މެމްބަރު ތާރިގު ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
29 Jul 2023 | 11:44
ސަލަފު ޖަމުއިއްޔާ އުވާލަން އުޅެނީ އަދާލަތަށްވުރެ މުޖުތަމައުގައި ބަސް ވިކޭތީ: ތާރިގު

ދީނީ ހޭލުންތެރިކަން އާންމުންގެ މެދުގައި އިތުރުކުރުމަށް މަސައްކަތް ކުރާ ސަލަފު ޖަމުއިއްޔާ އުވާލަން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށްވުރެ މުޖުތަމައުގައި ސަލަފުގެ ބަސް ވިކޭތީކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ. 

ތާރިގު މިފަދައިން ވިދާޅުވެފައި ވަނީ ސަލަފު ޖަމުއިއްޔާ ހިމެނޭހެން ބައެއް ޖަމުއިއްޔާތައް އުވާލުމަށް ޔޫތު މިނިސްޓްރީން ކުރި އިއުލާނަކާއި ގުޅިގެން ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގަ އެވެ. 

އެގޮތުން ތާރިގު ވިދާޅުވީ ޖަމިއްޔަތުއް ސަލަފު އުވާލަން އިއުލާނުކުރުމުން އެކަމާއި ހައިރާންވެވަޑައި ނުގަންނަވާ ކަމަށެވެ. 

ސަރުކާރު ހިންގާ މައި ޕާޓީގެ ކޮންޓްރޯލު އޮންނަ ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ޖަމުއިއްޔާތަކާއި ބެހޭ ޤާނޫނަށް ގެނައި ބަދަލަކީ ސަލަފު ޖަމުއިއްޔާއަށް އުވާލުމަށް ޓާގެޓުކޮށްގެން ގެނެވުނު ބަދަލެއްކަމަށް ތާރިގު ވިދާޅުވި އެވެ. 

އޭގެ އިތުރުން އޭނާ ވިދާޅުވީ ސަރުކާރުން ސަލަފު ޖަމުއިއްޔާ އުވާލުމަށް މަސައްކަތް ކުރާ ހަމައެކަނި ސަބަބަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ވުރެ މުޖުތަމައުގައި ސަލަފު ޖަމުއިއްޔާގެ ބަސް ވިކޭތީ ކަމަށާއި، އެމީހުންގެ ނުފޫޒު ގަދަވުމުން ކަމަށެވެ. 

"ޖަމިއްޔަތުއްސަލަފް އުވާލަން އިއުލާންކުރުމުން އަޅުގަނޑު ހައިރާނެއްނުވެއެވެ. ޖަމިއްޔާތަކާބެހޭ ޤާނޫނަށް އެންމެފަހުން މަޖިލީހުން ގެނައި ބަދަލުގެ އަމާޒުހުރީ އެޖަމިއްޔާއަށްކަން އެނގެއެވެ. މައްސަލައަކީ އަދާލަތުޕާޓީއަށްވުރެ މުޖުތަމައުގައި ބަސްވިކުމާއި ނުފޫޒުގަދަވުމެވެ"

މެމްބަރު އަހުމަދު ތާރިގު

މި އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ، ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާތީ 1989 ޖަމިއްޔާއެއް އުވާލަން ޔޫތު މިނިސްޓްރީން އިއްޔެ އިއުލާންކުރި އެވެ. އޭގެ ތެރޭގައި ސަލަފު ޖަމިއްޔާ އޮތީ ހިމެނިފަ އެވެ.

އެކަމަކު ސަލަފުން ބުނި ގޮތުގައި މިދިޔަ އަހަރުގެ މެއި މަހު އެންމެ ފަހުން ޔޫތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވަނީ މެއި 31، 2024 އަށެވެ. އަދި ފާއިތުވި ދެ އަހަރުގެ ތެރޭގައި ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓު ވެސް ހުށަހަޅާފައިވާ ކަމަށެވެ.

ބައެއް ޖަމުއިއްޔާތައް އުވާލުމަށް ޔޫތު މިނިސްޓްރީން އިއުލާނުކުރި ނަމަވެސް، ފަހުން ވަނީ އެ އިއުލާނު ބާތިލުކޮށްފަ އެވެ. 

ކޮމެންޓް
އޯކޭބެ
ތީހަމަ ފިތުނަފަސާދައުފައްދާން ވ މޮޅުބޭފުޅެއް ތިޔަކަހަލަބައެއްގެތެރޭ އުޅެންވެސް ބިރުގަންނަންޖެހޭހިސާބުގަ މިގައުމިއޮތީ މާތްﷲތިބޭފުޅާއައް ހެޔޮވިސްނުން ދެއްވަޥާފާންދޭޥެ
29 Jul 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.