ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު-- ފޮޓޯ/ އެމްޑީޕީ
ހަބަރު
20 Jul 2023 | 14:15
މީގެ ކުރިން އެމްޑީޕީން ނުކުތީ ވެރިކަންތައް ބަދަލުކުރަން؛ މިހާރު އެކަން ބަދަލު ކުރަންޖެހޭ: ރައީސް ޞާލިހު

ވެރިކަންތައް ބަދަލުކުރުމަކީ އެމްޑީޕީގެ ދާއިމީ ސިޔާތެއް ނޫންކަމަށާއި, އެކަން ބަދަލުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޕެއިނަށް ހއ. އަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު ހއ. މާރަންދޫ އަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން އެމްޑީޕީން އަބަދުވެސް ނުކުތީ ވެރިކަންތައް ބަދަލުކުރަން ކަމަށެވެ. އަދި މިހާރުވެސް ޕާޓީގެ ތެރެއިން ވެރިކަން ބަދަލުކުރަން އުޅޭ ކަމަށާ، އެއީ ޕާޓީގެ ތެރޭގައި ހަރުލާފައި ހުރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ނަމަވެސް އެކަން ބަދަލުކުރަންޖެހޭ ކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވިދާޅުވީ، ވެރިކަމުގައި ތިބެންވެސް އެމްޑީޕީން ދަސްކުރަން ޖެހޭކަމަށާ ރައްޔިތުންނަށް ޚިދުމަތް ކުރެވޭނީ އެކަން ކޮށްގެން ކަމަށެވެ. 

އެ ވިސްނުން ވެރިކަން ބަދަލުކުރުމުގެ ވިސްނުން، އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޭބޭފުޅުންގެ އެބަހުރި. ޕާޓީ ތެރޭގައި ވެރިކަމުގައި ތިބެވެސް ވެރިކަން ބަދަލުކުރުމުގެ ވިސްނުން އެބަހުރި. އެއީ ހަރުލާފައި ނުނެއްޓި ހުރި ކަންތައް. އެމްޑީޕީގެ ދާއިމީ ސިޔާސަތެއް ނޫން އެއީ ވެރިކަންތައް ބަދަލު ކުރުމަކީ. ވެރިކަމުގައި ތިބެންވެސް ދަސްކުރަންޖެހޭނެ. ރައްޔިތުންނަށް ހިދުމަތް ކުރެވޭނީ އެކަންކޮށްގެން.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓްގައި ނުކުމެވަޑައިގެން ހުންނެވީ 2018 ވަނަ އަހަރު ރައްޔިތުން ހޮވި ސަރުކާރު ދަމަހައްޓަވަން ކަމަށެވެ. އަދި އެއަހަރު ރައްޔިތުން އިންތިހާބު ކުރި ކޯލިޝަން ސަރުކާރު ދަމަހައްޓަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ޞާލިހު ވަނީ ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.