ޕީއެންސީގެ ނައިބު ރައީސް ސައީދު/ ފޮޓޯ: ދެން
ހަބަރު
19 Jul 2023 | 13:33
އަދަދުން ސައީދު ވިދާޅުވީ މި ސަރުކާރުން އިންޑިއާއަށް ރާއްޖެ ދަރުވާލާފައިވާ މިންވަރު!

މި ސަރުކާރުން 2.7 ބިލިއަން ޑޮލަރުން އިންޑިއާއަށް ދިވެހި ރައްޔިތުން ދަރުވާލާފައިވާކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ސައީދު މި ތަފްސީލުތައް ހާމަކުރައްވާފައިވަނީ އަންގާރަ ދުވަހުގެ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އިންޑިއާއިން ނެގި ބައެއް ލޯނުގެ ތަފްސީލު!

- އެފްކޯން އިންފްރާސްޓްރަކްޗާއާއި ހަވާލުކޮށްގެން ތިލަމާލޭގައި ބްރިޖު އެޅުމަށް 500 މިލިއަން ޑޮލަރު

-ޖޭއެމްސީ ޕވޓ ލޓޑ އާއި ހަވާލުކޮށްގެން ހަނިމާދޫ އެއާޕޯޓު އެޅުމަށް 137 މިލިއަން ޑޮލަރު 

-ޖޭއެމްސީ ޕްރޮޖެކްޓްސް ކިޔާ ބަޔަކަށް 200 ސޯޝަލް ހައުސިން އަޅަން 137 މިލިއަން ޑޮލަރު

-ރެނާޓަސް އަށް އެކްސްޕޭންޑް އެންޑް އަޕްގްރޭޑް އިންފްރާސްޓްރަކްޝާ އޮގް ގަން އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއަށް 29 މިލިއަން ޑޮލަރު

-އަސޯކާ ބިލްޑިން އަށް 2000 ސޯޝަލް ހައުސިން ޔުނިޓުއަޅަން 140 މިލިއަން ޑޮލަރު

-އޭބީއެލް އިންދްރަޖީވް ކިޔާ ކުންފުންޏަކަށް ފުލުހުންގެ މަރުކަޒެއް އަޅަން 148 މިލިއަން ޑޮލަރު

-ޓެލެކޮމިއުނިކޭޝަން ކޮންސަންޓަންޓު ކިޔާ ބަޔަކަށް ހޮސްޕިޓަލު އަޅަން 57 މިލިއަން ޑޮލަރު

-ރެއިލް ވިކާސް ނިގަމް ކިޔާ ކުންފުންޏަކަށް އުތުރުތިލަފަޅުގައި އަސްކަރީ މަރުކަޒު އަޅަން 186 މިލިއަން ޑޮލަރު

-އެލްއެންޓީ އިންފްރާސްޓްރަކްޗާ އިންޖިނިއަރިން ކިޔާ ބަޔަކަށް ޕްރޮޖެކްޓު މެނޭޖުމަންޓު އެންޑް ކޮންސަލްޓެންސީ އިން އައްޑޫ ކިޔާފައި 800 މިލިއަން ޑޮލަރު

-ޖޭއެމްސީ ޕްރޮޖެކްޓު ވޯޓާ ސަޕްލައި މަސައްކަތްތަކެއް ކުރަން (ފެނާއި ނަރުދަމާ) 800 މިލިއަން ޑޮލަރު

-މޯހަން މުތާ އަށް ނަރުދަމާ އަޅަން 1.35 މިލިއަން ޑޮލަރު

-މޯހަން މުތާއަށް ނަރުދަމާ އަޅަން 1.57 މިލިއަން ޑޮލަރު

-މޯހަން މުތާއަށް ނަރުދަމާ އަޅަން 2.29 މިލިއަން ޑޮލަރު

ރައީސް ޞާލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ

ސައީދު ވިދާޅުވި ގޮތުގައި މި ހުރިހާ ލޯނުތަކެއް ނަގާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ކަމަށެވެ. އަދި އިންޑިއާއިން ނެގި ލޯނުތަކުގެ ޖުމްލަ އަދަދު 2.7 ބިލިއަން ރުފިޔާއަށް އަރާކަމަށް ސައީދު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޞާލިހުގެ ސަރުކާރުން ވަނީ ކުރީގެ ރައީސުންނާއި ރަސްރަސްކަލުންގެ ވެރިކަންތަކާއި ލައިގެން ވެސް ގިނިކަންޏާއި އެއްވެސް ރައީސަކު ނުނަގާވަރަށް ލޯނު ނަގާ ރާއްޖޭގެ ދަރަނި އިތުރުކޮށްފަ އެވެ.

އެހާ ބޮޑެތި ލޯނުތައް ނަގައިގެން ވެސް މި ސަރުކާރަށް އިޤްތިޞާދަށް ފައިދާ އިތުރުކުރެވޭނެ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަމަށް ސައީދުގެ ވާހަކައިގައި ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި