ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ދެން
ހަބަރު
19 Jul 2023 | 15:27
ސިފައިން ވަފާތެރިވާންވީ މާރިޔާއަކަށް ނޫން، ދިވެހި ޤައުމަށް: އަބްދުއްރަހީމް

ދިވެހި ސިފައިން ވަފާތެރިވާންވީ ފަހަރެއްގައި ވެސް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއަށް ނޫން ކަމަށާއި، އެމީހުން ވަފާތެރިކަން އަދާކުރަންވީ މި ޤައުމާއި ރައްޔިތުންނަށް ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ އަންގާރަ ދުވަހުގެ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

އަބްދުއްރަހީމް ވިދާޅުވީ ގައުމީ ސަލާމަތީ ބާރުތަކުގެ ހަމައެކަނި ޒިންމާއަކީ ބޭރުން އަންނަ ހަމަލާތަކުން ގައުމު ސަލާމަތްކުރުން ނޫންކަމަށެވެ.

ގައުމަށް ދިމާވާ ކޮންމެ ބޮޑުކަމުން ގައުމުގެ ރައްޔިތުން ސަލާމަތް ކުރުމަކީ ސަލާމަތީ ބާރުތަކުގެ ކޮންޑުގައި އެޅިފައިވާ ޒިންމާއަކަށް ވާއިރު، މިހާރު ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ދިވެހިވަންތަކަމުގެ ކަންފުޅެއް ވެސް ނެތް ބަޔަކު ވެރިކަމުގައި ތިބުންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ ދިފާއީ ބާރުތަކުން ވަފާތެރިވާންވީ ސިޔާސީ ވެރިންނަށް ނުވަތަ އެމީހުންގެ މައްޗަށް އައްޔަށްކޮށްފައި ތިބި މިނިސްޓަރުންނަށް ނޫން ކަމަށެވެ. އަދި އެފަދައިން އަމަލުކުރާނަމަ ސިފައިން ވެސް ޤާނޫނާއި ޚިލާފުވާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"މާރިޔާއަކަށް ނޫން ތެދުވެރިވާން ވީކީ، ޝަމާލަކަށް ނޫން ވަފާތެރިވާންވީ ކީ އެއް، އިބްރާހިމް މުޙައްމަދު ޞާލިހަކަށް ނޫން އިޚްލާސްތެރިވާންވީ ކީ އެއް، ވަފާތެރިވާންވީ ދިވެހި ގައުމަށް. ތެދުވެރިވާންވީ މާތް ވެގެންވާ އިސްލާމްދީނަށް، އެހެން ނޫނީ ތިޔަބޭފުޅުންނަށް ތިޔަ ތިއްބެވެނީ ގާނޫނާއި ޚިލާފުވެފައި" 

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله 

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ޞައްހަކަން ސަލާމަތީ ބާރުތަކުން ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.

އަދި އިންތިޚާބަށް މި އޮތް ދުވަސްތަކުގައި ރައީސް ޞާލިހު ހައްޔަރުކޮށް ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި