ފިނޭންސް މިނިސްޓަރ
ހަބަރު
18 Jul 2023 | 14:42
2020 އަށްވުރެ ރާއްޖޭގެ މާލީ ޙާލަތާއި ދަރަނީގެ ޙާލަތު މިހާރު ގޯސް: އޭޑީބީ

2020 ވަނަ އަހަރަށްވުރެ ރާއްޖޭގެ މާލީ ޙާލަތާއި ދަރަނީގެ ޙާލަތު މިހާރު ގޯސް ކަމަށް އޭޝިއަން ޑިވެލޮޕްމެންޓު ބެންކް (އޭޑީބީ) އިން ބުނެފިއެވެ.

އޭޑީބީ އިން މިހެން ބުނެފައިވަނީ ދިވެހިރާއްޖޭގެ ތަރައްގީއަށް މާލީ އެހީ ދެމުންދާ އޭޑީބީއިން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ މާލީ ހާލަތު ދިރާސާ ކުރުމަށް ފަހު ނެރުނު ރިޕޯޓުގައެވެ.

އެރިޕޯޓުގައި ދިވެހިރާއްޖޭގެ މާލީ ޙާލަތު އަދި ދަރަނީގެ މައްސަލަތައްވެސް 2020 ވަނަ އަހަރަށް ވުރެ ގޯސްކަން ވަނީ ފާހަގަ ކޮށްފައެވެ.

އެ ބެންކުން ބުނެފައިވާގޮތުން، 2020 ވަނަ އަހަރުގެ ތެރޭގައިވެސް ރާއްޖޭގެ ދަރަނި ހުރީ އިންތިހާއަށް މަތީގައިކަމަށެވެ. އެގޮތުން 2020 ވަނަ އަހަރުގެ ތެރޭގައި ކޮވިޑްގެ ދަތިތަކުގެ ތެރެއިން އަރައިގަތުމަށް ކުރި ހަރަދުތަކާއި އިޤްތިސާދު ހީނަރުވުމުގެ އިތުރުން ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގުތައް އަރައިގެންދިޔަ ވަގުތު ސަބްސިޑީގެ ގޮތުގައި ކުރި ހަރަދުތަކުގެ ސަބަބުންވެސް ދަރަނީގެ މައްސަލަތައްވަނީ އޭރުވެސް އިންތިހާއަށް ގޯސްވެފައިކަން ވަނީ ފާހަގަ ކޮށްފައެވެ.

އޭޑީބީއިން ބުނެފައިވާގޮތުން، އެ ބެންކުންދަނީ އެހީދީގެން ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުމަށާއި ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ އިތުރުން އެ ސިޔާސަތުތައްވެސް ވަރުގަދަކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން 2023 ވަނަ އަހަރުގެ އެޕްރިލް މަހުގެ ތެރޭގައި 1.5 މިލިއަން ޑޮލަރު ހަރަދުކޮށްގެން ރާއްޖެއާއި އެހެނިހެން ތަރައްގީވަމުން އަންނަ ޤައުމުތަކުގެ ގާބިލުކަން އިތުރު ކުރުމަށް މަސައްކަތްތަކެއް ކޮށްފައިކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް ރާއްޖޭގައި އެ މަސައްކަތްތައް ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ބުނެފައިވެއެވެ.

އެބޭންކުން ބުނެފައިވަނީ ރާއްޖޭގެ މުއައްސަސާތަކުން އެބޭންކުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ނުދޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.