ވައިޓް ސޯސް ޕާސްތާ
ލައިފްސްޓައިލް
28 Jul 2023 | 10:16
މިއަދުގެ ރެސިޕީ: އެންމެނަށްވެސް މީރު ވައިޓް ސޯސް ޕާސްތާ

މިއަދު "ވޮއިސް"ގެ ކިޔުންތެރިންނާއި މި ހިއްސާކޮށްލަނީ ވައިޓް ސޯސް ޕާސްތާ ތައްޔާރުކުރާނެ ގޮތެވެ. 

ބޭނުންވާ ތަކެތި:

1 ޕެކެޓު ޕެނޭ ޕާސްތާ 

1 މޭޒުމަތީ ސަމުސާ ފުށް

1 ޖޯޑު ފުލް ކްރީމް ކިރު 

1/2 ޖޯޑު ޗީޒް (ގާނާފައި)

1 ދަޅު ނެސްލޭ ކްރީމް

1 ބޮނޑި ލޮނުމެދު (ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ އަސޭމިރުން

250 ގްރާމް ކުކުޅު

3 މޭޒުމަތި ސަމުސާ ބަޓަރު

ކުޑަ ތެޔޮ ފޮދެއް

ލޮނު ކޮޅެއް

ހިކި މިރުސް (ބޮޑެތި ކޮށް ކޮށާފައި)

1 ސައި ސަމުސާ އޮރެގާނޯ ޕައުޑަރ

ފެން (ޕާސްތާ ކައްކަން) 

1 ސައި ސަމުސާ ގާލިކް ޕޭސްޓް (ކުކުޅަށް)

1/2 ބެލް ޕެޕަރ (ކިޔުބް ކޮށް ކޮށާފައި)

ތައްޔާރު ކުރާނެ ގޮތް:

1) ފެން ގަނޑުގެ ތެރެއަށް ލޮނާއި، ތެޔޮ ފޮދެއް އަދި 1/2 ސަމުސް އޮރެގާނޯ ޕައުޑަރ އެޅުމަށްފަހު ޕާސްތާ ފެނު ކައްކާށެވެ. ޕާސްތާ ރަނގަޅަށް މަޑުވުމުން ފެން ފޮދު އުކާލުމަށްފަހު ބަހައްޓާށެވެ.

2) ބޯތަށްޓެއްގައި އެއް ސައިސަމުސާ ތެޔޮ، ލޮނު އަދި އަސޭމިރުސް އެއްކުރުމަށްފަހު ބަހައްޓާށެވެ.

3) ކުކުޅު ކޮޅު ކުދިކޮށް ކޮށާލުމަށްފަހު، އޭގެ ތެރެއަށް ގާލިކް ޕޭސްޓް އަދި ކުރިން އެއްކުރި ލޮނާއި އަސޭމިރުސް އެއްކޮށްލުމަށް ފަހު ކުޑަ ތެޔޮ ފޮދެއްގެ ތެރޭގައި ފްރައި ކޮށްލާށެވެ.

4) ވައިޓް ސޯސް ތައްޔާރު ކުރުމަށް، ތެއްޔަކަށް ބަޓަރު އަޅައި އެއަށް ލޮނުމެދާއި ހިކިމިރުސް އަދި ބެލްޕެޕާރ އެޅުމަށް ފަހު، ލޮނުމެދަށް ކުޑަކޮށް ރަން މުށި ވަންދެން ކައްކާލާށެވެ.

5) ދެން ފެނާއި ފުށް އެއްކޮށް ގިރުމަށްފަހު އޭގެ ތެރެއަށް އަޅާށެވެ. ޕޭސްޓު ގަނޑު ކުޑަކޮށް ތަތް ވަންދެން ހަލުވަމުން ގެންދާށެވެ.

6) އެއަށްފަހު އޭގެ ތެރެއަށް ކިރާއި، އަސޭމިރުސް، ނެސްލޭ ކްރީމް ދަޅާއި، 1/2 ސައި ސަމުސާ އޮރެގާނޯ ޕައުޑަރ އާއި، ޗީޒް އަދި ލޮނު އެއްކުރުމަށް ފަހު މަޑު ގިނީގައި 10 ވަރަކަށް މިނެޓު ކައްކާލާށެވެ.

7) އެއަށްފަހު ކުކުޅު ކޮޅު އަޅާފައި އެއްކޮށްލުމަށްފަހު ޕާސްތާ އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ބޭނުން ނަމަ، ފަހު ކަމަކަށް އޭގެ މައްޗަށް ގާނާފައި ހުރި ޗީޒް އަޅާލެވިދާނެއެވެ. އޭރުން ވައިޓް ސޯސް ޕާސްތާ ތައްޔާރުކޮށް ނިމުނީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
11 Oct 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި
އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މާލީ އެހީ ލިބުނީ ޖުމުލަ 15،571 މީހަކަށެވެ. އޮގަސްޓް މަހާ އަޅާ ބަލާއިރު މިއީ ލިބުނު ފައިސާގެ އަދަދާއި އެހީ ލިބުނު މީހުންގެ އަދަދުވެސް އިތުރުވުމެކެވެ. އޮގަސްޓް މަހު 15،498 މީހަކަށް 58.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
11 Oct 2026
ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަހީގެ ބޭނުމަކީ އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ