އީސީގެ ރައީސް ފުއާދު ތައުފީގު/ ފޮޓޯ: ވޮއިސް
ހަބަރު
26 Jul 2023 | 09:35
ޤައުމީ މަސްލަހަތައްޓަކައި ޕީޕީއެމުން ރިޔާސީ އިންތިޚާބުގައި ބައިވެރިވުން މުހިންމު: ފުއާދު

ޤައުމީ މަސްލަހަތައްޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބައިވެރިވުން މުހިންމުކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ. 

"ވޮއިސް" އަށް ދެއްވި އިންޓަވިއުއެއްގައި ފުއާދު ވަނީ ޕީޕީއެމާއި ނުލާ ބާއްވާ ރިޔާސީ އިންތިޚާބެއް މިނިވަން އިންސާފުވެރި އިންތިޚާބަށް ނުވާނެކަމަށް މީގެކުރިން ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެފަދައިން ވިދާޅުވާ ސަބަބު ތަފްސީލުކޮށްދެއްވާފަ އެވެ. 

އެގޮތުން ފުއާދު ވިދާޅުވީ ޕީޕީއެމަކީ ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން ވަރަށް ގިނަ ބަޔަކު ނިސްބަތްވާ ޕާޓީއެއް ކަމަށެވެ. އަދި މިވަގުތު އިދިކޮޅު ޕާޓީ ކަމަށެވެ. 

އިދިކޮޅު ޕާޓީ ނުވަތަ ބޮޑެތި ސިޔާސީ ޕާޓީތައް ވާދަނުކުރާ އިންތިޚާބުތަކަކީ މިނިވަން އިންސާފުވެރި އިންތިޚާބުތަކަކަށް ނުވާނެކަމަށް ޑިމޮކްރެޓިކް ޤައުމުތަކުން ވެސް ބުނަމުން އަންނައިރު، ޕީޕީއެމުން މި އިންތިޚާބުގައި ވާދަކުރުުން މުހިންމުކަމަށް ފުއާދު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ޕީޕީއެމާއި ނުލާ އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެކަމަށް އޭނާ މީގެކުރިން ވިދާޅުވީ، ޕީޕީއެމަށް މިހާރު ދިމާވެފައިވާ ހާލަތަށް ރިއާޔަތްކޮށް، އެ ޕާޓީގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވާދަނުކުރެވޭނެ ހާލަތެއްގައި އިންތިޚާބު ބޮއިކޮޓު ކުރުމުގެ ވިސްނުމެއް ޕީޕީއެމުން ގެންގުޅިދާނެކަމަށް ބަލައި އެފަދައިން އެކަން ނުކުރުމަށް ދެންނެވުމުގެ ގޮތުން ކަމަށެވެ. 

ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ވާދަނުކުރަން ނިންމައިފި ނަމަ އެއީ އެ ޕާޓީގެ މެމްބަރުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފަކަށް ވާނެ ކަމަށާއި، ޤައުމީ މަސްލަހަތަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ޕީޕީއެމުން އިންތިޚާބުގައި ވާދަކުރުންކަމަށް ފުއާދު ވިދާޅުވި އެވެ. 

"އަޅުގަނޑު އެ މެސެޖު ދިނީ އެބޭފުޅުން އެ ކަނޑައަޅުއްވާފައިވާ ކެންޑިޑޭޓު ބައިވެރި ނުވިޔަސް ވެސް ޕީޕީއެމުން ބައިވެރި ވުމަކީ ޤައުމީ މަސްލަހަތައްޓަކައި، އަދި ޚާއްސަކޮށް ޕީޕީއެމްގެ ސަޕޯޓަރުންނާއި ހެޔޮއެދޭ މީހުންނަށް ވެވޭ ބޭއިންސާފެކޭ.. ޕީޕީއެމުން މީގައި (ރިޔާސީ އިންތިޚާބުގައި) ބައިވެރިވެ ވަޑައިގަތުން މުހިންމޭ"

އީސީގެ ރައީސް ފުއާދު ތައުފީގު

އެކަންކަން ފާހަގަކުރައްވާ ފުއާދު ވިދާޅުވީ ޕީޕީއެމުން މި ކަންކަމާއި ދޭތެރޭ ފުރިހަމަޔަށް ވިސްނާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އިންތިޚާބުގައި ވާދަކުރާނެކަމަށާއި، ޤައުމީ މަސްލަހަތު އެ ޕާޓީންވެސް ނަގަހައްޓާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. 

ފުއާދު އިތުރަށް ވިދާޅުވީ ޕީޕީއެމްގެ އިތުރުން ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. ޤައުމީ ބޮޑެތި ނިންމުންތަކުގައި ގިނަ ބަޔަކު ބައިވެރި ވުމަކީ އެންމެ އިންސާފުވެރި، ގޮތްކަމަށް ފުއާދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.