ޑރ ޢަލީ ޒާޖިރު ބިން ސައީދު ޤާސިމް.ފޮޓޯ: އިސްލާމިކް މިނިސްޓްރީ .
ހަބަރު
30 Jul 2023 | 11:16
މޫނުބުރުގާ އަޅާތީ ކިޔަވައިދިނުމުން މަޙްރޫމް ކުރުމަކީ ވަރަށް ނާތަހުޒީބީކަމެއް: ޑރ ޢަލީ ޒާހިރު

މޫނުބުރުގާ އަޅާތީ ކިޔަވައިދިނުމުގެ ހައްޤުން މަޙްރޫމް ކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް ޑރ ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ޑރ ޢަލީ ޒާހިރު މިހެން ވިދާޅުވީ އެމަނިކުފާނި ކުރެއްވެވި ޓްވީޓެއް ގައެވެ.

"ކާކުކަން ދަނެގަނެވޭނެ ވަސީލަތްތައް ފަހިވެފައިވާ ޒަމާނެއްގައި، މޫނުބުރުގާ އަޅާތީ ކިޔަވައިދިނުމުގެ މަސައްކަތުން މަޙްރޫމްކުރުމަށް ގަވާއިދު ހެދުމަކީ ވަރަށް ނާތަހުޒީބު ކަމެއް" ޑރ ޢަލީ ޒާހިރު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ޑރ ޢަލީ ޒާހިރުވަނީ ސަރުކާރުގެ ނިންމުން އަލުން މުރާޖަޢާ ކުރުމަށް ގޮވާލައްވައިފައެވެ.

ޑރ ޢަލީ ޒާހިރު މިހެން ވިދާޅުވެފައި މިވަނީ ދާދި ފަހުން ނެރުނު މުދައަރިސުން ޢަމަލު ކުރަންޖެހޭ ގޮތުގެ އުސޫލުގައި މޫނުބުރުގާ އަޅައިގެން ވަޒީފާގެ މައިދާނުގައި މަސައްކަތް ނުކުރެވޭނެ ފަދަ ގޮތަކަށް އައިސްފައި އޮތުމުން އެކަމާއި ގުޅުވައިގެނެވެ.

ރާއްޖެގެ ގިނަ ދީނީ ޢިލްމުވެރިންތަކެއް އަންނަނީ މިކަމާއި ދެކޮޅަށް ބަސްވިދާޅުވަމުންނެވެ.

އިއްޔެ ހަވީރު މިކަމާއި ދެކޮޅު ހަދައި މޫނު ބުރުގާ އަޅާ ޓީޗަރުންގެ ހައްޤުގައި މާލޭގައި ހިމޭން އިޙްތިޖާޖެއްވެސް ކޮށްފައިވެއެވެ.

ކޮމެންޓް
ޥަންޑޮލަރު މައިޝޮޕް
އެއްކަލަ މަގާމަށް ހަށިވިއްކާ ޑަކްޓަރާއި، ނަރުސް ކޮބައިތަ؟ ވަޒީފާގެއްލިފާނެތީ ދެގޮލާހަނު! ކޮންގޮތަކަށް ދީންކިޔެވި ބޮނދުތަކެއްމީ
30 Jul 2023
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް