ސަރީނާ ބޯލްޑެން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު
25 Jul 2023 | 19:46
ނިއުޒިލޭންޑް ބަލިކޮށް ފިލިޕީންސް އިން ދެވަނަ ބުރުގެ އުންމީދު ދަމަހައްޓައިފި!

ނިއުޒިލޭންޑާއި އޮސްޓްރޭލިޔާގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕް އޭގައި މިއަދު ހެނދުނު ކުޅެވުނު ދެވަނަ މެޗުގައި ގްރޫޕް އޭގެ ފިލިޕީންސް އާއި ނިއުޒިލޭންޑް ވާދަކުރި މެޗު 1-0 ގެ ނަތީޖާއަކުން ފިލިޕީންސް ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި އަލަށް ވާދަކުރަމުން އަންނަ ފިލިޕީންސް އިން މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ނިއުޒިލޭންޑްގެ އުންމީދުތަކަށް ހުރަސް އެޅިއިރު، މި މެޗުން މޮޅުވި ނަމަ މުވާރާތުގެ ދެވަނަ ބުރުގެ ފުރުސަތު ނިއުޒިލޭންޑަށް ލިބިގެން ދާނެއެވެ.

ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ހާފުގައި ނިއުޒިލޭންޑުން ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، މި މެޗުގައި ފިލިޕީންސް އިން އުފެއްދި ނުރައްކާތެރި ފުރަތަމަ ހަމަލާގައި އެޓީމުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ.

މި ލަނޑު ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު ސަރީނާ ބޯލްޑެން އެވެ. މިއީ އެޓީމުގެ ސާރާ އެގެސްވިކް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ނިއުޒިލޭންޑުގެ ގޯލު އޭރިޔާ ތެރެއިން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ ފިލިޕީންސްގެ ތާރީޚުގައި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި އެޓީމުން ކާމިޔާބުކުރި ފުރަތަަމަ ލަނޑެވެ.

މި ލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފިލިޕީންސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ނިއުޒިލޭންޑުން ކުރިއަށްޖެހި ލަނޑެއްޖެހޭތޯ ވަރަށް މަސައްކަތް ކުރި ނަމަވެސް، ފިލިޕީންސްގެ ކުޅުންތެރިން ވަނީ ރޭވުންތެރިކަމާއެކު އެޓީމުގެ ހަމަލާތައް ދިފާއުކުރުމުގައި މޮޮޅު ކުޅުމެއް ދައްކާފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފިލިޕީންސް ކުރީގައި އޮވެގެންނެވެ.

މި މޮޅާއެކު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު މިގުރޫޕްގެ ހަތަރު ޓީމަށް ވެސް ހުޅުވިގެން ދިޔައިރު، މި ވަގުތު މި ގްރޫޕްގެ އެއްވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާއެކު ސްވިޒަލޭންޑް އެވެ. ދެވަނަގައި އޮތް ނިއުޒިލޭންޑް އައި ތިންވަނައިގައި އޮތް ފިލިޕީންސް އަށް ކޮންމެ ޓީމަކަށް ތިން ޕޮއިންޓް ލިބިފައިވާއިރު މި ގުރޫޕްގެ ފުލުގައި އޮތީ އެއް ޕޮއިންޓާއެކު އޮތް ނޯވޭއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.