ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް ގެ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓު އިލްޔާސް ލަބީބު - ފޮޓޯ: އަދަދު
ހަބަރު
28 Jul 2023 | 11:43
ޑިމޮކްރެޓްސް ގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މިއަދު 2 ގައި ފަށަނީ!

އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުން އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ވޯޓުލާން މިއަދު 2:00 ގައި ފަށާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ. 

ޑިމޮކްރެޓްސް އިން ބުނީ، ރިޔާސީ ޕްރައިމަރީއަށް ވޯޓުލުން ކުރިއަށް ދާނީ މިއަދު މެންދުރު 2:00 އިން ހަވީރު 6:00 އަށް ކަމަށެވެ. 

އަދި ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ދާއިރު ޕާޓީ އާ ގުޅޭ މެންބަރުންނަށް ވެސް އިންތިހާބުގައި ވޯޓު ލެވޭނެ ކަމަށް އެ ޕާޓީން ބުނެއެވެ.

ޑިމޮކްރެޓްސް އިން ނިންމާފައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ގެންދާށެވެ. އަދި ޕްރައިމަރީގައި އޮންލައިންކޮށް ވޯޓުލުމުގެ ފުރުސަތު ވެސް އެ ޕާޓީން ވަނީ ހުޅުވާލާފައެވެ. 

ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސް އިން ކެންޑިޑޭޓެއް ނެރުމަށް އެ ޕާޓީން ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވައިލި ފުރުސަތުގައި އެކަމަށް ކުރިމަތި ލެއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެކަންޏެވެ.

ޑިމޮކްރެޓްސްގެ އަސާސީ ގަވައިދު ބުނާ ގޮތުން ރިޔާސީ ޕްރައިމަރީ އަށް އެއް ކެންޑިޑޭޓަކު ކުރިމަތިލައިފި ނަމަ މެންބަރުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ އެވެ. އަދި މެންބަރުންގެ 10 ޕަސެންޓު ވޯޓު އެ ކެންޑިޑޭޓަކަށް ލިބިއްޖެ ނަމަ އެ މީހަކީ ރިޔާސީ ކެންޑިޑޭޓު ކަމުގައި ކަނޑައަޅަން ޖެހޭނެ ކަމަށް އަސާސީ ގަވައިދުގައި ބުނެފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ