އަލީ ހުސައިން -- ފޮޓޯ/ ވޮއިސް
ހަބަރު
18 Jul 2023 | 14:45
އަލީ ހުސައިން، ސަރުކާރަށް: އިރު ހުރީ އަސުރަށް ތިރިވެފައި، ދާދި އަވަހަށް އޮއްސިދާނެ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މިސަރުކާރު ނިމުމަކާއި ގާތަށް އައިސްފައިވާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ. 

ޢަލީ މިފަދައިން ވިދާޅުވީ، ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރުގެ މަގާމްގައި ހުރި އެމްޑީޕީގެ މީސް މީޑިއާ އެކްޓިވިސްޓު އަހުމަދު އަންވަރު (ސިމްވާރު) ސަރުކާރުން އިސްތިއުފާދީ، އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު އުފައްދަވާފައިވާ ޑިމޮކްރެޓްސް ޕާޓީއާއި ގުޅުމާއި ގުޅިގެން އޭނާއަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓެއްގައެވެ. 

އެގޮތުން އަލީ ވިދާޅުވީ، ސިމްވާރުގެ އެ ނިން ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި މި ސަރުކާރު ނިމުމަކަށް އައުމާގާތަށް އައިސްފައިވާ ކަން ސިފަކުރައްވައި އަލީ ވިދާޅުވީ، އިރު ހުރީ އަސުރަށް ތިރިވެފައި ކަމަށާ ދާދި އަވަހަށް އޮއްސިދާނެ ކަމަށެވެ. އަދި މި ވަގުތު ބޭނުން ވަނީ ކުޑަ ހިތްވަރެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ސިމްވާރު އެމްޑީޕީން ވަކިވެ ނަޝީދުގެ ޑިމޮކްރެޓްސް އަށް ސޮއި ކޮށްފައިވާއިރު ، އެމްޑީޕީގެ ޕްރައިމަރީގައި އޭނާ ތާއީދު ކޮށްފައިވަނީ ރައީސް ޞާލިހަށް ކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި އިސްތިއުފާ ދިނުމުގެ ކުރިން އޭނާ އަކީ ރައީސް ޞާލިހަށް ތާއީދުކޮށް މީސް މީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނު މީހެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. 

އެމްޑީޕީން އިސްތިއުފާ ދިނުމަށްފަހު އޭނާ މިހާރު ހަރަކާތްތެރިވަމުންދަނީ ޑިމޮކްރެޓްސް ގެ ސިޔާސަތު 'ފަސޭހަ ވިޔަފާރި' ލޯންޗް ކުރަމުގެ މަސައްކަތުގައި އަތޮޅު ތެރޭގައެވެ. 

ސިމްވާރު ގެ އިތުރުންވެސް އެމްޑީޕީގެ މެންބަރުންގެ ތެރެއިން ސަރުކާރުގެ މަގާމުތަކުގައި ތިބި ގިނަ މެންބަރުންތަކެއް އިސްތިއުފާދީ ޑިމޮކްރެޓްސް އާއި ވަނީ ގުޅިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.