އީސީގެ ރައީސް ފުއާދު ތައުފީގު/ ފޮޓޯ: އީސީ
ހަބަރު
23 Jul 2023 | 22:31
ޕީޕީއެމުން ވާދަނުކުރާނަމަ ރިޔާސީ އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަށް ނުވާނެ: ފުއާދު

ވާދަވެރި ސިޔާސީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ރިޔާސީ އިންތިޚާބުގައި ވާދަނުކުރާނަމަ، އެ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ނުވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ. 

ފުއާދު ތައުފީގު މިފަދައިން ވިދާޅުވެފައި ވަނީ ވަގުތު ޓީވީގެ ތަފްސީލީ ޕްރޮގްރާމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ. 

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ގެންދަވަނީ އެމަނިކުފާނުގެ މއްޗަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކުރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލު ހުކުމެް ތަންފީޒު ކުރައްވަމުން ނެވެ. 

އެ ހުކުމަކީ ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމިނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ އިއްވި ހުކުމެކެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. 

އެހެން ނަމަވެސް ހައިކޯޓުގައި އޮތް އެ މައްސަލައިގެ އިސްތިއުނާފު އޮތީ މަޑުޖައްސާލާފަ އެވެ. 

އެއާއެކުވެސް ޕީޕީއެމުން ބުނަމުންދަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. 

އެހެންކަމުން އެމަނިކުފާނަށް ކުރިމަތި ނުލެވޭ ހާލަތެއްގައި ޕީޕީއެމުން ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމުގެ ފުރުސަތު އޮތްކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވަމުންދާއިރު، އެފަދަ ހާލަތެއްގައި ބާއްވާ އިންތިޚާބާއި ގުޅޭގޮތުން ދެކިވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ތަފްސީލީ ޕްރޮގްރާމުގައި ވަނީ ފުއާދާއި ސުވާލުކޮށްފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ފުއާދު ވިދާޅުވީ، ޕީޕީއެމްއަކީ ރާއްޖޭގެ އާބާދީގެ ވަރަށް ގިނަ ބަޔެއް ތަމްސީލުވާ ޕާޓީއެއް ކަމަށެވެ. އަދި ޕީޕީއެމުން އިންތިޚާބު ބޮއިކޮޓްކޮށްފި ނަމަ، ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ނުވާނެކަމަށް ފުއާދު ވިދާޅުވި އެވެ. 

"އޭރުން އެ އިންތިޚާބަކީ ރައްޔިތުންގެ ބައިވެރިވުން އޮތް އިންތިޚާބަކަށް ނުވާނެ. އަދި އޭރުން އެއީ އިންސާފުވެރި އިންތިޚާބަކަށް ވެސް ނުވާނެ"

އީސީގެ ރައީސް ފުއާދު ތައުފީގު

ފުއާދު އިތުރަށް ވިދާޅުވީ ޕީޕީއެމުން އިންތިޚާބު ބޮއިކޮޓް ނުކުރާނެކަމަށް އުންމީދު ކުރައްވާކަމަށެވެ. އަދި މިހާރު އެ ޕާޓީއަށް ދިމާވެފައިވާ މައްސަލައަށް އިންތިޚާބު "ބޮއިކޮޓު" ނުކޮށް ޙައްލެއް ހޯއްދަވާނެ ކަމަށެވެ. 

ޕީޕީއެމުން ވެސް އެފަދަ ހުރިހާ ހާލަތަކަށް ވިސްނާނެކަމަށް ޤަބޫލުފުުކުރައްވާ ކަމަށް ފުއާދު ވިދާޅުވި އެވެ. 

ކޮމެންޓް
ޢަލީ
90000 މީހުންގެ ޕާޓީގަ ވެރިކަންކުރެވޭ މީހަކު ނެތުމަކީ ޕީޕީއެމް ގެ މައްސަލައެއްނު.
23 Jul 2023
ކިޔުންތެރިޔާ
އީސީ ފުއާދު އަމިއްލަ ފުޅަށް ވެސް އިތުބާރު ނެތީތޯ؟؟ އަނެއްކާ ޕީޕީއެމުން ލާރިގަނޑެއް ދިނީތޯ؟؟
24 Jul 2023
ގުޅޭ ލިޔުންތައް
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ