ކުރީގެ ރައީސް ޑރ ވަހީދު/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
26 Jul 2023 | 11:51
ބޮޑެތިވަމުން އަންނަ ކުދިންނަށް މިނިވަންކަމުގެ މުހިންމުކަން އިހުސާސްކުރެވެން ޖެހޭ: ޑރ ވަހީދު

ބޮޑުވަމުން އަންނަ ކުދިންނަށް މިނިވަންކަމުގެ މުހިންމުކަން އިހުސާސްކޮށްދޭން ޖެހޭކަމަށް ކުރީގެ ރައީސް ޑރ މުޙައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ. 

ޑރ ވަހީދު މިފަދައިން ވިދާޅުވީ މިނިވަން ދުވަހާއި ގުޅިގެން ބޭއްވި ޚާއްސަ ރިސެޕްޝަނުގައި ދެއްވި އިންޓަވިއުއެއްގަ އެވެ. 

ޑރ ވަހީދު ވިދާޅުވީ މިނިވަންކަމުގެ މުހިންމުކަން އިހުސާސްކުރެވޭނީ އެ މިނިވަންކަން ގެއްލިގެން ދިއުމުން ކަމަށެވެ.

އެހެން ނަމަވެސް އެއީ ވަރަށް ބޮޑު ނިއުމަތެއް ކަމަށާއި، އެ ނިއުމަތް ދިވެހިންނަށް ލިބިފައި އޮތް އޮތުން އެގޮތުގައި ދެމެހެއްޓުމަށް އެންމެން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ޑރ ވަހީދު ވިދާޅުވި އެވެ. 

އެގޮތުން މިނިވަންކަމުގެ މުހިންމުކަން ބޮޑުވަމުން އަންނަ ކުދިންނާއި ޒުވާނުންނަށް އިހުސާސްކޮށްދީ ވިސްނައިދޭން ޖެހޭކަމަށް ޑރ ވަހީދު ވިދާޅުވި އެވެ. 

"މިނިވަންކަމަކީ ވަރަށް ބޮޑު ނިއުމަތެއް. އެކަން އިހުސާސް ކުރެވޭނީ އެކަން ގެއްލިގެން ދިޔައިމަ. އެހެންކަމުން މިނިވަންކަން ހިމާޔަތްކުރުމަށް އަޅުގަނޑުމެން ކުރަން ޖެހޭ ހުރިހާކަމެއް ކުރަންޖެހޭ. އެހެންވީމަ ޚާއްސަކޮށް އަރަމުން އަންނަ ކުދިންނާއި ޒުވާނުންނަށް އެބަ އިހުސާސްކުރެވެން ޖެހޭ މިކަމުގެ ހުރި މުހިންމުކަން"

ޑރ ވަހީދު

ޑރ ވަހީދު ވަނީ މިނިވަން ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް އަރިސްކުރައްވާފަ އެވެ.

އަދި މިނިވަންކަން ގެއްލިގެންދާނެ ކަންކަން ބަލައި، ގައުމުތަކާއި ގުޅުން ބަދަހިކުރާއިރު އެކަންކަމަށް ސަމާލުވެ ތިބުމަށް ޑރ ވަހީދު ވަނީ އިލްތިމާސްކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.