ރައީސް މުހައްމަދު ނަޝީދު އާއި ރައީސުލްޖުމްހޫރިއްޔާގެ އިބްރާޙީމް މުހައްމަދު ޞާލިހު
ހަބަރު
30 Jul 2023 | 09:58
ރައީސް ޞާލިހު ހަކުރު ވިއްކަން ތާއިދު ކުރައްވާ؛ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން: ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަކުރު ވިއްކަން ތާއިދު ކުރައްވާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖީލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސް ގެ ރިޔާސީ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ކެންޕެއިނަށް އައްޑޫއަށް ވަޑައިގެން ފޭދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުން މިހާރު ވަރަށް ގިނަވެފައިވާ ކަމަށެވެ. އެހެންކަމުން މަސްތުވާތަކެތީގެ ފަސް ގްރާމް ގެންގުޅޭ މީހުންނަށް އަޅާލެވެންވެސް މިހާރު ނެތް ކަމަށާއި، ޓްރެފިކް ކުރާ މީހުންނަށް އަދި އަމުދުން އަޅާ ލެވެން ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ތަނެއްގައި މިހާރު މި ތިބެވެނީ. އަދި ހައްދުފަހަނައަޅާފައިވާ އެކިއެކި ޖަމާއަތްތަކުން ފައިސާ ރެއިސް ކުރުމަށް، ހޯދުމަށް ހިންގާ އެންމެ ބޮޑު އެއް ވިޔަފާރިއަކީ މަސްތުވާތަކެތީގެ ވިޔަފާރި" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަސްތުވާތަކެތި ބޮޑިކޮށް "ލައްވަމުން" ދާ ދިއުން އާއްމު ކަމަކަށްވެސް ވެފައިވާ ކަމަށެވެ. 

"އަޅުގަނޑުމެންގެ ހިތަކަށް ނުވެސް ގެވޭނެ އެ ދެވީގައި ހުންނަ ކުއްޖެއް އެކަމެއް ވީމަ މުޅި އާއިލާއަށް އެ ވަމުންދާ ގޮތް، އެ ކުއްޖާއަށް ވަކި ދެރަ ގޮތެއްވާކަން ބޭނުމެއް ނޫން. ދެން އެހެން ނަމަވެސް ގޭގައި އެބަތިވި އެހެން ކުދިންވެސް، އެ ކުދިންގެ ދިރިއުޅުންވެސް ހަލާކުވާކަށް ނޭދޭ".

ރައީސް މުހައްމަދު ނަޝީދު 

މަސްތުވާތަކެތީގެ މައްސަލައަށްވުރެ ވަކި ބޮޑު ކަމެއް ނެތް ކަމަށާއި، ރާއްޖޭގެ ވަރަށް ގިނަބަޔަކު އެ ވަބާގައި ޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިއާއެކު ނަޝީދު ވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި މެޑިކަލް މެރުއާނާ ރާއްޖެ އެތެރެކުރުން ފަސޭހަ ވާނެ ކަމަށް ވިދާޅުވި ވިދާޅުވުމަށް އަލި އަޅުވާލައްވައި، އެކަމާއި ނުރުހުން ފާޅުކުރައްވާފައެވެ. ނަޝީދު ވިދާޅުވީ އެއީ މަޖަލަކަށް ނަމަވެސް ދައްކަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށެވެ. 

"އަޅުގަނޑަކަށް ނުފެނޭ މަޖަލަށް ހަދާފައިވެސް މި ބާވަތުގެ ވާހަކަ ދައްކަން، ރައީސް ސޯލިހްވެސް އަތް ޖައްސަންވަންށޭ މި އިންނަނަވަނީ. އެއިކީ މަޖާ ކަމެއް ނޫން، ޖާބިރު އަބަދު ދައްކަވާ ވާހަކަތައްވެސް މަޖަލެއްވެސް ނޫން". 

ރައީސް މުހައްމަދު ނަޝީދު 

ރައީސް ނަޝީދު ވިދާޅުވީ ޖާބިރުގެ އެ ވާހަކައިގެ ސަބަބުން ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑެތި އޮޅުން އަރާ ކަމަށެވެ. އަދި ރައީސް ޞާލިހު އެކަމަށް ތާއީދު ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. 

"ރައީސުލްޖުމްހޫރިއްޔާ އެކަމަށް ތާއިދު ކުރައްވައިގެން އިންނަވާކަން، އެއީ ހަކުރު ވިއްކަން ތާއިދު ކުރައްވައިގެން އިންނަވާކަން، އެއީކީ ބަލައިގަނެވޭނެ ކަމެއް ނޫން."

ރައީސް މުހައްމަދު ނަޝީދު 

ނަޝީދު ވިދާޅުވީ، ރާއްޖޭގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރެވޭނެ ގޮތްވެސް ހޯދަން ޖެހޭ ކަމަށެވެ. އަދި މައިންބަފައިންނަށް އެހެން ކުދިންނާއި އެކީގައި ދިރިއުޅެވޭނެ ގޮތްވެސް ހޯދަން ޖެހޭ ކަމަށެވެ.

"އެއް ކުއްޖަކު ގޮސްވެގެން ދިޔައީމަ ދައުލަތުން އެބަ ޖެހޭ އެކަންތައް ބަލަހައްޓައިދޭން، އަޅުގަނޑު ދެކޭ ގޮތުގައި ތިއި ކޮންމެހެންސް އަޅާލަން ޖެހޭ ކަމެއް، ތަރައްގީ ނުވެގެން މި އުޅެނީ ބްރިޖެއް ނޫން، ގޭތެރެ، އަމިއްލަ ގޭތެރެ، އަޅުގަނޑުމެން ހާސްކަމެއްގައި މި ތިބެނީ ގޭތެރޭގެ ކަންތައްތަކާއި ހުރެ.". ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް
ބީރުބޮލުވަޒީރު
ކަލޭނޫންތަ ބުނީ ބޯންޖެހޭނެޔޭ . ޡމިކަލޭގެ ހައްޔަރުކުރަންޖެހޭ މިހާރު. ސާބިތު ނުހިފޭ ވާހަކަ ދައްކާތީ…މީ ގައުމީ ސަލާމަތަށްހުރި ބިރެއް!!
30 Jul 2023
ޙަކުރު
ޤަންޖާ އެއް ނޫންތަ ބުނީ ބޮވެންޖެހެޔޭ.
30 Jul 2023
ހީލާ
ކަލޭ ތިހުރީ ދެދުނިޔެއިންގެއްލިފާ އަގަހައްދުޖަހަންވެފާހުރި މީހެއްތީ ކަލޭ ދައްކާވާހަކަ އަޑުއަހާނެމީހެއްނެތް
30 Jul 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.