ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު
ހަބަރު
28 Jul 2023 | 09:29
ޖަމިއްޔާތައް އުވާލަން ކުރި އިއުލާން ބާތިލްކޮށްފި!

ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ ޖަމްއިއްޔާތަކުގެ ތެރެއިން ލިޔެކިޔުންތައް ފުރިހަމަނުވާ ޖަމްއިއްޔާތައް އުވާލަން ނިންމައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އިން ކުރި އިއުލާން ބާތިލް ކޮށްފިއެވެ. 

2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީ ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީ ކޮށްފައި ނުވާތީ 1989 ޖަމިއްޔާ އުވާލުމަށް ނިންމާ، އެ ޖަމްއިއްޔާތަކުގެ ލިސްޓް ޔޫތު މިނިސްޓްރީން ވަނީ އިއްޔެ އިއުލާން ކޮށްފައެވެ. 

އަދި މި ޖަމްޢިއްޔާތަކުގެ ތެރެއިން އެ ޖަމްޢިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދޭ ޖަމިއްޔާ ތަކުން، އެ ޖަމްޢިއްޔާގެ މެންބަރަކަށް ނުވަތަ މަޞްލަޙަތު އޮތް ތިންވަނަ ފަރާތަކަށް ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާރ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު 24 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް އޮތްކަމުގައި ކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ. 

ޔޫތު މިނިސްޓްރީން ބުނީ، 24 ސެޕްޓެމްބަރު ގެ ނިޔަލަށް ލިޔުމުން ހުށަނާޅާ ޖަމްޢިއްޔާތައް، ޖަމްޢިއްޔާތަކުގެ ރަޖިސްޓްރީން އެ ޖަމްޢިއްޔާގެ ނަން އުނިކުރެވޭނެ ކަމަށެވެ.

ޔޫތު މިނިސްޓްރީގެ އެ ލިސްޓުގައި ފުޓުބޯޅަ ކްލަބް ތަކާއި، ވަރަށް އެކްޓިވް ދީނީ ޖަމިއްޔާ ތަކާއި ސިޔާސީ އެކި ފަރާތްތަކުގެ ފައުންޑޭޝަން ތައްވެސް ހިމެނެއެވެ. އޭގެތެރޭގައި، ވިކްޓްރީ ސްޕޯޓްސް ކްލަބް އާއި، ޖަމިއްޔަތުއް ސަލަފް އާއި މައުމޫން ފައުންޑޭޝަން ފާހަގަކޮށްލަންޖެހެއެވެ. 

މިނިސްޓްރީގެ މި އިއުލާނާ ގުޅިގެން ރޭ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާއަށް ޖަމްއިއްޔާތައް އުވައިލަންކުރި އިއުލާނު ފެނުނީ ނޫސްތަކުން ކަމަށެވެ. އަދި އުވައިލަން އިއުލާނުކުރި ޖަމްއިއްޔާތަކުގެ ތެރޭގައި ޖަމްއިއްޔާތަކުގެ ރަޖިސްޓަރާގެ ދަށުގައި ނުހިމެނޭ ބައެއް ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކުލަބުތައްވެސް ހިމެނޭ ކަމަށެވެ.

"އަދި ހަރަކާތްތެރިކޮށްފެންނަ ބައެއް ޖަމުޢިއްޔާތައްވެސް އެބަހިމެނޭ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންވަނީ އަޅުގަނޑަށް ލިބިފަ. މިކަންކަން ބަލާ ރަނގަޅުކުރުމަށް ވާނީ ރިކުއެސްޓުކޮށްފަ." މަހުލޫފް ވިދާޅުވިއެވެ. 

ޖަމިއްޔާތައް އުވާލަން ނިންމި އެ ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ޔޫތު މިނިސްޓްރީއަށް އަމާޒުވަމުން ދަނިކޮށް، އެ މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ވަނީ ޖަމިއްޔާތައް އުވާލަން ކުރި އިޢުލާން، ބާޠިލު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުން ނިންމީ، އިދާރީ ގޮތުން ބަލަންހުރި ކަންކަން އަދި ހުރުމުގެ ސަބަބުން ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ޙމ
ކުރިން ބުނި އެތި ކެންސަލް
28 Jul 2023
ގުޅޭ ލިޔުންތައް
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
11 Oct 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި
އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މާލީ އެހީ ލިބުނީ ޖުމުލަ 15،571 މީހަކަށެވެ. އޮގަސްޓް މަހާ އަޅާ ބަލާއިރު މިއީ ލިބުނު ފައިސާގެ އަދަދާއި އެހީ ލިބުނު މީހުންގެ އަދަދުވެސް އިތުރުވުމެކެވެ. އޮގަސްޓް މަހު 15،498 މީހަކަށް 58.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
11 Oct 2026
ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަހީގެ ބޭނުމަކީ އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ