އީސީގެ ރައީސް ފުއާދު ތައުފީގު-- ފޮޓޯ/ ވޮއިސް
ހަބަރު
25 Jul 2023 | 20:07
އަޅުގަނޑުގެ ޒަމީރު ގަބޫލުނުކުރާ ކަންކަންވެސް އީސީ ތެރޭގައި އެބަ ހިނގާ: ފުއާދު

އެބޭފުޅާގެ ޒަމީރު، އެއީ ރަނގަޅު ކަންކަމުގެ ގޮތުގައި ގަބޫލު ނުކުރާ ކަންކަން ވެސް އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި ހިނގަމުންދާ ކަމަށް، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ. 

ފުއާދު އޮންލައިން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ވަނީ އޭނާ  އީސީގެ ރައީސް ކަމުން އިސްތިއުފާ ދެއްވައިފިނަމަ "މިހާރު މިވާ ވަރުވެސް ނުވާނެ" ކަމަށް ވިދާޅުވެފައެވެ. އެފަދައިން އެ ވިދާޅުވި ސަބަބު "ވޮއިސް" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ފުއާދު ވަނީ ހިއްސާކުރައްވާފައެވެ. 

"ބައެއް ކަހަލަ ކަންތައްތައް ހަމައެބަހުރި، ހަމަ އަޅުގަނޑުގެ ޒަމީރު ގަބޫލު ނުކުރާ ގޮތަށް މިތަނުން ހިނގާފައި ހުރި. ދެން އަޅުގަނޑު އެ ވާހަކަ ދައްކައިފިއްޔާ އެއީ މާ ބޮޑެތި މައްސަލަތަކަށް ވެގެންދާނެ." 

ފުއާދު ތައުފީގު 

މިއާއެކު ފުއާދު އެފަދައިން ވިދާޅުވަނީ، އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި މިނިވަން އިންތިހާބަކަށް ހުރަސްއެޅޭ ފަދަ ކަންކަން ހިނގާތީތޯ ވޮއިސް އިން ސުވާލު ކުރުމުން ފުއާދު ވަނީ، އެކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. 

"ޕާޓީތަކަށް އަސަރު ކުރާކަހަލަ ކަންތައްތައް އޭގެ ތެރޭގައި އެބަހުރި. ހަމަ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، އެ ތިން ބޭފުޅަކު އެ ގޮތަށް އެ ނަންގަވައިގެން އެ އުޅުއްވާ ސްޓޭންޑަކީ އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވޭ އެއީ ނަންގަވަންޖެހޭ ސްޓޭންޑެއްް ކަމަކަށް. އެ ބޭފުޅުންނަށް އެ ހުންނެވެނީ އެހާ ނިޔުޓްރަލް ގޮތެއްގައި ކަންކަން ނުގެންދެވޭ އެބޭފުޅުންގެ އަމަލުތައް ހުންނަ ގޮތުން."

"އަޅުގަނޑު ވަކިވެއްޖެއްޔާ، އަޅުގަނޑު އިސްތިއުފާ ދީފިއްޔާ އިންތިހާބަށް ވަރަށް ބޮޑެތި ގެއްލުންތައް އަންނާނެ، އުނިކަންތައް އަންނާނެ، އަދި އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކަށް އުނިކަމެއް ލިބިގެން އަންނާނެ." 

ފުއާދު ތައުފީގު 

ފުއާދު އިސްތިއުފާ ދެއްވައިފި ނަމަ އިންތިހާބަށާއި ސިޔާސީ ޕާޓީ ތަކަށް ގެއްލުން ތަކެއް ވާނެ ކަމުގެ ހެއްކެއްގެ ގޮތުގައި އޭނާ ދެއްކެވީ ސިޔާސީ ޕާޓީ ތަކާއި އެކު ބޭއްވޭ ބައްދަލުވުން ތަކުގައި އޭނާ ފިޔަވައި އެހެން ގިނަ މެންބަރުން ބައިވެރި ނުވުމެވެ. އޭނާ ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ ނަމަވެސް އިދިކޮޅުު ޕާޓީ ނަމަވެސް، އީސީ އާއި ބައްދަލު ކުރަން ބޭނުން ނަމަ އެ ފުރުސަތު ލިބެން ވާނެ ކަމަށެވެ. އަދި 'ސެލެކްޓިވް' ވެގެން އިލެކްޝަންސް ކޮމިޝަން ނުހިންގޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ފުއާދު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބު ނިމުމަށްފަހު އޭނާ މަގާމުން ވަކި ކުރި ނަމަވެސް މާ ބޮޑު ގެއްލުމެއް ނުވާނެ ކަމަށާ، އެހެން ނަމަވެސް މިފަދަ ދަނޑިވަޅެއްގައި އޭނާ އިސްތިއުފާ ދެއްވައިފިނަމަ ވަރަށް ބޮޑު އުނިކަމެއް އަންނާނެ ކަމަށެވެ. 

މިމަހު 18 ވަނަ ދުވަހު ބޭއްވި، ކޮމިޝަންގެ 794 ވަނަ ޢާންމު ޖަލްސާގައި ފުއާދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާފައިވާއިރު، އެ ވޯޓުން، ފުއާދު އާ މެދު 3 މެންބަރެއްގެ އިތުބާރު ނެތްކަމަށް، ޖަލްސާގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ. 

އެހެން ނަމަވެސް ކޮމިޝަނުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ށ. ގައި ބުނެފައި އޮންނަނީ "ކޮމިޝަނުގެ ރައީސްގެ މަގާމު ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވެއްޖެ ކަމަށް ބެލޭނީ، ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމު ހުސްވެއްޖެ ކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުން" ނުވަތަ "ރައީސާއި ނައިބު ރައީސް އާއި ދެމީހުންކުރެ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާދިނުމުން" ކަމަށެވެ.

މި އިންޓަވިއު މިރޭ 8:30 ގައި ވޮއިސް ފޭސްބުކް އަދި ޔޫޓިއުބް އިން ގެނެސްދެވޭނެއެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.