ހަބަރު
26 Jul 2023 | 13:21
"ރައީސް ނާޞިރުގެ މަސައްކަތުން ލިބޭ ފިލާވަޅަކީ ދިވެހީން ކަންކަމުގައި ބާރުވެރިވެ ކުރިއަރައިދިއުން"

‏ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، މަރުހޫމް އިބްރާހީމް ނާޞިރުގެ މަސައްކަތްޕުޅުން ނަގައިދޭ ފިލާވަޅަކީ ދިވެހީން ކަންކަމުގައި ބާރުވެރިވެ ކުރިއަރައިދިއުން ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރޭ 59ވަނަ މިނިވަން ދުވަހުގެ ތަޙުނިޔާ އަރިސް ކުރައްވައި ސައީދު ކުރެއްވި ޓުވީޓެއްގައި ވަނީ މިއަދު މި ފާހަގަ ކުރަމުންދާ މިނިވަން ދުވަސް ދިވެހިންނަށް ހޯދައިދެއްވި ކުރީގެ ރައީސް ނާސިރުގެ މަސައްކަތްޕުޅުން ނަގައިދޭ ފިލާވަޅުތައް ހާމަކޮށްދެއްވާފައެވެ. 

ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު: ފޮޓޯ/ ވޮއިސް 

"މަރްހޫމް އިބްރާހީމް ނާޞިރުގެ މަސައްކަތްޕުޅުން ނަގައިދޭ ފިލާވަޅަކީ ދިވެހީން ކަންކަމުގައި ބާރުވެރިވެ ކުރިއަރައިދިއުން. ދިވެހިކަނޑު. ދިވެހިގޮތް. ދިވެހި އިޤްތިސާދު. ދިވެހީން ބަސްބުނާ ދިވެހީންގެ މިނިވަންދައުލަތެއް އޮތުން. އަދި “މޮޑަނައިޒޭޝަނަށް” ޖާގަދިނުމާއިއެކު އަމިއްލަޤައުމިއްޔަތެއް އަބަދުވެސް ދެމެހެއްޓުން."

މުހައްމަދު ސައީދު

މިއާއެކު ސައީދު ވިދާޅުވީ، ޤައުމުގެވެރިކަން ހިޔާނާތްތެރިންގެ އަތްމައްޗަށް ދިއުމަށްވުރެ ވަކީން ބޮޑުބިރެއް އަދި ނުރައްކަލެއް ނެތްކަން އަދު ކިތައްމެ ރަނގަޅަކަށްވެސް އެނގެމުން ދާ ކަމަށެވެ. 

ސަޢީދު ވިދާޅުވީ، މަރްޙޫމް ނާސިރު ފަދަ ކޮންމެ ޤައުމީބަޠޮލެއް ވެފައިވާ ޤުރުބާނީ އެއީ ހަދާންނައްތާލެވޭނެ ކަމެއްނޫން ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމަށް އިންސާފު ލިބި 2023ގައި ރައްޔިތުން މިނިވަންކަމާއި އެކު ބަސްބުނުމަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ. އަދި އެކަމުގައި ދައުލަތުގެ އެއްވެސްބާރެއް އިޙްމާލުވުމަކީ ކޮއްގެންވާނެ ކަމެއްނޫން ކަމަށްވެސް ބުނެފައިވެއެވެ.

އެހެނީ ރައީސް ޔާމީނަށް އިންސާފު ލިބުމުގައި އިހުމާލު ވެއްޖެނަމަ، އޭގެ ފައިދާ ނަގާނީ ދިވެހީން މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަށް ބޭނުންނުވާ ހީލަތްތެރީން ކަމަށް ސައީދު ވިދާޅުވި އެވެ. 

ކޮމެންޓް
ހަވަރު
ހަވަރު ތިނަދޫ
26 Jul 2023
ގުޅޭ ލިޔުންތައް
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
11 Oct 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި
އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މާލީ އެހީ ލިބުނީ ޖުމުލަ 15،571 މީހަކަށެވެ. އޮގަސްޓް މަހާ އަޅާ ބަލާއިރު މިއީ ލިބުނު ފައިސާގެ އަދަދާއި އެހީ ލިބުނު މީހުންގެ އަދަދުވެސް އިތުރުވުމެކެވެ. އޮގަސްޓް މަހު 15،498 މީހަކަށް 58.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
11 Oct 2026
ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަހީގެ ބޭނުމަކީ އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ