ރައީސް ޔާމިނަށް ރިޔާސީ ޓިކެޓު ހަވާލުކުރައްވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
19 Jul 2023 | 12:25
ޕީޕީއެމްއަށް ގޮތް ހުސްވީކަމަށް ވިސްނައިދޭން އުޅޭނެކަމެއް ނެތް: އިދިކޮޅު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު މިވަގުތު ޖަލު ހުކުމެއް ތަންފީޒުކުރައްވަން ޖެހިވަޑައިގަތުމަކީ ޕީޕީއެމްއަށް ގޮތް ހުސްވުންކަމަށް ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ނުކުރުމަށް އިދިކޮޅުން ގޮވާލައިފި އެވެ. 

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު މިވަގުތު ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. 

އެ ހުކުމަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން، ރިޝަވަތުދީގެން ކޮށްފައިވާ "ސިޔާސީ ހުކުމެއް" ކަމަށް އިދިކޮޅު ލީޑަރުން ވިދާޅުވަމުންދާއިރު، ރައީސް ޔާމިނުގެ ފަރާތްޕުޅުން ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އަދި މިހާރު އެ މައްސަލަ އޮތީ ގާތްގަނޑަކަށް ނިމުމަކާއި ހަމަޔަށް ގޮސްފައެވެ. 

ހައިކޯޓުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ 2 ފަނޑިޔާރެއް ޗުއްޓީއަށް ވަޑައިގަތުމާއި ގުޅިގެން އެ މައްސަލަ އޮތީ މަޑުޖެހިފައެވެ. އެކަމާއި ގުޅިގެން އިދިކޮޅުން ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ. 

އެހެން ނަމަވެސް އިދިކޮޅުން ބުނަމުންދަނީ ރައީސް ޔާމިނުގެ ނަންފުޅު ރިޔާސީ އިންތިޚާބުގެ ކަރުދާސްކޮޅުގައި އޮންނާނެ ކަމަށެވެ. 

އެކަމާއި ގުޅޭގޮތުން ޕީޕީއެމް އޮފީހުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ޕީޕީއެމަށް ގޮތް ހުސްވެފައިވާކަމަށް ރައްޔިތުންނަށް ސަރުކާރުން ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވާކަމަ ށެވެ. 

ޕީއެންސީގެ ނައިބު ރައީސް ޝުޖާއު/ ފޮޓޯ: ދެން

"ޕީޕީއެމް ބަލިވާނެ ކަމަށް ޕީޕީއެމަށް ގޮތް ހުސްވާނެކަމަށް، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއް ނުހުންނާނެކަމަށް އިބްރާހިމް މުޙައްމަދު ޞާލިހު ރައްޔިތުންނަށް ވިސްނަދީ އަދި މި ޕާޓީ ހަލާކުކުރަން ކުރާ މަސައްކަތް މިހާރު ހުއްޓާލާ. އެކަމެއް ނުވާނެ"

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު

ޝުޖާއު ވިދާޅުވީ ޕީޕީއެމް އޮތީ ރައީސް ޔާމިންގެ ފަހަތްޕުޅުގައި ވަރަށް ބަދަހިކޮށް ކަމަށެވެ. އަދި ޕީޕީއެމަކީ އިންތިޒާމުވެގެން ސިޔާސީ ހަރަކާތްތައް ހިންގާ ޕާޓީއެއް ކަމަށާއި، ރިޔާސީ އިންތިޚާބުގައި ކަންކަން ކުރަންވީ ގޮތް ވެސް ޕާޓީން އޮތީ ރާވައި ނިންމާފައިކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި