ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ . (ފޮޓޯ/ މަޖިލީސް)
ހަބަރު
25 Jul 2023 | 09:56
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ހަޑިހުތުރުބަހުން މުއާމަލާތް ކުރުމުން އާމިރު ހައްޔަރުކޮށްފި!

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ, ހަޑިހުތުރުބަހުން ފުލުހުންނާއި މުއާމަލާތް ކުރި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ރޭ ދަންވަރު ހައްޔަރުކޮށް ފުލުސް އޮފީހަށް ގެންގޮސްފި އެވެ.

އާމިރު ހައްޔަރު ކުރަން މަސައްކަތް ކުރުމުން ގަދަ ދައްކައި، "އަނިޔާ ނުކުރޭ" "އަނިޔާ ނުކުރޭ" ގޮވަމުންދިޔަ މަންޒަރު ފެންނަ ވީޑިއޯ އެއް ރޭ މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. ގަދަ ދެއްކުމުގެ ސަބަބުން ފުލުހުން އާމިރު ހައްޔަރު ކޮށްފައި ވަނީވެސް ގަދަ ކަމުންނެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ފުލުހުންނަށް ވަނީ އަމާޒުވެފައެވެ. 

އެކަން ހިނގައި ދިޔަގޮތާއި ގުޅިގެން، "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ 12:55 ކަން ހާއިރު، ވީ.ސީ.ޕީ ޖަހައި، ފުލުހުން އުޅަނދުތައް ޗެކު ކުރަމުން ދިޔައިރު، އާމިރުގެ ސައިކަލު އައީ ހިތިގަަސް މަގުން ދެކުނަށް ދުއްވާފައި ކަމަށެވެ. 

އަދި އޭނާ ގާތުގައި މަޑުކުރަން އެންގުމުން ވެސް ވީސީޕީއަށް މަޑު ނުކޮށް، ހަޑި ހުތުރު ބަހުން ފުލުހުންނާއި މުއާމަލާތް ކުރުމަށްފަހު، ނުރައްކާތެރިކޮށް އަދި ބާރު ސްޕީޑުގައި ސައިކަލް ދުއްވާފައި ދިޔުމުން ފުލުހުން ގޮސް އެ ސައިކަލް ހުއްޓުވާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. 

މިއާއެކު މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ ހުއްޓުވައި ފުލުހުން އޭނާއާއި ސުވާލު ކުރުމުން މައުލޫމާތު ދިނުމަށް އިންކާރުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށެވެ. 

"އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށުން، ހުޅުމާލޭ ފޭސް 2 ޕޮލިސްޓޭޝަނަށް ގެންގޮސް މައުލޫމާތު ސާފުކުރުމަށްފަހު ވަނީ ދޫކޮށްލައިފަ. އޭނާ ދުއްވި ސައިކަލް ވަނީ ޓޯ ކޮށްފައި" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. 

މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. 

ކޮމެންޓް
ދަވާލާ
އިންޑިޔާ މީހުން މިގައުމުގައި ކޮންމެ ފަދަ ކަމެއްކުރިޔަސް ފުލުހުންނަށް އޯކޭ ދޯ ، އަޅުވެތިވެ ދަށުވިޔަސް މިއީ ފުކެއް ބޮޑުވަރު ، ސޯލިބޭ އަށް 6 ދައުރު ހިބަކޮށްދީފިން
25 Jul 2023
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ