ރައީސް ނަޝީދު ތުޅާދޫ ޖަލްސާ ގައި ވާހަކަ ދައްކަވަނީ--ފޮޓޯ/ ވޮއިސް
ހަބަރު
19 Jul 2023 | 10:51
އަޅުގަނޑު ސަރުކާރު ޖަވާބުދާރީ ކުރުވަނީ ސަރުކާރު ދެކެ ލޯބިން: ރައީސް ނަޝީދު

އެމަނިކުފާނު ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރައްވަނީ ސަރުކާރު ދެކެވާ ލޯބިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބ. ތުޅާދޫގައި ޑިމޮކްރެޓްސް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އުމްރާނީ ތަރައްގީގެ ސަބަބުން އިގްތިސާދަށް އަންނަ ކުރިއެރުން ފެންނަން ގާތްގަނޑަކަށް 7 އަހަރު ނަގާނެކަމަށެވެ. އެހެންކަމުން ޑިމޮކްރެޓުންގެ ސިޔާސަތަކީ އުމްރާނީ ތަަރައްގީ އާއި އެކު ރައްޔިތުންގެ ޖީބަށް އިތުރު ކުރެވޭނެ އެހެން ކަންކަންވެސް ކުރުން ކަމަށެވެ. އެކަން ކުރެވޭނީ އަމިއްލަ މަސައްކަތުން މީހުންނަށް އާމްދަނީ ލިބޭނެ ގޮތް ހަދައިގެން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. 

މިއާއެކު ނަޝީދު ވިދާޅުވީ މި ސަރުކާރަށްވެސް މަގާއި، ބަނދަރާއި، ފެނާއި ނަރުދަމާގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް، މިވަގުތު އެންމެ މުހިންމު ވެފައި އޮތީ މުވައްސާސާތައް ވަރުގަދަ ކުރުމަށް މަސައްކަތް ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް މި އޮންނަނީ އަދިވެސް ސަރުކާރާއި އިދިކޮޅު އަމަލެއްގެ ގޮތުގައި މާނަވާ ގޮތަށް. އަޅުގަނޑު ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރަނީ ސަރުކާރު ދެކެ ލޯބިން.".

ރައީސް މުހައްމަދު ނަޝީދު 

ނަޝިދު ވިދާޅުވީ، އެމަނިކުފާނަށް ފެންނަ ފެނުމުގައި ސަރުކާރު ޖަވާބުދާރީ ކުރެވި، ފައިސާ ހަރަދު ކުރާ ގޮތް ރައްޔިތުންނަށް އެނގޭ މިންވަރަށް ހިނގައްޖެ ނަމަ ތަރައްގީގެ މަސައްކަތްތައް މުޅިން ބަދަލުވާނެ ކަމަށެވެ.

"އަޅުގަނޑަށް، ފެންނަ ތަނުގައި ކުދި އަދި މެދުފަންތީގެ ލޯނުވެސް، މި ބަލަނީ ވަސީލަތެއްގެ ގޮތުގައި މީހަކު ހިފެހެއްޓުމަށް. މީހަކު ވަކި ގޮތަަކަށް އެނބުރުމަށް ލެންބުމަށް، އެއީ ހަމަ އެކަނި ސަރުކާރުގެ ދަރަނިން ވާ ކަމެއް ނޫން، ބައިނަލްއަގްވާމީ ދަރަނިންވެސް މިއަކީ މި ބޭނުމަށް ވަކި ގޮތަކަށް ލެންބުމަށް ހިފެހެއްޓުމަށް."

ރައީސް މުހައްމަދު ނަޝީދު 

ނަޝީދު ވިދާޅުވީ، މި ސަރުކާރުގެ ދަރިނިވެސް ވެގެން މި ދަނީ ވަކި އަތަކަށް މީހުން ލެންބުމަށް ބޭނުން ކުރާ ވަސީލަތަކަށް ކަމަށެވެ. އަދި ލިބޭ ފައިސާއިން ކަމެއް ހިންގާ ތަނެއް ފެނިގެން ނުދާ ކަަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ނަޝީދު ވިދާޅުވީ، ގެސްޓް ހައުސް އަޅަން މީހުންނަށް ލޯނު ދިނުމަށްފަހު، އެ ލޯނުން ގެސްޓް ހައުސް އަޅާ ނިމިގެން އޭގެން އާމްްދަނީއެއް ލިބި އެ ލޯނު އަނބުރާ ދެކެވޭނެ ތަނެއް ނުފެންނަ ކަަމަށެވެ. އެ ނުފެނިދާ ސަބަބަކީ އެކަން ނުބެލެހެއްޓޭތީ ކަމަށާ، އެއީ ރައީސުލްޖުމްހޫރިއްޔާ، މަޖިލިސް ކޮންޓްރޯލް ކުރާތީ ވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"ނުފެނިދާ އެއް ސަބަބަކީ ނުބެލެހެއްޓޭތީ، ރައީސުލްޖުމްހޫރިއްޔާ މަޖިލީސް ކޮންޓްރޯލް ކުރައްވަން ޖެހިވަޑައިގަންނަވާތީ، އެއީ ނިޒާމީ މައްސަލައެއް. އަޅުގަނޑުވެސް މަޖިލީސް މެންބަރުންނާއި ގާތްކަން ބަހައްޓަން ޖެހުނު ސަރުކާރުގައި އުޅުނުއިރު. މަޖިލީހުގެ ރުހުން އިންތިހާއަށް ސަރުކާރުން ހޯދަން ޖެހޭ، މަޖިލީހާއި ނުލާ ސަރުކާރަށް ހިންގޭ ތަނެއްވެސް ނުވެސް އާދޭ. އެހެންވީމާ މަޖިލީހުގެ ބޭނުންތެރިކަން ރައީސުލްޖުމްހޫރިއްޔާ ހޯދަން މިޖެހެނީ. 

ރައީސް މުހައްމަދު ނަޝީދު 

ނަޝީދު ވިދާޅުވީ މަޖިލީހުގެ ބޭނުންތެރިކަން ރައީސް ހޯދަން ޖެހިވަޑައިގަންނަވަނީ ނޭދެވޭ ގޮތްތަކަށް، ހިންގާ ކޮންޓެރްކްޓް ތަކެއްގެ ބޭނުން ކުރައްވައިގެން ކަމަށެވެ. ނަމަވެސް އެއީ ނޭދެވޭ ކަމެއް ކަމަށާ، މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވެން ޖެހޭނެކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.