އިދިކޮޅު ލީޑަރުން ޖުމްހޫރީ މައިދާނުގައި އިހުތިޖާޖު ކުރަނީ/ ފޮޓޯ: ދެން
ހަބަރު
20 Jul 2023 | 18:25
ރައީސް ޔާމިނުގެ މިނިވަންކުރުމަށް ގޮވާލާ އިދިކޮޅު ލީޑަރުން ޖުމްހޫރީ މައިދާނަށް!

ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަންގެ ލީޑަރުން ޖުމްހޫރީ މައިދާނުގައި އިށީނދެ އިހުތިޖާޖުކޮށްފޮ އެވެ. 

ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ މަޑުޖެހިފައި އޮތުމާއި ގުޅިގެން އިދިކޮޅުގެ އޮތް ކަންބޮޑުވުންތަކާއެކު މިއަދުވެސް އިދިކޮޅު ލީޑަރުން ވަނީ ހައިކޯޓަށް ވަޑައިގެންފަ އެވެ. 

އެހެން ނަމަވެސް މިއަދުވެސް ހައިކޯޓުން އެ މައްސަލައިގެ އަޑުއެހުމެއް ދެން ތާވަލުކުރާނެ ދުވަހަކާއި ގުޅޭ މައުލޫމާތެއް ހިއްސާކޮށްފަ އެއް ނުވެއެވެ. 

ހައިކޯޓު ސަރަހައްދުގައި ތިބުމަށްފަހު އެފަހުން އިދިކޮޅު ލީޑަރުން ވަނީ ޖުމްހޫރީ މައިދާނަށް އެއްވެފައެވެ. އަދި އެތަނުގައި އިށީނދެގެން ތިބެ ރައީސް ޔާމިން މިނިވަންކުރުމަށް ގޮވާލާ އިހުތިޖާޖުކުރަން ފަށާފައެވެ. 

އިދިކޮޅު ލީޑަޝިޕްގެ ބައެއް ބޭފުޅުންގެ އިތުރުން ޕީޕީއެމަށް ނިސްބަތްވާ ބައެއް މަޖިލީސް މެމްބަރުން ވެސް ވަނީ ޖުމްހޫރީ މައިދާނަށް އެއްވެފައެވެ. 

އިދިކޮޅު ލީޑަރުން ބުނީ ރައީސް ޔާމިނުގެ އިސްތިއުނާފު މައްސަލަ ހައިކޯތުގައި ތާވަލުކުރަން ދެން އެ ބޭފުޅުން ކޮންމެ ދުވަހަކުވެސް އެ އިހުތިޖާޖު ކުރާނެ ކަމަށެވެ. އަދި ހައިކޯޓު ހުޅުވާފައި ހުންނަ ދުވަސްތަކުގައި އެ ކޯޓަށް ވަޑައިގެން ވެސް މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ. 

ރައީސް ޔާމިނުގެ މައްސަލައަށް ނުފޫޒު ފޯރުވައިގެން އެ މައްސަލަ މަޑުޖައްސާފައި ނުބޭއްވޭނެ ކަމަށާއި، އަދި އެފަދައިން އެކަން ކުރާނަމަ ރައީސް ޞާލިހަށްވެސް ފަސޭހަފުޅު ކެމްޕޭނެއް ނުކުރެވޭނެކަމަށް އިދިކޮޅު ލީޑަރުން ވިދާޅުވި އެވެ. 

ޖުމްހޫރީ މައިދާނުގައި އިދިކޮޅު ލީޑަރުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަނީ ހުރަސްއަޅާ، އޭގެ ތެރެއިން ބައެއް ލީޑަރުން ހައްޔަރުކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި