މަނިޕޫރްގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާއި ދެކޮޅަށް އަޑުއުފުލަނީ.
ހަބަރު
23 Jul 2023 | 12:43
އިންޑިޔާގެ މަނިޕޫރްގައި ފުލުހުން އަންހެނަކު ރޭޕްކޮށްލަން ދޫކޮށްލި މައްސަލައެއް ފެންމަތިވެއްޖެ

އިންޑިޔާ ފުލުހުން އިންޑިޔާގެ މަނިޕޫރްގެ އަންހެނަކު ރޭޕް ކުރަން ދޫކޮށްލައިފި ކަމަށް އެއަންހެންމީހާ ބުނެފިއެވެ.

އިންޑިޔާގެ މަނިޕޫރްގައި ހިނގި މިހާދިސާގައި ޝާމިލްވި އަންހެނަކު އިންޑިޔާގެ މީޑިއާ އަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ފުލުހުން އެމީހުން ގެންދިޔައީ އެމީހުންގެ ގޭ ކައިރީގައި ތިއްބައެވެ.

މަނިޕޫރްގައި ދިރިއުޅޭ ކުކީ ޒުމީ ސަރަހައްދަށް ނިސްބަތްވާ މި ދެއަންހެނުން އެމީހުންގެ ގޭކައިރިން ހިފަހައްޓައިގެން ގެންގޮސް ދޫކޮށްލީ އެމީހުންގެ އަވަށާއި ތަންކޮޅެއް ދުރަށް ކަމަށާއި، ފުލުހުން ތިބީ އެމީހުންގެ ގެދޮރަށް ގެއްލުން ދެމުންދިޔަ ހައްދުފަހަނައެޅި ހިންދޫންނާއި އެކުގައި ކަމަށެވެ. އަވަށާއި ތަންކޮޅެއް ދުރަށް ގެންގޮސް ފުލުހުން އެދެއަންހެނުން ހިންދޫންގެ އަތްމައްޗަށް ދޫކޮށްލި ކަމަށް އެއަންހެނުން ބުނެފައިވެއެވެ.

މި ހާދިސާގައި ހިންދޫންގެ ޝިކާރައަކަށްވި ދެމީހުންގެ ތެރެއިން އެކަކީ 20 އަހަރުގެ މީހެކެވެ. އަނެއް މީހާއަކީ 40 އަހަރުގެ މީހެކެވެ.

ހައްދުފަހަނައެޅި ހިންދޫންއިން އެދެމީހުން ގެންގޮސް 20 އަހަރުގެ އަންހެން މީހާ ރޭޕް ކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ހިންދޫން ވަނީ އެދެމީހުންގެ ހެދުން ބާލުވައިގެން މަގުމަތީގައި ހިންގައިފައެވެ. ހިންދޫން އެދެމީހުން މަގުމަތީގައި ހެދުންބާލުވައިގެން ހިންގި ވީޑިއޯ އެއް ޢާންމުވެފައިވެއެވެ.

މިއީ މެއި މަހުގެ 18 ވަނަ ދުވަހު ހިނގި ހާދިސާއެކެވެ.

އިންޑިޔާގެ ހައްދުފަހަނައެޅި ހިންދޫން މަނިޕޫރްގައި ދިރިއުޅޭ ކްރިސްޓިއަން އާއިލާތަކުގެ މީހުންނަށާއި އެމީހުންގެ ގޯތި ގެދޮރަށް ގެއްލުންދީ އަނިޔާދޭތާ ކިތަންމެ ދުވަހެއް މިހާރުވަނީ ފާއިތުވެފައެވެ.

މިއަހަރުގެ މެއިމަހުގެ ތިންވަނަ ދުވަހުން ފެށިގެން ހައްދުފަހަނައެޅި ހިންދޫން ދަނީ މަނިޕޫރްގައި ދިރިއުޅޭ  ކްރިސްޓިއަނުންނަށް ދަނީ މިއަނިޔާތައް ދެމުންނެވެ. މިކަންތައްތަކަށް މިހާދުވަސް ވެފައިވާއިރު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިކަން ކުށްވެރިކޮށް އެއްޗެއް ވިދާޅުވެފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

މޯދީ މިކަމާއި ގުޅިގެން ވިދާޅުވެފައިވަނީ މަނިޕޫރްގެ އަންހެނުންނަށް ކުރަމުންދާ އަނިޔާތަކަކީ ހަނދާނުން ފޮހެ ނުލެވޭނެ އަދި މަޢާފުނުކުރެވޭނެ ކަންތައްތަކެއް ކަމަށެވެ. އަދި މިކަމުގައި ޝާމިލްވާ އެއްވެސް ކުށްވެރިޔަކު ދޫކޮށްނުލެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މަނިޕޫރްގައި ހިންގި މިޢަމަލުތަކަސް 1800 ގަޑިއިރަށްވުރެ ގިނަ އިރު ވީފަހުން މޯދީގެ 30 ސިކުންތުގެ ބަސްކޮޅެއް އައުމުން އިންޑިޔާގެ އިދިކޮޅު ފަރާތްތަކުން ވަނީ މޯދީ އަށް ފާޑުވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކުން ވިދާޅުވެފައިވަނީ މޯދީ މަނިޕޫރްގެ ޙާލަތާއި މެދު ވާހަކަ މިދެއްކެވީ މޯދީ އާއި ދެކޮޅަށް އިންޑިޔާގެ ގިނަ އިދިކޮޅު ލީޑަރުންތަކެއް އެއްބަސްކިޔައި ކޯލިޝަން ހެދުމުން އެކަމުން ރައްޔިތުންގެ ސަމާލުކަން ދޫކުރުވަން ދެބޯގެރި ދުއްވުމަށް ކަމަށެވެ.

އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިކަމާއިގުޅިގެން ބަހެއް ބުނިތާ މާގިނަ އިރެއް ނުވެ މިކަމާއި ގުޅިގެން 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އިތުރު 30 މީހަކު ހޯދަމުންދާކަމަށް މިހާރު އިންޑިޔާ ފުލުހުން ވަނީ ބުނެފައެވެ.

މެއި މަހުން ފެށިގެން އިންޑިޔާގެ ހައްދުފަހަނަ އެޅި ހިންދޫއިން މަނިޕޫރްގައި ދިރިއުޅެމުން އަންނަ ކުކީ-ޒޯ ކޮމިޔުނިޓީ ގެ މީހުންނާއި ދެކޮޅަށް ހިންގަމުން އަންނަ އިންސާނިއްޔަތާއި ޚިލާފު ޢަމަލު ތަކުގެ ސަބަބުން މިހާތަނަށް އެކޮމިޔުނިޓީގެ 130 މީހަކު މަރުވެފައި ވާއިރު، 50،000 މީހުން ވަނީ އަވަށްދޫކޮށް ފިލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް