އެޑިއުކޭޝަން މިނިސްޓަރު ޑރ ޢާއިޝަތު ޢަލީ--
ހަބަރު
26 Jul 2023 | 09:33
ޓީޗަރުންގެ ސުލޫކީ މިންގަނޑު: ދެން ކިޔަވައިދޭ އިރު ތިބެން ޖެހޭނީ "ކާކުކަން އެނގޭގޮތަށް"!

ކިޔަވައިދޭ ގަޑީ ކާކުކަން އެނގޭ ގޮތަށް ތިބުމަށް ޓީޗަރުންނަށް ލާޒިމުކޮށް މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލެއް އާންމުކޮށްފިއެވެ.

ތައުލީމުގެ ގާނޫނުގެ ދަށުން އާއްމުކުރި ސުލޫކީ މިންގަނޑުގެ މި އުސޫލުގައި ބުނެފައިވާގޮތުން އެ އުސޫލުގެ އޭގެ ބޭނުމަކީ ޓީޗަރުންގެ ފަންނީ އަހުލާގާއި އިޖުތިމާއީ ސުލޫކު ހަރުދަނާކުރުމާ އެކު، ޒަމާނުއްސުރެ ރާއްޖޭގައި ތައުލީމީ ދާއިރާއަށް އޮންނަ ގަދަރާއި އިހުތިރާމް އިތުރުކޮށް، ދެމެހެއްޓުން ކަމަށެވެ.

ހަމަ އެހެންމެ ކިޔަވައިދިނުމުގެ މާހައުލަކީ ބިރުދެއްކުންތަކާއި ތަފާތުކުރުންތަކާއި ބުލީކުރުން ފަދަ ނޭދެވޭ އަސަރުކުރާ ކަންތައްތަކުން ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަކީވެސް އުސޫލުގެ ބޭނުމެއް ކަމަށް ބުނެފައި ވެއެވެ. 

ޓީޗަރުންގެ ސުލޫކީ މިންގަނޑު ބިނާވަނީ މައިގަނޑު ހަތް އަސާސަށެވެ. އެއީ؛

- ދަރިވަރުންގެ ކަރާމާތާއި ރައްކާތެރިކަން

- ތައުލީމީ ދާއިރާގެ އިތުބާރު

- ދަރިވަރުންގެ ފަރުދީ ތަފާތުތައް

- ފަންނީ އަދި ރަސްމީ ގުޅުން

- ތެދުވެރިކަމާއި އިހުލާސްތެރިކަން

- ޒަމާނާ އެކަށޭނެ އިލްމާއި ފަންނުވެރިކަން

މި އަސާސް ތަކުގެ ތެރެއިން ފަންނީ ގުޅުމާއި ރަސްމީ ގުޅުން ދެމެހެއްޓުމަށް ކޮންމެ މުދައްރިސަކު ވެސް ކުރަންޖެހޭ ކަން ކަމުގެ ތެރޭގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން (ބ) ގައި ބަޔާން ކޮށްފައިވާ ގޮތުން ޓީޗަރާއި އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާއި ބެލެނިވެރީންނާ މުޢާމަލާތުކުރުމުގައި އެ ޓީޗަރަކު ހުންނަންވާނީ ތިމާއަކީ ކާކުކަން އެނގޭގޮތަށ،ް ސްޓާފް ކާޑު އަޅައިގެން ކަމަށެވެ. 

އަދި އޭގެ (ޅ) ގައި ވާގޮތުން އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާ އިރު، އަދި ދަރިވަރުންނާ މުޢާމަލާތް ކުރާއިރު އެ ޓީޗަރަކު ހުންނަންވާނީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް އައި އިރު ވީ އެންމެ މުހިންމު އެއް ވައުދަކީ މޫނު ބުރުގާ އަޅައިގެން ތިބި ނަމަވެސް ވަޒީފާ އަދާކުރެވޭނެ ކަމަށް ބުނެ ވީ ވައުދެވެ. 

އެހެންނަމަވެސް، ވެރިކަމަށް އައުމަށްފަހު، މޫނުބުރުގާ އެޅި ޓީޗަރުންނަށް އެކި ކަހަލަ ދަތިތައް އެޑިއުކޭޝަން މިނިސްޓްރީން ފޯރުކުރަމުންދާ ކަމަށް ބައެއް ޓީޗަރުން ބުނެއެވެ. އެގޮތުން، ދަރިވަރުންނަށް ކިޔަވައިދޭ ގަޑީގައި މޫނު ބުރުގާ ނޭޅޭނެ ކަމަށް އެ ޓީޗަރުންނަށް އަންގާ ކަމުގެ ތުހުމަތު މީގެ ކުރިންވެސް ކުރެވިފައި އޮތް އިރު، މި އުސޫލުގައި މިހެން އޮތުމުން، އެކަން ކުރަން ބުނެ ނުކުރުމުން އެ ޓީޗަރަކާއިމެދު ފިޔަވަޅުވެސް އެޅޭނެއެވެ. 

މިފަދަ ސަބަބު ތަކާއި ހުރެ، މޫނު ބުރުގާ އަކީ މިސަރުކާރުން ވެރިކަމަށް އަންނަން ވެގެން ދީނަށް ލޯބިކުރާ މީހުންގެ ލޮލުގައި އެޅުވި އަނދުނެއް ކަމުގައި މިހާރު ގިނަ ބަޔަކު ދެކެއެވެ. 

ކޮމެންޓް
ޅަކްމަން
ދެން ކޮބާ ޓީޗަރުންގެ ޙައްގު
26 Jul 2023
ގުޅޭ ލިޔުންތައް
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
11 Oct 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި
އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މާލީ އެހީ ލިބުނީ ޖުމުލަ 15،571 މީހަކަށެވެ. އޮގަސްޓް މަހާ އަޅާ ބަލާއިރު މިއީ ލިބުނު ފައިސާގެ އަދަދާއި އެހީ ލިބުނު މީހުންގެ އަދަދުވެސް އިތުރުވުމެކެވެ. އޮގަސްޓް މަހު 15،498 މީހަކަށް 58.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
11 Oct 2026
ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަހީގެ ބޭނުމަކީ އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ