Advertisement

ރައީސް ޞާލިހު ވެރިކަން ކުރާ ވަރަށްވުރެ މުސްކުޅިފުޅު ވެއްޖެ: ނަޝީދު

23 Jul 2023 | 21:41
ރައީސް ނަޝީދު ޖަލްސާގައި/ ފޮޓޯ: ވޮއިސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަން ކުރައްވާ ވަރަށް ވުރެ މުސްކުޅިފުޅު ވެއްޖެ ކަމަށާއި، ވެރިކަން ކުރެއްވުމަށް އެމަނިކުފާނުގެ ސިއްޙީ ޙާލުކޮޅު ތަންނުދެއްވާކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ދަ ޑިމޮކްރެޓްސް ގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މިއަދު ދިވެހި ޤައުމު އެދި ގޮވަނީ ޤާބިލު، ޒުވާން ވެރިކަމަކަ ށެވެ. ވަކިވަރަކަށް މުސްކުޅިފުޅުވެ ގައިބާރު ދެރަވެ، ސިއްޙީ ޙާލުކޮޅު ދަށްވުމުން ދެން ވެރިކަން ކުރެއްވުމަކީ އެ ވެރިކަމަކުން ރައްޔިތުންނާއި ގައުމަށް ފައިދާކުރާނެ ވެރިކަމެއް ނޫންކަމަށް ނަޝީދު ވިދާޅުވި އެވެ. 

Advertisement

ދެވަނަ ދައުރެއް ހޯއްދެވުމަށް، ކެމްޕޭނު ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މިސާލެއްގެ ގޮތުގައި ނަންގަވާ ނަޝީދު ވިދާޅުވީ އެމަނިކުފާނު މިހާރު ހުންނަވަނީ "މުށެއް ގެ ބޭސް" ފަރިއްކުޅުވައިގެން ކަމަށެވެ. އަދި ވެރިކަމަށް ކުރެއްވުމަށް އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅު ތަން ނުދެއްވާ ކަމަށެވެ. 

އެ ޙާލަތުގައި ގައުމު ބިނާ ކުރުމުގެ އާ ވިސްނުންތަކާއި ޕްލޭނުތައް ނުނެރެވޭނެކަމަށް ނަޝީދު ވިދާޅުވި އެވެ. 

"ވެރިކަމަކީ ޒުވާންކަމުގެ ރޫހެއް. އެއީ ޒުވާންކަމާއި އެކީގައި އަޅުގަނޑުމެންނަށް ކޮށްދެވޭނޭ މަސައްކަތެއް. ޓެކްސްގެ ނިޒާމާއި، އިޖްތިމާއީ ރައްކާތެރިކަމާއި، ދަތުރުފަތުރުގެ ނިޒާމާއި ފްލެޓު ދޮންބެ އާއި، މި އެންމެ ކަންކަމަކީ 50 އިން މައްޗަށް އަޅާލީމާ އަލުން ވިސްނައިގެން ގެނެވެސް އޮތް ކަންކަމެއް ނޫން. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ދަންނަވާލަން އޮތީ މަނިކުފާނު ވެސް މުސްކުޅިވީ ވާހަކައޭ އަޅުގަނޑު މި ދަންނަވަނީ"

ރައީސް ނަޝީދު

މުސްކުޅިވެ ގައިބާރި ކެނޑުނީމަ، އަދި ސިއްޙީ ހާލަތު ތަން ނުދޭއިރު، ވެރިކަމަށް ވަޑައިގެން ސެކެޓްރީއާއި އަރިސް ބޭފުޅުންލައްވާ ގައުމު ހިންގުމުގެ މަސައްކަތް ކުރެވުނު ގޮތަކަށް ކުރެވިދާނެ ކަމަށާއި، އެހެން ނަމަވެސް އެކަމުން ޤައުމާއި ރައްޔިތުންނަށް ލިބޭނެ އެއްވެސް މަންފާއެއް ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ. 

އަދި އެ ޙާލަތުގައި ވެރިކަން ކުރަން އުޅުއްވުމަށް ވުރެ ރަނގަޅުވާނީ ޒުވާން ބޭފުޅުންނަށް ފުރުސަތު ދެއްވުންކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ނަޝީދު ވިދާޅުވީ އޭނާ އެ ދައްކަވާ ވާހަކަފުޅާއި ރައީސް ޞާލިހުވެސް އެއްބަސްވެވަޑައިގަންނަވާނެ ކަމަށެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ކެންޑިޑޭޓެއް ނެރުމަށް ބާއްވާ ޕްރައިމަރީގައި އިލިޔާސް ލަބީބު ވާދަކުރައްވާނެކަން ވަނީ އިއުލާނުކޮށްފަ އެވެ. 

އެކަމަށް އިޝާރާތްކުރައްވާ ނަޝީދު ވިދާޅުވީ މިއަދު ޤައުމުގެ ޙާލަތު އެންމެ ފަރިތަކަމާއެކު ވިދާޅުވެވޭނެ ބޭފުޅަކީ އިލިޔާސް ކަމަށެވެ. އަދި ޒުވާން ޖީލަށް ފުރުސަތު ދޭން ޖެހޭކަން އެމަނިކުފާނަށް ވިސްނިވަޑައިގެންފައިވާކަމަށް ނަޝީދު ވިދާޅުވި އެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement