ކުލަބު ޖީއެސްގެ ރައީސް ނާސިހު ޖައުފަރު އަދި ވޮއިސްގެ ސީއީއޯ މުހައްމަދު ސައުޒަމް
ކުޅިވަރު
24 Jul 2023 | 10:21
ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް 2023، މީޑިއާ ޕާޓްނަރަކަށް ވޮއިސް!

ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީ މިއަހަރުގެ ޑިސެމްބަރު 20 ގައި ފެށުމަށް ހަމަޖެހިފައިވާ 2 ވަނަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖައްސައިފި އެވެ.

މީޑިއާ ޕާޓްނަރާއެކު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ކުލަބު ޖީއެސްގެ ފަރާތުން ސޮއިކުރެއްވީ ކުލަބުގެ ރައީސް ނާސިހު ޖައުފަރު އެވެ. އަދި ވޮއިސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ސައުޒަމް އެވެ.

މި މުބާރާތާއި ބެހޭގޮތުން ވޮއިސް އަށް މައުލޫމާތު ދެމުން ކުލަބުގެ މެމްބަރު މުއްސަދު އަސްލަމް ބުނީ މިއީ ހޯރަފުށީގައި ވޮލީބޯޅަ ދިރުވައި އާލާކުރުމުގެ އިތުރުން ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގުސަދުގައި 2021 ވަނަ އަހަރު އެ ކުލަބުން ބާއްވަން ފެށި މުބާރާތެއް ކަމަށެވެ.

އެކި ސަބަބުތަކާއި ހުރެ މިދިޔައަހަރު މުބާރާތް ނުބޭއްވި ދިޔައީ، ނަމަވެސް މި ފަހަރު މި މަސައްކަތް ކުރަނީ ހުރިހާ ގޮތަކުން ވެސް ކުރީ މުބާރާތަށް ވުރެ ފެންވަރު ރަގަޅު މުބާރާތެއް ބޭއްވޭތޯ. އެގޮތުން ފުރަތަަމަ މުބާރާތުގައި ޗެމްޕިއަންކަން ޓީމަށް 10,000 ރުފިޔާ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މި އަހަރު އެ އަދަދު މިވަނީ 25,000 ރުފިޔާ އަށް ބޮޑުކޮށްފައެވެ. އަދި ރަނަރަޕް ޓީމަށް މި އަހަރު ވަނީ 10,000 ރުފިޔާ ހުށަހަޅާފައެވެ.

އިތުރަށް ވާހަކަ ދައްކަމުން މުއްސަދު ބުނީ މި މުބާރާތުގައި ހއ.ހޯރަފުށީގައި ހަރަކާތެރިވާ ކުލަބު ޖަމިއްޔާތަކާއި ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު އޮނާނެއެވެ.

2021 ވަނަ އަހަރު ބޭއްވުނު ޖީއެސް ވޮލީބޯޅަ މުބާރާތުގައި ހަތަރު ޓީމު ބައިވެރިވިއިރު، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޕޮލިސް ޓީމެވެ.

މުބާރާތުގެ މުހިންމު ސުންގަޑިތައް:

2023 ސެޕްޓެމްބަރު 3 : ރަޖިސްޓަރީވުމަށް ހުޅުވާލުން

2023 އޮކްޓޯބަރު 1 : ރަޖިސްޓްރޭޝަނަށް ފޯމު ހުށަހެޅުމުގެ ފަހު ދުވަސް ( މި ދުވަހުގެ މެންދުރުފަހު 14:00ގެ ނިޔަލަށް)

2023 ނޮވެމްބަރު 1 : ޓީމު ލިސްޓް ހުށަހެޅުމަށް ހުޅުވާލުން

2023 ޑިސެމްބަރު 14 : ޓީމު ލިސްޓް ހުށަހެޅުމުގެ ފަހު ދުވަސް ( މި ދުވަހުގެ މެންދުރުފަހު 14:00ގެ ނިޔަލަށް)

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.