ޢިމާދުއްދީން ސްކޫލްގެ ސްޕެޝަލް އެޑިޔުކޭޝަން ކްލާހުގައި މޫނުބުރުގާ އެޅި ޓީޗަރަކު ކިޔަވައިދެނީ. ފޮޓޯ: ސަން
ހަބަރު
27 Jul 2023 | 16:12
މޫނުބުރުގާ އަޅާ މުދައްރިސުންގެ ހައްޤުގައި އުޚްތުން ނުކުންނަނީ

ދާދިފަހުން ނެރުނު ޓީޗަރުންގެ ސުލޫކީ މިންގަނޑުގައި ކިޔަވައިދޭއިރު މޫނު  ފެންނަގޮތައް ތިބުން މަޖުބޫރު ކުރުމާއި ގުޅިގެން މޫނު ބުރުގާ އަޅާ މުދައްރިސުންގެ ހައްޤުގައި ނުކުތުމަށް "އައި ސްޓޭންޑް ވިތް ނިޤާބް" ފޭސްބުކް ޕޭޖް ހިންގާ އުޚްތުން ނިންމައިފިއެވެ.

"މޫނުބުރުގާ އަޅާ މީހުންގެ ދިފާޢުގައު އަޑު އުފުލާނާން އަޑު އިއްވާނަން" މިޝިޢާރުގެ ދަށުން އުޙްތުންގެ އިޙްތިޖާޖް ބޭއްވުމަށް ހަމަޖެހިފައިވަނީ އަލިމަސް ކާނިވާ ސަރަހައްދުގައެވެ. 29 ޖުލައި ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިޙްތިޖާޖު އޮންނާނީ އެދުވަހުގެ ހަވީރު 16:15 ގައެވެ.

"އައިސްޓޭންޑްވިތްނިޤާބް" ފޭސްބުކް ޕޭޖު ހިންގަވާ އިސް ފަރާތަކުން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި އިޙްތިޖާޖުގައި މޫނުބުރުގާ އަޅާ މީހުންގެ ހައްޤުތައް ހޯދައިދިނުމަށް ތާއީދު ކުރާ ހުރިހާ ފަރާތްތަކަށް ދައުވަތު ދެއްވާކަމަށެވެ.

ތައުލީމުގެ ގާނޫނުގެ ދަށުން އާއްމުކުރި ޓިޗަރުންގެ ސުލޫކީ މިންގަނޑުގެ އުސޫލުގައި ބުނެފައިވާގޮތުން އެ އުސޫލުގެ އޭގެ ބޭނުމަކީ ޓީޗަރުންގެ ފަންނީ އަޚްލާޤާއި، އިޖުތިމާޢީ ސުލޫކު ހަރުދަނާކުރުމާ އެކު، ޒަމާނުއްސުރެ ރާއްޖޭގައި ތަޢުލީމީ ދާއިރާއަށް އޮންނަ ގަދަރާއި އިޚްތިރާމް އިތުރުކޮށް، ދެމެހެއްޓުން ކަމަށެވެ.

ހަމަ އެހެންމެ ކިޔަވައިދިނުމުގެ މާހައުލަކީ ބިރުދެއްކުންތަކާއި ތަފާތުކުރުންތަކާއި ބުލީކުރުން ފަދަ ނޭދެވޭ އަސަރުކުރާ ކަންތައްތަކުން ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަކީވެސް އުސޫލުގެ ބޭނުމެއް ކަމަށް ބުނެފައި ވެއެވެ. 

އެއުސޫލުގެ ދަށުން ކިޔަވައިދޭ ގަޑީ ކާކުކަން އެނގޭ ގޮތަށް ތިބުމަށް ޓީޗަރުންނަށް ލާޒިމުކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން ރާއްޖެގެ ދީނީ ޢިލްމުވެރިންނާއި، ދީނަށް ލޯބިކުރާ އެތައް ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓް
ޓީޗަރ
އަންހެން ކުދިންގެ ކުލާހާ ފިރިހެން ކުދިންގެ ކުލާސް ވަކިކޮށްލާފަ އޮންނަނަމަ އޭރުން މޫނު ބުރުގާ އަޅާ ޓީޗަރުންނަށް މިގޮތަށް ދަތިތަކާ ކުރިމަތި ލާކަށް ނުޖެހޭނެ
27 Jul 2023
ނަސޭހަތެއް
ތިކަމަށް ތާއިދު ކުރެވޭކަށް ނެތް.މަގުމަށްޗަށް ނިޤަބު އެޅި އިއްފަތްތެރި ކަނބަލުން ނުކުންނަން ވާނި އެހެން ހުރިހާ ކަމެއް ކޮށްފަ އިތުރު ގޮތެއް ނެތިގެން.އެ ކަނބަލުންގެ ޢާއިލާ ފިރިހެނުންނާ ފިރިންނާ އަދި ފިރިހެން ދަރިން ނެރެވިދާނެ.
27 Jul 2023
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.