރު ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިނުވާތީ، ސިޔާމްގެ ކޮއްކޮ ހުންނަ ގޮތް އެނގޭތޯ ދިފާއީ ވަކީލުން ސުވާލުކޮށްފައިވެ އެވެ.

އެހެން ނަމަވެސް އޭނާއަށް އެ ސުވާލުތަކަށް ސާފުޖަވާބެއް ދެވިފައެއް ނުވެއެވެ. އަދި އޭނާގެ ސިޔައެއް ވެސް ޔަގީންކަމާއެކު ބަޔާންކޮށެއް ނުދެވުނެވެ. 

މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށައަޅާ 4 ހެކިންގެ ހެކިބަސް ނުނެގުމަށް ދައުލަތުން ވަނީ ނިންމާފަ އެވެ. 

އޭގެ ތެރޭގައި މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމާއި، އެމްޑިއޭގެ ނައިބު ރައީސް މައުރޫފުގެ ހެކިބަސް ނުނެގުމަށް ވަނީ ނިންމާފަ އެވެ. 

ދައުލަތުގެ ފަރާތުން ހުށައަޅާ ދެ ހެކިންގެ ހެކިބަސް ނެގުން މާދަމާކުރިއަށް ގެންދާ އެ މައްސަލައިގެ އަޑުއެހުމުގައި އޮންނާނެކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ. 

އެގޮތުން ދައުލަތުން ހުށައަޅާ މުހައްމަދު ޝިފާއު މިވަގުތު ހުރީ ސައުދީގެ ޖިއްދާގައި ކަމަށްވާތީ މާދަމާގެ އަޑުއެހުމުގައި އޭނާގެ ހެކިބަސް އޮންލައިންކޮށް ނެގޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ދައުލަތުން ވަނީ އެދިފައެވެ. 

އޭގެ އިތުރުން ދެން ދައުލަތުން ހުށައަޅާ އަނެއް ހެއްކަކީ ލަންކާގެ ރަށްވެއްސަކަށް ވެފައި، މިވަގުތު އޭނާ ހުރީ ލަންކާގައި ކަމަށްވާތީ، އޭނާގެ ހެކިބަސް ލަންކާގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް ހެކިބަސް ނެގޭނެ އިންތިޒާމު މާދާމާގެ އަޑުއެހުމުގައި ހަމަޖައިސައިދިނުމަށް ވެސް ދައުލަތުން ވަނީ އެދިފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.