ދީން
28 Jul 2023 | 13:09
"ކޯރެއްގައި ދެމޭ ކުނިތަކެއް ފަދައިން، މުސްލިމުންގެ ބާރު ނެތިދިޔައީ އީމާންކަމާއި އަޚްވަންތަކަން ގެއްލުމުން"

އިސްލާމީ އުންމަތް ބައިބައިވެ، މުޝްރިކުންގެ ކުރިމަތީގައި މުސްލިމުންގެ ބާރު ނެތިގެން ދިޔައީ މުސްލިމުންގެ ހިތުގައި އޮތް އީމާންތެރިކަމާއި، މުސްލިމުންގެ މެދުގައި އޮތް އަޚުވަންތަކަން ގެއްލުމުން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

"އިސްލާމީ އަޚްވަންތަކަމާއި އެއްބައިވަންތަކަން" މައުލޫއަށް އަލިއަޅުވާލައި މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވާފައިވާ ޚުތުބާގައި ބުނ،ީ އިސްލާމް ދީނަކީ އުޚުވަތްތެރިކަމުގެ ދީން ކަމަށެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވެ އެމީހަކަށް ގެއްލުން ދިނުމަކީ ދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

މިއާއެކު، އިސްލާމީ ތާރީޚުގެ ފަތްފުށްތަކަށް ނަޒަރު ހިންގާލަމުން ޚުތުބާ ގައި ބުނީ، އިސްލާމީ އުއްމަތުގެ ކުރީކޮޅު މުސްލިމުންނަށް ނަސްރަކަށްފަހު ނަސްރެއް ލިބެމުންއައީ، އެބައިމީހުންގެ ހިތުގައި އޮތް އީމާންކަމާއި، އެބައިމީހުންގެ މެދުގައި އޮތް އަޚުވަންތަކަމާއި، އެއްބައިވަންތަ ކަމުގެ ސަބަބުން ކަމަށެވެ.

"އެއަށްފަހު، އިސްލާމީ އުންމަތް ރޫޅި، ބައިބައި ވެގެން ދިޔައީ، މި ދެންނެވި ކަންތައްތައް މުސްލިމުންގެ މެދުން ފިލައި ދިއުމުންނެވެ. އަދި ހަމަ އެހެންމެ، ކޯރެއްގައި ދެމޭ ކުނިތަކެއް ފަދައިން ޣައިރު މުސްލިމުންގެ ކުރިމަތީގައި ބާރެއް ނެތް ބައެއްގެ ގޮތުގައި އެބައިމީހުން ވީވެސް ހަމަ މިދެންނެވި ސަބަބުތަކާ ހުރެއެވެ."

ހުކުރު ޚުތުބާ 

ޚުތުބާގައި އިތުރަށް ބުނީ މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމާއި، އަޚުވަންތަކަން ދެމެހެއްޓުމަށް އިސްލާމް ދިން ވަރަށް ބޮޑަށް ބާރު އަޅާ ކަމަށާ، އަދި އެކަމަށް ހުރަސް އަޅާ ކޮންމެ ކަމެއް މި ދީނުގައި މަނާ ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން އެކަކު އަނެކަކަށް މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމާއި، ހަޑިހުތުރު ބަހުން މުއާމަލާތް ކުރުން އިސްލާމް ދީނުގައި މަނާ ކުރައްވާފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. 

އަދި ހަމަ އެހެންމެ، މުސްލިމުންނާއި މެދު މުޖުތަމަޢު ގައި ފެތުރެމުންދާ ޚަބަރުތައް އެއްވެސް ތެދު ދޮގެއް ބެލުމެއްނެތި ގަބޫލު ކުރުމަކީ ނޭނގިތިބެ އަނެކާއަށް ގެއްލުމެއް ދެވޭނެ ކަމެއް ކަމަށާ، އެގޮތަށް އެކަން ވެއްޖެ ނަމަ، އެކަމާއި މެދު އެމީހަކު ހިތާމަ ކުރާނެ ކަމަށް ޚުތުބާގައި ބުންޏެވެ. 

މީގެ އިތުރުން ވެސް ތިމާގެ އަޚާއާއި މެދު އިތުބާރު ނުހިފޭ ވާހަކަ ފެތުރުމާއި، ތިމާގެ އަތާއި ދުލުން އެ އަޚާއަށް އަނިޔާ ކުރުމަކީ ދީނުގައި މަނާ ކަމެއް ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. 

ވުމާއި އެ ހުރިހާ ކަމަކުންވެސް ދުރުހެލިވެ ތިބުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ތިމާގެ އަމިއްލަ ނަފްސަށް ލިބެންއެދޭ ރަނގަޅު ކަންތައްތައް ތިމާގެ އަޚާއަށް ލިބުމަށް އެދުމަށްވެސް ޚުތުބާގައި ނަސޭހަތްތެރުވެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.