ރައީސް ޔާމިނުގެ އަރިހުގައި ސިޔާމާއި މައުރޫފު/ ފޮޓޯ: ދުވަސް
ހަބަރު
18 Jul 2023 | 13:50
ފުއްގިރި މައްސަލަ: ރައީސް ޔާމިނާއި ދެކޮޅަށް ސިޔާމާއި މައުރޫފު ހެކިބަސްދޭން އިންކާރުކޮށްފި!

ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލާފައިވާ ދައުވާތައް ސާބިތުކޮށްދިނުމަށް ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށައަޅާފައިވާ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމާއި، އެމްޑިއޭގެ ނައިބު ރައީސް އަލީ މައުރޫފު، އެ މައްސަލައިގައި ހެކިބަސް ދޭން އިންކާރުކޮށްފި އެވެ. 

ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމިނުގެ އިތުރުން ދައުވާ އުފުލާފައިވާ އަހުމަދު ކުރިކް ރިޒާގެ މައްސަލަ އަނބުރާ ގެންގޮސް އަޑުއެހުންތައް ފަށާފައިވާއިރު، މިހާރު ކުރިއަށް ދަނީ ރައީސް ޔާމިނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ މައްސަލައިގެ އިތުރުން، ސަން ކޮންސްޓްރަކްޝަނާއި، ސަން އިންވެސްޓުމަންޓުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. 

އަދި މިހާރު އެ މައްސަލައިގައި ކުރިއަށް ދަނީ ދައުލަތުގެ ފަރާތުން ހުށައަޅާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. 

އެ މައްސަލައިގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ ދައުލަތުގެ ފަރާތުން ހުށައަޅާ 6 ހެކިންގެ ހެކިބަސް ނެގުމަށް ނިންމާފަ އެވެ. އެހެން ނަމަވެސް އޭގެ ތެރެއިން 4 ހެއްކެއް ވަނީ ފުއްގިރި މައްސަލައިގައި ދައުލަތާއި އެއްކޮޅަށް ހެކިބަސް ދޭން ބޭނުންނުވާކަމަށް ކޯޓަށް އަންގާފައެވެ. 

އެގޮތުން މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހެކިބަސް ދޭން ބޭނުންނުވާކަމަށް ސިޔާމާއި މައުރޫފު ވެސް ވަނީ ކޯޓަށް އަންގާފައެވެ. އަދި ދައުލަތުން ވަނީ އެ މީހުންގެ ހެކިބަސް ނަގަން ބޭނުންނުވާކަމަށް ވެސް ވިދާޅުވެފަ އެވެ. 

އެދެބޭފުޅުންގެ އިތުރުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ޑްރައިވަރަކަށް މަސައްކަތް ކުރި މުހައްމަދު ހުސެއިން (އޮއިއްޓޭ) ވެސް މި މައްސަލާގައި ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ދައުލަތުން ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން ދެން ބާކީ އޮންނާނީ ދެ ހެކިންގެ ހެކިބަސް ނެގުމެވެ. އެ މީހުންގެ ހެކިބަސް ނެގުމަށް މާދަމާއަށް ކްރިމިނަލް ކޯޓުން ވަނީ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. 

އެގޮތުން ދައުލަތުން ހުށައަޅާ މުހައްމަދު ޝިފާއު މިވަގުތު ހުރީ ސައުދީގެ ޖިއްދާގައި ކަމަށްވާތީ މާދަމާގެ އަޑުއެހުމުގައި އޭނާގެ ހެކިބަސް އޮންލައިންކޮށް ނެގޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ދައުލަތުން ވަނީ އެދިފައެވެ. 

އޭގެ އިތުރުން ދެން ދައުލަތުން ހުށައަޅާ އަނެއް ހެއްކަކީ ލަންކާގެ ރަށްވެއްސަކަށް ވެފައި، މިވަގުތު އޭނާ ހުރީ ލަންކާގައި ކަމަށްވާތީ، އޭނާގެ ހެކިބަސް ލަންކާގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް ހެކިބަސް ނެގޭނެ އިންތިޒާމު މާދާމާގެ އަޑުއެހުމުގައި ހަމަޖައިސައިދިނުމަށް ވެސް ދައުލަތުން ވަނީ އެދިފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.