މާޒިއާގެ ކުޅުންތެރިން
ކުޅިވަރު
29 Jul 2023 | 20:41
މެޗަށް ވެލެންސިއާގެ ކުޅުންތެރިން ހަމަނުވުމުން، މާޒިޔާ މޮޅުވިކަމަށް ނިންމައިފި!

ދިވެހި ޕްރެމިއާ ލީގުގައި މިއަދުގެ ހަވީރު ކުޅުމަށް ހަމަޖެހިފައި އޮތް މެޗަށް ކްލަބް ވެލެންސިއާގެ ކުޅުންތެރިން ހަމަނުވުމުން، 2-0 ގެ ނަތީޖާއަކުން މާޒިޔާ މޮޅުވިކަމަށް ނިންމައިފިއެވެ.

ލީގުގައި މިއަދު މާޒިޔާ އާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވެލެންސިއާގެ ކޯޗުންނާއި އޮފިޝަލުން އަދި ބައެއް ކުޅުންތެރިން ވެސް ގައުމީ ފުޓްބޯޅަ ދަނޑަށް ހާޒިރުވި އެވެ. ނަމަވެސް މެޗު ކުޅެވޭ ވަރަށް އެ ޓީމުގެ ކުޅުންތެރިން ހަމައެއް ނުވި އެވެ.

އޭގެ ފަހުން އެ ކްލަބުން ނެރުނު ބަޔާނުގައި ބުނީ އެހެން ދިމާވީ މާލޭގައި މިހާރު ފެތުރެމުންދާ ހުމުގެ ރޯގާ ޖެހި އެ ކްލަބްގެ ގިނަ ކުޅުންތެރިން ހުން އައިސް ހޮޑުލައި ބޭރަށްހިންގާތީ ކަމަށެވެ.

"ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅެން އޮތް މެޗަށް މި ކްލަބްގެ އޮފިޝަލުންނާއި ހާޒިރުވެވެން ތިބި ކުޅުންތެރިން ވަނީ ދަނޑަށް ހާޒިރުވާން އޮންނަ ގަޑިއަށް ދަނޑަށް ދިއުމަށްފަހު އެކަން މުބާރާތް ހިންގާ ފަރާތްތަކަށް ރިޕޯޓްކޮށްފަ އެވެ. ނަމަވެސް މެޗެއް ފުރިހަމަކުރުމަށް ބޭނުންވާ އެންމެ އަސާސީ މިންވަރުކަމަށްވާ 11 ކުޅުންތެރިން މިއަދުގެ މެޗަށް ހަމަކުރެވޭ ގޮތް ނުވީ އެވެ." ހުމުގެ ރޯގާގެ އަސަރުކޮށްގެން ކުޅުންތެރިން ބަލިވެ އުޅޭކަން ހާމަކުރުމުގެ ގޮތުން ވެލެންސިއާއިން ނެރުނު ބަޔާނުގައި ވެއެވެ.

ގިނަ ކުޅުންތެރިން ބަލިވެ އުޅޭތީ މެޗު އެހެން ތާރީހަކަށް ފަސްކޮށް ދިނުމަށް އެ ކްލަބުން އެދުނު ކަމަށް ވެސް ވެލެންސިއާގެ ބަޔާނުގައި ބުނެފައި ވެއެވެ.

މެޗުން މާޒިޔާ މޮޅުވި ކަމަށް ނިންމިކަން ހާމަކޮށް އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު، އެ އެސޯސިއޭޝަންގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖުގައި ވިދާޅުވީ ކުޅުންތެރިން ބަލިވެ އުޅޭތީ މެޗު ފަސްކޮށް ދިނުމަށް މެޗަށް ވަގުތުކުޑަތަން ވެފައި ވަނިކޮށް ވެލެންސިއާއިން އެދުނު ކަމަށެވެ. ނަމަވެސް އެހާ ވަގުތުކުޑަތަން ވެފައިވަނިކޮށް އެހެން އެންގި ނަމަވެސް މުބާރާތުގެ ގަވާއިދަށް ރިއާޔަތްކޮށް ވެލެންސިއާ މެޗުން ބަލިވީ ކަމަށް މުބާރާތުގެ ކޮމިޓީން ނިންމާފައިވާ ކަމަށް ޖަވާޒު ވިދާޅުވި އެވެ.

ލީގުގައި މިރޭ، ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނަ އީގަލްސްގެ ޓީމަށް ވެސް ހުމުގެ ރޯގާގެ އަސަރުކޮށްފައިވާ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ