އިޒްރާއިލުން ދިން ހަމަލާގައި ޝަހީދުވި ފާރިސް އަބޫ ސަމްރާ. ފޮޓޯ: ޓްވިޓަރ
ހަބަރު
27 Jul 2023 | 13:28
އިއްޔެވެސް ފަލަސްޠީނުގެ ކުޑަކުއްޖަކު ޝަހީދުކޮށްލައިފި

އިއްޔެވެސް އިޒްރާއިލް ފަލަސްޠީނުގެ 14 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފިއެވެ.

ޢަރަބް ނިއުސްގައި ބުނެފައިވަނީ 14 އަހަރުގެ ފާރިސް ޝަރްހަބިލް އަބޫ ސަމްރާ ޝަހީދު ކޮށްލައިފައިވަނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ޤަލްޤިއްޔާގައި ކުރިއަށް ދިޔަ އެއްވުމެއްގެ ތެރެއިން ކަމަށެވެ.

އަދި އޭނާ ޝަހީދުވެފައިވަނީ އިޒްރާއިލް ސިފައިން ދިން ބަޑީގެ ހަމަލާތަކުގެ ސަބަބުން ކަމަށް އެނޫހުގައި ހާމަކޮށްފައިވެއެވެ. ފަލަސްޠީނުގެ ނޫސްތަކުން ބުނެފައިވަނީ ފާރިސް ޝަހީދުވީ އިޒްރާއިލް ސިފައިންގެ ވަޒަނެއް އޭނަގެ ބޮލަށް އަރައިގެން ކަމަށެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ 14 އަހަރުގެ ފާރިސް ޝަހީދުވެފައި މިވަނީ އިޒްރާއިލްގެ ހަމަލާތަކެއްގައި ފަލަސްޠީނުގެ އެހެން ޒުވާނަކު ޝަހީދުވިތާ ގަޑިއިރެއް ހާއިރު ފަހުން ކަމަށެވެ.

އެހާދިސާ ހިނގައިފައިވަނީ ނާބުލުސްގެ ބޭރުން އޮންނަ އަލް އައިން ރެފިޔުޖީ ކޭމްޕްގައެވެ. އިޒްެރާއިލްގެ ސިފައިން ބުނެފައިވަނީ އެމީހުން އަލް އައިން ރެފިޔުޖީ ކޭމްޕަށް ވަނީ ހަނގުރާމަވެރިޔެއް ކަމަށް "ޝައްކު ކުރެވޭ" މީހަކު ހޯދަން ކަމަށެވެ. ރެފިޔުޖީ ކޭމްޕް ތެރޭގައި ޝަހީދުވި މީހާ ޝަހީދު ވެފައިވަނީ އޭނާގެ މެޔަށް ވަޒަން އަރައިގެނެވެ.

14 އަހަރުގެ ފާރިސް ޝަހީދުވި، ޤަލްޤިއްޔާ އަވަށަކީ އ.ދ ގެ އުސޫލުތަކާ ޚިލާފަށް އިޒްރޭލުން ފާރުރާނައި އިން ވަކިކޮށްލައިފައި އޮންނަ އަވަށެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް