އައްޑޫ ސިޓީގެ ބިންހިއްކުމުގެ މަޝްރޫޢު. ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
ހަބަރު
23 Jul 2023 | 15:18
އައްޑޫއިން ދޫކުރާ 1000 ގޯއްޗަށް 4000 ފޯމު ހުށައަޅައިފި

އައްޑޫ ސިޓީއިން ދޫކުރަން ހަމަޖެހިފައިވާ 1000 ގޯއްޗަށް އެދި 4000 ފޯމު ހުށައަޅައިފިކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމެއްގައި އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެފައިވަނީ އައްޑޫއިން ދޫކުރަން ހުޅުވާލި 1000 ގޯތީގެ ލިސްޓު އާންމު ކުރުން ލަސްވެފައިވަނީ 4000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާތީ ކަމަށެވެ.

ފޯމްތައް އިވެލުއޭޓްކޮށް ގާތް ގަނޑަކަށް އެ މަސައްކަތް ނިމިފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި ހުޅުމީދޫ އާއި ފޭދޫގެ ފޯމުތައް ނިމިފައިވާ ކަމަށާއި ހިތަދޫއިން ލިބުނު ފޯމުތަކުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ ގޯތި ލިބޭ މީހުންގެ ލިސްޓު އަންނަ މަހު ކައުންސިލުން އާންމުކުރާނެ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ކޮންމެ ރަށަކުން 100 ގޯތި ދޫކުރަން ނިންމާ ހުޅުވާލީ މި އަހަރުގެ ކުރީކޮޅުއެވެ. އައްޑޫއިން ބިން ދޫކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

އައްޑޫގެ ބިން ހިއްކުމުގެ ޕްރޮޖެކްޓްގެ ދަށުން 194 ހެކްޓަރުގެ ސަރަހައްދެއް ހިއްކަން ނިންމާފައިވާއިރު، އޭގެ ތެރެއިން 90 ހެކްޓަރު ހިއްކަނީ ހިތަދޫންނެވެ. އެއީ ހިތަދޫގެ އެތެރެއަށްވާ ގޮތަށް 50 ހެކްޓަރާއި ހިތަދޫ ސަރަހައްދީ ބަނދަރުން ފެށިގެން މައި ބަނދަރާއި ހަމައަށް 40 ހެކްޓަރުގެ ބިމެވެ.

ހިތަދޫގެ އިތުރުން މަރަދޫ ފޭދޫން 76 ހެކްޓަރުގެ ބިން، ރިސޯޓު ހަދަން 8.3 ހެކްޓަރުގެ ތިން ރަށެއްގެ އިތުރުން ލިންކް ރޯޑު ހަދަން 3.3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫޢަކީ އިންޑިޔާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް