ޝައިޚް ހަސަން މޫސާ ފިކުރީ
ހަބަރު
29 Jul 2023 | 15:47
ދީނާއި ޚިލާފު ވާހަކަ ދެއްކުން ސިޔާސީ މުނިފޫހިފިލުވުމަކަށް ނުހަދާ: ޝައިޚް ފިކުރީ

ދީނާއި ޚިލާފު ވާހަކަ ދެއްކުން ސިޔާސީ މުނިފޫހިފިލުވުމަކަށް ނުހެދުމަށް ޝައިޚް ހަސަން މޫސާ ފިކުރީ އެދިވަޑައިގެންފި އެވެ.

ޝައިޚް ފިކުރީ މިހެން ވިދާލުވެފައިވަނީ ޝައިޚް ކުރެއްވެވި ޓްވީޓެއްގައެވެ.

ޝައިޚް ވަނީ ދީނާއި ޚިލާފު ވާހަކަދައްކައި، ޖުވާ ކުޅުމާއި، މެރުއާނާ ހުއްދަކުރަން ގޮވާލައި ދައްކާ ވާހަކަތަކަކީ ސިޔާސީ މުނިފޫހި ފިލުވުމަކަށް ނުހެދުމަށް އެދިވަޑައިގެންފަ އެވެ. 

މީގެ އިތުރުން އެފަދަ ވާހަކަތައް މީޑިއާގައި ހިއްސާކޮށް ލައިކް ދީ ނުހެދުމަށްވެސް ޝެއިޚް ފިކުރީ ވިދާޅުވެފައިވެއެވެ.

ޝައިޚް މިހެން ވިދާޅުވެފައި މިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ މެޑިކަލް މެރުއާނާ ރާއްޖޭގައި ހުއްދަކުރެވޭނީ ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންކަމަށް ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުالله ޖާބިރު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ސީއެންއެމްގެ ޕްރޮގުރާމެއްގައި ބައިވެރިވެވަޑައިގެން ރައީސް ސޯލިހަށް ދެވަނަ ދައުރަކަށް ރާއްޖޭގެ ވެރިކަމަށް ގެންނަންވީ ސަބަބުތަކުގެ މައްޗަށް އަލިއަޅުވައިލައްވައި ޖާބިރު ވަނީ ހުރިހާ ޒުވާނުންވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހަށް ވޯޓުދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ވޯޓު ދޭނެ ސަބަބުތަކުގެ ގޮތުގައި މަރުއާނާއާއި ޖުވާކުޅުން ހުއްދަކުރެއްވުން ހިމެނޭ ކަމުގައިވެސް ޖާބިރު ވިދާޅުވިއެވެ.

"އެ ދެން ގޭމިން އެންޓަޓެއިންމެންޓު އެކަހަލަ އެއްޗެހިވެސް ހުއްދަވާނެ. އަދި މެޑިކަލް މެރުއާނާ އުސޫލެއްގެ ދަށުން ރާއްޖޭގައި ހުއްދަވެގެންދާނެ، ޤާނޫނުތައް ބަދަލުވެގެންދާނެ. މިހުރިހާ ކަމެއް ކުރެވޭނީ މިވަރުގެ ރައީސެއް އައިސްގެންތާ. އެނޫން ގޮތަކަށް މިކަމެއް ނުހިނގާނެ އިނގޭތޯ،" ޖާބިރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ