ހުކުރު ޚުތުބާގެ ތެރެއިން--
ހަބަރު
21 Jul 2023 | 14:04
"ފަސާދަ ކުރަން އުޅޭ މީހުންނަށް ގަދަފަދަ އަދަބު ދެއްވާނެކަން ފިރުޢައުނު ޣަރަގުވި ހާދިސާއިން އެނގޭ"

ފިރުޢައުނު ޢަރަޤުކުރެއްވި ހާދިސާއިން އެނގެނީ މާތްالله އަށް ކާފިރުވެ ދުނިޔެ ފަސާދަ ކުރަން އުޅޭ މީހުންނަށް ގަދަފަދަ އަޒާބުން އަޒާބު ދެއްވައި ނެތިކުރައްވާ އެމީހުންނަށް އެކަމުގައި ކާމިޔާބު ނުލިބޭނެ ކަން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

''ޢާޝޫރާ ދުވަހުގެ މާތްކަން'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ވަނީ ފިރުޢައުނު ޣަރަޤު ކުރެވުނު ހާދިސާއަށް އަލިއަޅުވާލާފައެވެ. 

އެގޮތުން ޚުތުބާގައި ބުނީ، ޢާޝޫރާ ދުވަހަކީ ފިރްއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި ފިރްއައުނާއި އޭނާގެ ލަޝްކަރު ޢަރަޤުކުރެއްވި ދުވަސް ކަމަށެވެ. އެގޮތުން ބަނީ އިސްރާއީލު ބާގައިގެ މީހުން ސިއްރިއްޔާތުގައި މިސްރުން ނުކުތުމުން ފިރްއައުނު އޭނާގެ ލަޝްކަރީން އެއްކޮށް މޫސާގެފާނާއި އެކަލޭގެފާނުގެ ގައުމު މުޅިން ނައްތާލުމަށްޓަކައި ނުކުތް ކަމަށް އެ ދުވަހު ކަން ހިނގައިދިޔަ ގޮތަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނެފައިވެއެވެ. 

"މޫސާގެފާނުގެ ގައުމުގެ މީހުންނަށް ފިރްއައުނުގެ ބިޔަ ލަޝްކަރު ފެނުމުން އެބައިމީހުން ބުންޏެވެ. މާނައީ ހަމަކަށަވަރުން އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ. އެހިނދު ވަރަށް އިތުބާރާއި ޔަގީންކަމާއެކު މޫސާގެފާނުގެ ވިދާޅުވި ބަސްފުޅު މާތް الله ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. މާނައީ އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން ތިމަންގެ ވެރި ރަސްކަލާނގެ ތިމަންނާއާއެކު ނަސްރު ދެއްވުމުގައި ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ."

ހުކުރު ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ، ފިރްއައުނު ޢަރަޤުކުރެއްވި މި މިހާދިސާއިން އެނގެނީ މާތް الله އަށް ކާފިރުވެ ދުނިޔެ ފަސާދަ ކުރަން އުޅޭ މީހުންނަށް ގަދަފަދަ އަޒާބުން އަޒާބު ދެއްވައި ނެތިކުރައްވާ އެމީހުންނަށް އެކަމުގައި ކާމިޔާބު ނުލިބޭނެ ކަމެވެ. އަދި ފަސާދައާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށާއި، މާތް الله އަށް އިމާންވާ މީހުންނަށް އާހިރުގަ އެކަލާނގެ ކާމިޔާބު ދެއްވައި އެމީހުންނަށް ދުނިޔޭގައި ވެސް އިއްޒަތާއި ޝަރަފާއި ގަދަރު ދެއްވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހުތުބާގައި ބުނި ގޮތުގައި މުހައްރަމު މަހަކީ މާތް الله ހުރުމަތްތެރި ކުރައްވާފައިވާ މަހެއް ކަމަށާއި ރަމަޟާން މަހަށް ފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުހައްރަމު މަސް ކަމަށެވެ. 

"އާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުށް ފާފަތައް، މާތް الله ފުއްސަވައި ދެއްވާނެ އަމަލެއް ކަމުގައި ދެކެވަޑައިގަންނަވަމެވެ،" ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވާކަމަށް ހުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ޢާޝޫރާ ދުވަހު ރޯދަ ހިފާ މީހާ އޭގެ ކުރީ ދުވަހު، (އެބަހީ: ނުވަވަނަ ދުވަހު) ނުވަތަ އެދުވަހާއި ޖެހިގެން އަން ދުވަހު (އެބަހީ: އެގާރަވަނަ ދުވަހު) ރޯދަ ހިފުމަކީ ސުންނަތްވެގެންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ މުސްލިމުންނަށްޓަކައި މާތް الله ޚާއްސަ ކުރައްވާފައިވާ ދުވަސްތަކުގެ މަތިން ހަނދުމަކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށާއި، އެއިން އިބްރަތް ހާސިލު ކުރަންޖެހޭ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.