ސްޕެއިން އާއި ކޮސްޓަރިކާ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
21 Jul 2023 | 18:23
ކޮސްޓަރީކާ އަތުން ސްޕެއިނަށް ފަސޭހަ މޮޅެއް!

ނިއުޒިލޭންޑާއި އޮސްޓަރުލިޔާގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސީގައި މިއަދު މެންދުރު ކުޅެވުނު މެޗުގައި ފަސޭހަކަމާއި އެކު 3-0 ގެ ނަތީޖާއަކުން ކޮސްޓަރީކާ ބަލިކޮށް ސްޕެއިނުން އިތުބާރާއެކު މުބާރާތް ފަށައިފި އެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ސްޕެއިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި އެޓީމުން ކާމިޔާބުކުރި ފުރަތަަމަ ލަނޑަކީ  ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކޮސްޓަރީކާގެ ޒުވާން ޑިފެންޑަރު ވެލެރިއާ ޑެލް ކެމްޕޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ ދެ މިނެޓު ފަހުން ސްޕެއިންގެ ލީޑު ފުޅާކޮށްދިނީ ބާސެލޯނާގެ މިޑްފީލްޑަރު އައިތާނާ ބޮންމަޓީ އެވެ.

މިއީ އެޓީމުގެ ބާސެލޯނާގެ ޑިފެންޑަރު އޮނާ ބަޓްލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި ސްޕެއިން އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑްގެ ފޯވާޑް އެސްޓާ ގޮންޒާލޭޒް ރޮޑްރިގޭޒް އެވެ. އަދި އެޓީމުގެ ލީޑު އިތުރަށް ފުޅާކުރުމަށްޓަކައި ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ސްޕެއިންއަށް ވަނީ ޕެނަޓީއެއް ވެސް ލިބިފައެވެ.

ނަމަވެސް އެޓީމުގެ ޖެނިފަރ ހަރުމޯސޯ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބު ވިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ސްޕެއިންގެ ފަރާތުން ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާ އިރު، މި ހާފުގައި ކޮސްޓަރީކާގެ ފަރާތުން ވަނީ ރަގަޅު ދިފާއި ކުޅުމެއް ފެނިގެން ގޮސްފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގުރޫޕް ސީގެ އެއްވަނައިގައި ސްޕެއިން މިވަގުތު އޮތް އިރު މި ގުރޫޕްގައި ދެން ހިމެނެނީ ކޮސްޓަރީކާގެ އިތުރުން ޒެމްބިއާ އާއި ޖަޕާނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.