ޑރ ޖަމީލް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ހަބަރު
18 Jul 2023 | 16:45
ރަސޫލާއަށް ނިސްބަތްކޮށް ދޮގު ހެދުމުން ޢިމްރާން ކޮންމެފަދަ ކަމެއްކޮށްފާނެކަން ސާބިތުވޭ: ޖަމީލް

ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް އަށް ނިސްބަތްކޮށް ދޮގުހެދުމުން ޢިމްރާން ކޮންމެފަދަ ކަމެއްކޮށްފާނެ ކަން ސާބިތުވާ ކަމަށް ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވަނީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

"ޢަދާލަތުގެ ރައީސް ޢިމްރާނު ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ޙަދީޘެއް އުފެއްދުމަށްފަހު އެއީ އޮޅުމެއްކަމަށްވެސް ނުބުނުމުން އެނގެނީ ކޮންމެފަދަ ކަމެއްކޮށް، ފިތުނަ އުފައްދަން ފޫގަޅާފައިވާކަން" ޖަމީލް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޖަމީލް ވަނީ މިފަދަ ދޮގުވެރިންގެ ފަސާދައަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް ވިދާޅުވެފައެވެ.

ޖަމީލް މިހެން ވިދާޅުވެފައިމިވަނީ ށ. ފޯކައިދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި، ކެމްޕެއިންގައި ނުނިދައި ހޭލައި މަސައްކަތްކުރުމަށް ހިތްވަރުދިނުމަށް ޢިމްރާން ކީރިތި ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަގެ ހަދީޘް ބަސްފުޅެއްކަމަށް ވިދާޅުވި ބަސްފުޅަކީ ޙަދީޘެއް ނޫން ކަމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާން ވިދާޅުވެފައި ވަނިކޮށެވެ.

އަދި މިކަމާއި ގުޅިގެން ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުالله މަޢާފަށް އެދިފައެއްވެސް ނުވެއެވެ. އަދި އެބަސްފުޅަކީ ޙަދީޘެއް ނޫން ކަމަށް އެއްބަސްވެވަޑައިގެންފައެއްވެސް ނުވެއެވެ.

މިކަމާއި ގުޅިގެން ޢަދާލަތު ޕާޓީގެ ދީނީ ޢިލްމު ވެރިޔާ ޑރ މުޙައްމަދު ޢިޔާޡް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ ބުޅި ކެނޑޭނީ ކެޔޮޅުން އަތުން ކަމަށާއި ކުށްޖެހޭނީ މުޤައްރިރުންނަށް ކަމަށެވެ. މިހެންކަމުން، ކިތަންމެ މޮޅު ޢިލްމުވެރިޔަކަށްވެސް ކުށެއްކީދާނެ ކަމަށާއި ނަމަވެސް، އެހިސާބުން އެމީހަކީ ދޮގުވެރިޔެއްކަމަށް ކަނޑައެޅުމަކީ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.