ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު--
ހަބަރު
21 Jul 2023 | 15:15
ޚުތުބާގައި އާޝޫރާ ދުވަހާއި ގުޅުވައި ސާބިތު ނުވާ ވާހަކަތަކެއް ގެނެސްފައިވާ ކަމަށް ބުނެފި!

މުހައްރަމް މަހުގެ 10 ވަނަ ދުވަސް، އާޝޫރާ ދުވަހާއި ގުޅުވައި ސާބިތު ނުވާ ވާހަކަތަކެއް މިއަދުގެ ޚުތުބާގައި ގެނެސްފައިވާ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. 

މިއަދުގެ ޚުތުބާ އަމާޒުކޮށްފައި ވަނީ ''ޢާޝޫރާ ދުވަހުގެ މާތްކަން'' މި މައުޟޫއަށެވެ. 

މި ޚުތުބާގައި ބުނީ، މުސްލިމުންނަށްޓަކައި މާތް الله ޚާއްސަ ކުރައްވާފައިވާ ދުވަސްތަކުގެ މަތިން ހަނދުމަކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށާއި، އެއިން އިބްރަތް ހާސިލު ކުރަންޖެހޭ ކަމަށެވެ. އެގޮތުން މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި ޒިކްރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އެއާއެކު ތަފްސީރު ފޮތްތަކަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ މާތް الله އާދަމުގެފާނު ތައުބާ ގަބޫލުފުޅު ކުރެއްވީ ޢާޝޫދާ ދުވަހު ކަމަށާއި، ނޫޙުގެފާނާއި އެކަލާގެފާނަށް އިމާންވި މީހުން ތޫފާނުން ސަލާމަތްކުރެއްވީ ޢާޝޫރާ ދުވަހު ކަމަށެވެ. އިބްރާހީމުގެފާނު އަންދާލުމަށް ލައުނަތް ލެއްވި ނަމްރޫދު ރޯކުރި އަލިފާންގަނޑުން އިބްރާހީމްގެފާނު ސަލާމަތް ކުރެއްވީ ޢާޝޫރާ ދުވަހު ކަމަށާއި، ޔޫސުފުގެފާނުގެ އަޚުންގެ ނުބައި ރޭވުންތަކުން ޔޫސުފުގެފާނު ސަލާމަތް ކުރެއްވުމަށްފަހު އެކަލޭގެފަނުގެ ބަފައިކަލުން ޔަޢުޤޫބުގެފާނާ އަލުން ބައްދަލުވެވަޑައިގަތީ ޢާޝޫރާ ދުވަހު ކަމަށެވެ. ޔޫނުސުގެފާނު މަހުގެ ބަނޑު ތެރެއިން ސަލާމަތްވެ ވަޑައިގަތީ ޢާޝޫރާ ދުވަހު ކަމަށާއި، އައްޔޫބުގެފާނު އިމްތިހާނު ކުރެއްވުމުގެ ގޮތުން އެކަލާގެފާނަށް ޖެއްސެވި ދިގު މުއްދަތުގެ ބޮޑު އާލާސްކަންފުޅުން އެކަލޭގެފާނު ސަލާމަތް ކުރެއްވީ ޢާޝޫރާ ދުވަހު ކަމަށެވެ. ޢާޝޫރާ ދުވަހަކީ ފިރްއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި ފިރްއައުނާއި އޭނާގެ ލަޝްކަރު ޢަރަޤުކުރެއްވި ދުވަސް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

މިވާހަކަ ތަކަށް އިޝާރާތް ކުރައްވައި ޑރ. ޝަހީމް ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، ސާބިތު ނުވާ ވާހަކަތައް ޚުތުބާގައި ގެނައުމަކީ، ރަނގަޅު ގޮތެއް ނޫން ކަމަށެވެ. 

މިފަދައިން ވިދާޅުވި ސަބަބު އިތުރަށް ތަފްޞީލް ކުރައްވައި، ވޮއިސް އަށް މައުލޫމާތު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ، ޚުތުބާގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން އާޝޫރާ ދުވަހާއި ގުޅުވައި ގެނެސްފައިވާ ހަމަ އެކަނި ސައްހަ ވާހަކަ އަކީ އެ ދުވަހަކީ ފިރްއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި ފިރްއައުނާއި އޭނާގެ ލަޝްކަރު ޢަރަޤުކުރެއްވި ދުވަސް ކަމަށް ބުނެ ގެނެސްފައިވާ ވާހަކަ ކަމަށެވެ. 

"އެ ނޫން ނަބީބޭކަލުންނާ ބެހޭ ގޮތުން އެ ދުވަހާއި ގުޅިގެން އައިސްފައިވާ ވާހަކަތަކަކީ ސާބިތު ވާހަކަތަކެއް ނޫން." ޑރ. ޝަހީމް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ