އިލިޔާސް ލަބީބު، ރައީސް މުޙައްމަދު ނަޝީދު/ ފޮޓޯ: ދަ ޑިމޮކްރެޓްސް
ހަބަރު
29 Jul 2023 | 10:30
ރައީސް ނަޝީދާއި އިލިޔާސް ރިޔާސީ ކެމްޕޭނަށް އައްޑޫއަށް!

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕޭނަށް، ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލިޔާސް ލަބީބު ރައީސް މުހައްމަދު ނަޝީދު އަރިހުގައި ކެމްޕޭނަށް މިއަދު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ. 

ރިޔާސީ ކެމްޕޭނަށް މި ދެބޭފުޅުން އައްޑޫއަށް ވަޑައިގަތުމަށް ހަމެޖެހިފައި ވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައި ކަމަށް ދަ ޑިމޮކްރެޓްސްއިން ވަނީ ބުނެފަ އެވެ. 

މި ދަތުރުފުޅުގެ ތެރެއިން އިލްޔާސްގެ ކެމްޕެއިން ޖަލްސާއެއް އައްޑޫސިޓީ ހުޅުދޫގައި މާދަމާ ރޭ ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން ކެމްޕޭނަށް އައްޑޫގައި ޑޯ-ޓު-ޑޯ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. 

އައްޑޫ ސިޓީއަށް ދަ ޑިމޮކްރެޓްސްއިން ކުރާ މި ދަތުރަކީ ރަސްމީކޮށް ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއެކު ކުރާ ފުރަތަމަ ދަތުރުކަން ފާހަގަކޮށްލެވެއެވެ. 

އިލްޔާސް ލަބީބު ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓު ކަށަވަރުކުރެއްވީ އިއްޔެ ކުރިޔަށް ގެންދިޔަ ޕްރައިމެރީން ނެވެ. 

ޕްރައިމެރީއަށް ކުރިމަތިލެއްވި އިލްުޔާސް ލަބީބު އެކަނި ކަމުން ވޯޓު ކުރިޔަށް ގެންގޮސްފައިވަނީ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައި އެވެ. މި ވޯޓު އިލްޔާސް ކާމިޔާބު ކުރެއްވީ 94 ޕަސެންޓު ވޯޓާއި އެކުގައި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް