ޕްރައިމަރީގައި ވާދަ ކުރަން ފާރިސް ފޯމު ހުށަހަޅުއްްވަނީ-
ހަބަރު
27 Jul 2023 | 13:59
އެމްއާރްއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން، ފާރިސް، ފޯމު ހުށަހަޅައިފި

އެމް.އާރު.އެމް ގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް، އެ ޕާޓީގެ ރައީސް، ފާރިސް މައުމޫން ފޯމު ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އިން ރިޔާސީ ރޭހަށް ނުކުންނަން، ފާރިސް ފޯމު ހުށަހަޅުއްވާފައިވާއިރު, ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އާއެކު ކޯލިޝަން ނުހެދުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ. 

މި ކަމާއި ގުޅިގެން އެމްއާރްއެމް އިން މިއަދު ނެރުނު ބަޔާނެއް ބުނީ، އެ ޕާޓީން އެމް.ޑީ.ޕީ ގެ އިސްވެރިންނާއެކެ 1 މެއި 2023 ވަނަ ދުވަހުގެރޭ އެމް.އާރް.އެމް އޮފީހުގައި ބޭއްވުނު ބައްދަލުވުމަށްފަހު، އެމް.ޑީ.ޕީގެ ހުށަހެޅުންތައް ޕާޓީގެ އެކްސްކޯ އަށް ހުށަހަޅައި މަޝްވަރާކުރެވުނު ކަމަށެވެ.

އަދި އެމް.ޑީޕީއިން ހުށަހަޅާފައިވާ ބައެއް ސިޔާސަތުތަކަށް އެމް.އާރް.އެމް އަށް އެއްބަސް ނުވެވޭތީ، އެ ޕާޓީގެ އެގްޒެކެޓިވް ކޮމިޓީގެ މި އަހަރުގެ 10 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި އެމް.ޑީ.ޕީ އާއި އެކު މަސައްކަތް ކުރަން ނުފެންނަ ކަމަށް ކަމަށްވެސް  އެމްއާރްއެމްއިން ބުނެފައިވެއެވެ. 

ކޮމެންޓް
ހުސޭނުބެ
ތިޔަ ޕްރައިމަރީއެއް ހުޅުވީވެސް ފާރިޝަށް 1500 ހަމަ ނުވީމައެވެ. ފުރަތަމަ ބެލީ ވަކިން ވާދަކުރެވޭތޯއެވެ.
27 Jul 2023
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.