އިލެކްޝަނަސް ކޮމިޝަންގެ ރައީސް ފުއާދު/ ފޮޓޯ: ވޮއިސް
ހަބަރު
25 Jul 2023 | 20:45
ކެންޑިޑޭޓުންގެ ހައްގުތައް ހޯދައިދިނުމުގައި ތަފާތެއް ނުކުރާނަން: ފުއާދު

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ހައްޤުތައް ހޯދައިދިނުމުގައި އިލެކްޝަންސް ކޮމިޝަނުން އެއްވެސް ކަހަލަ ތަފާތުކުރުމެއް ނުގެންގުޅޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ. 

އީސީގެ ރައީސް "ފުއާދު" ވޮއިސްއަށް ދެއްވި ޚާއްސަ އިންޓަވިއުގައި ވަނީ އެ ކޮމިޝަންގެ މަސައްކަތްތައް ރާވާފައިވާ ގޮތާއި، ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލާ މުހިންމު މައުލޫމާތުތަކެއް ހިއްސާ ކުރައްވާފަ އެވެ. 

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ވާދަކުރެވިދާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުންދާއިރު، އެކަމާއި ގުޅޭގޮތުން ފުއާދު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ވޮއިސް އިން ސުވާލުކުރުމުން ފުއާދު ވިދާޅުވީ، މި ވަގުތަކީ އެކަމާއި ގުޅޭގޮތުން އީސީގެ ރައީސްގެ ހައިސިއްޔަތުން ވާހަކަދެއްކުން އެހާ މުނާސަބު ވަގުތުކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ. 

އެހެން ނަމަވެސް ރައީސް ޔާމިނުގެ ކެންޑިޑެސީ ފޯމު އޮންނަ އުސޫލުގެ ތެރެއިން ބަލައިގަނެ، އެއީ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅޭ ހިސާބުން، އެމަނިކުފާނަށް ވެސް ލިބެންޖެހޭ އިންތިޚާބީ ހައްޤުތައް ކަށަވަރުކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރާނެކަމަށް ފުއާދު ވިދާޅުވި އެވެ. 

އޭގެ އިތުރުން ފުއާދު ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނުން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށެވެ. އަދި ކެންޑިޑޭޓުންގެ ހައްގުތައް ކަށަވަރުކުރުމަށް ތަފާތު ކުރުމެއްނެތި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. 

"ކޮންމެ ކެންޑިޑޭޓަކަށް ވިޔަސް، ލިބެންޖެހޭ ހައްޤުތަކެއް ހޯދައިދިނުމަށްޓަކައި އިކެލްޝަންސް ކޮމިޝަނުން ކުރަންޖެހޭ ކަންތައްތަކެއް ކުރާނެ. އިލެކްޝަންސް ކޮމިޝަނުން ތަފާތެއް ނުކުރާނެ އެއްވެސް ދެ ކެންޑިޑޭޓެއް. އެއީ ކުރީގެ ރައީސެކޭ، މިހާރުގެ ރައީސެކޭ އަދި ރައީސްކަން ނުކުރައްވާ އަލަށް ވާދަކުރައްވާ ބޭފުޅެކޭ، ކެންޑިޑޭޓަކަށް ވެއްޖެއްޔާ ހަމަ އެއް ހަމައެއްގެ މަތިން އިލެކްޝަންސް ކޮމިޝަނުން ދެކޭނީ"

އީސީގެ ރައީސް ފުއާދު ތައުފީގު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓުލުން ސެޕްޓެމްބަރު މަހުގެ 9 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. 

މި އިންތިޚާބުގައި އެމްޑީޕީއާއި، ޕީޕީއެމާއި، ޖުމްހޫރީ ޕާޓީގެ އިތުރުން ދަ ޑިމޮކްރެޓްސް އާއި އެމްއެންޕީން ވާދަކުރާނެކަމަށް ވަނީ އިއުލާނުކޮށްފަ އެވެ. 

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ ވަރަށް ވާދަވެރި އިންތިޚާބަކަށް ވާނެކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރައްވާ ފަރާތްތަކުން ދަނީ ވިދާޅުވަމުން ނެވެ. އަދި މި އިންތިޚާބަކީ ގިނަ ބަޔަކު ބައިވެރިވެ ވޯޓު ދޭނެ އިންތިޚާބެއްގެ ގޮތަށް އެ ފަރާތްތައް ދަނީ ސިފަކުރައްވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.