ފާރިސް މައުމޫން-- ފޮޓޯ/ ދެން
ހަބަރު
27 Jul 2023 | 11:01
އެމްޑީޕީއާ އެކުގައި ކޯލިޝަން ނުހަދަން އެމްއާރުއެމުން ނިންމައިފި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އާއެކު ކޯލިޝަން ނުހެދުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމް.އާރް.އެމް) އިން ނިންމައިފިއެވެ. 

މިކަމާއި ގުޅިގެން އެމްއާރްއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީ އާއެކު މަސައްކަތް ކުރުމާމެދު މަޝްވަރާ ކުރުމަށް، އެ ޕާޓީގެ އެންމެ އިސްފަރާތް އަދި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމްއާރްއެމްގެ ޒަޢީމް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމްއަށް ދެއްވި ދަޢުވަތާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެމް.ޑީ.ޕީގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށެވެ. އަދި މީގެއިތުރުން ނުރަސްމީކޮށް އަދި ލިޔެކިޔުމުގެ ޒަރީޢާއިން ވެސް މަޝްވަރާކުރެވި، އެމް.އާރް.އެމް އިން ތާޢީދުކުރާ ސިޔާސަތުތައް ހާމަކުރެވިފައިވާ ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ. 

"އެމް.ޑީ.ޕީ ގެ އިސްވެރިންނާއެކެ 1 މެއި 2023 ވަނަ ދުވަހުގެރޭ އެމް.އާރް.އެމް އޮފީހުގައި ބޭއްވުނު ބައްދަލުވުމަށްފަހު، އެމް.ޑީ.ޕީގެ ހުށަހެޅުންތައް މިޕާޓީގެ އެކްސްކޯ އަށް ހުށަހަޅައި މަޝްވަރާކުރުމަށްފަހު، އެމް.ޑީ،ޕީއިން ހުށަހަޅާފައިވާ ބައެއް ސިޔާސަތުތަކަށް އެމް.އާރް.އެމް އަށް އެއްބަސް ނުވެވޭތީ، މިޕާޓީގެ އެގްޒެކެޓިވް ކޮމިޓީގެ މި އަހަރުގެ 10 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި އެމް.ޑީ.ޕީ އާއި އެކު މަސައްކަތް ކުރަން ނުފެންނަ ކަމަށެވެ." އެމްއާރްއެމްއިން ބުނެފައިވެއެވެ. 

މިއާއެކު އެމްއާރްއެމް އިން ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެކުގައި މަސައްކަތް ކުރުމަށް ދެއްވި ދަޢުވަތަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި، އެމް.ޑީ.ޕީގެ އިސްވެރިންނަށް ޝުކުރު ދަންވާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި އެކު ކޯލިޝަން ހެދުމުގެ ދައުވަތު، އެމްއާރްއެމްގެ އިތުރުން އަދާލަތު ޕާޓީ އަށާއި، އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީ އަށް ވަނީ ދީފައެވެ. އެހެންނަމަވެސް އެ ޕާޓީ އާއި ކޯލިޝަން ހަދާފައި ވަނީ އެމްޑީއޭ އާއި އަދާލަތުން އެކަންޏެވެ. 

ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް އިން އެމްޑީޕީީ އާއިއެކު ކޯލިޝަން ނުހަދަން ނިންމާފައިވާއިރު، އެ ދެޕާޓީން މިހާރު އަންނަނީ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.