އީސީގެ ރައީސް ފުއާދު ތައުފީގު-- ފޮޓޯ/ ވޮއިސް
ހަބަރު
25 Jul 2023 | 21:18
ބައެއް މެންބަރުން އެބޭފުޅުން ބޭނުން މީހުންނަށް އީސީން ވަޒީފާ ދިނުމަށް އެދޭ: ފުއާދު

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބައެއް މެންބަރުން، އެ ބޭފުޅުންގެ އާއިލާގެ ބޭފުޅުންނަށް އެ ކޮމިޝަނުން ވަޒީފާ ދެއްވުމަށް އެދޭ ކަމަށާ، އެހެން ނަމަވެސް ކަނޑައެޅިފައިވާ އުސޫލާއި ޚިލާފަށް އެކަން ނުކުރައްވާނެ ކަމަށް މެންބަރުންނަށް އަންގަވާފައި ވާނެ ކަމަށް އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ. 

"ވޮއިސް" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ފުއާދު ވަނީ، އީސީގެ ބައެއް މެންބަރުން އޭނާ އާއި މެދު ނުރުހުންވާ ސަބަބުތައް ކަމަށް ލަފާކުރެވޭ ސަބަބުތަކުގެ ތަފްސީލް ދެއްވާފައެވެ. 

އެގޮތުން، ފުއާދު ވިދާޅުވީ، އޭނާ އަކީ އިލެކްޝަންސް ކޮމިޝަންގެ ގަވާއިދާއި އުސޫލުން ބޭރުން އެއްވެސް ކަމެއް އޭނާ ނުކުރައްވާނެ ކަމަށް ކޮމިޝަންގެ ހުރިހާ މެންބަރުންނަށްވެސް އަންގަވާފައިވާނެ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ، އޭނާގެ އާއިލާގެ މެންބަރުންނަށް ކޮމިޝަނުން ވަޒީފާ ދީފައި ނުވާކަމެވެ.

ފުއާދު ވިދާޅުވީ ކޮމިޝަންގެ ގަވާއިދުގައި ވާގޮތުން އެ ކޮމިޝަންގެ މެންބަރުންގެ ދެބެންގެ ދެދަރި މީހުންނަށްވުރެ ގާތް މީހުންނަށް އެތަނުން ވަޒީފާ ނުދެވޭ ކަމަށެވެ. އަދި އޭނާގެ ދެބެންގެ ދެދަރި އަށްވުރެ ދުރުތާ ތިމާގެ މީހުންނަށްވެސް އެތަނުން ވަޒީފާ ދީފައި ނުވާނެ ކަމަށާ، އެހެންނަމަވެސް ކޮމިޝަންގެ ބައެއް ބޭފުޅުން އެ ބޭފުޅުން ބޭނުން މީހުންނަށް ވަޒީފާ ދިނުމަށް އެދިފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ. 

އަޅުގަނޑު މި ހިފަހަށްޓާ ހަމަތަކަކީ ބައެއްފަހަރު ބައެއް ބޭފުޅުންނަށް ގަބޫލުކުރަން އުދަނގޫ ކަންތައް ތަކަށްވޭ. އެހެންވީމާ އަޅުގަނޑު މިކަހަލަ އުސޫލުތަކެއް ހިފަހައްޓާތީވެ ބައެއް ބޭފުޅުންނަށް އުނދަގޫވާނެ އެބޭފުޅުންގެ އާއިލާގެ ބޭފުޅުން ގެންނާން އަޅުގަނޑު އެއްބަސް ނުވާތީ. އަޅުގަނޑު އެއްބަހެއް ނުވާނަން. 

ފުއާދު ތައުފީގު 

މިއާއެކު ފުއާދު ވިދާޅުވީ އާއިލާ މީހުންނަށް ނުވަތަ އެހެންވެސް މީހަކަށް ވަޒީފާ ދިނުމަށް އެދުމުން، ވެސް އެކަން އޮންނަ އުސޫލުގެ ކަންކަން ގެންދިޔުމަށް އޭނާ އެދިފައި ވާނެ ކަމަށެވެ. 

ބައެއް ފަހަރު ބައެއް ބޭފުޅުން އެކިއެކި މީސް މީހުން ގެނައުމާއި ބެހޭގޮތުން ވާހަކަ ދެއްކެވީމަ އަޅުގަނޑު ބުނަން، ގަވާއިދުން ސިޓީ ލައްވައިގެން، އެ އޮންނަ އުސޫލުތަކުގެ ތެރެއިން އިންޓަވިއުކުރެވިގެން، ހޮވިގެން އަންނަންޏާ އަންނަންވީއޭ. ސިޓީލެއްވުން އޯކޭއޭ. އެހެންނަމަވެސް މިތަނުގެ އެއްވެސް މެންބަރެއްގެ ނުވަތަ މުވައްޒަފެއްގެ ދެބެންގެ ދެދަރި މީހަކަށްވުރެ ކައިރި މީހަކަށް މިތަނަކުން ވަޒީފައެއް ނުދެވޭނެ ގަވާއިދު ހަދާފައި ހުންނަ ގޮތުން. ބައެއް މެންބަރުންގެ ދެބެންގެ ދެދަރި މީހުން އެބަތިބި މިތަނުގައި ވަޒީފާ ގައި. އެކަމަކު އަޅުގަނޑުގެ ނުތިބޭނެ. 

ފުއާދު ތައުފީގު 

ރިޔާސީ އިންތިހާބު ބޯމަތި ވެފައި ވަނިކޮށް، އީސީގެ އެތެރޭގައި ވަނީ ގިނަ ހަމަނުޖެހުން ތަކެއް އުފެދިފައެވެ. އެއާއެކު އީސީގެ 4 މެންބަރުންގެ ތެރެއިން 3 މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ފުއާދު ތައުފީގު ގެ އިތުބާރު ނެތް ކަމުގެ ވޯޓެއްވެސް ނަގާފައެވެ. 

ކޮމެންޓް
ހުސޭނުބެ
ނަޝީދެކޭ މީނައެކޭ ތަފާތެއް ނުފެނެއެވެ. ހަމަ މަގާމުގައި ބަގުޑި ބައްދައިގެން ޑިމޮކްރަސީގެ އަގުލިބިއްޔަތަށް ބެލުމެއް ނެތެވެ.
25 Jul 2023
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.