ރޮޒައިނާ އާއި ރައީސް މުހައްމަދު ނަޝީދު--
ހަބަރު
30 Jul 2023 | 15:26
މަޖިލީހަށް ރޮޒައިނާ ހޮވުމަކީ ކުރެވުނު 'ވިޔާނުދާ' ކަމެއް: ރައީސް ނަޝީދު

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މަޖިލީހުގެ މެންބަރު ކަމުގެ މަގާމަށް ގެނައުމަކީ ކުރެއްވުނު "ވިޔާނުދާ" ކަމެއް ކަމަށް ޑިމޮކްރެޓްސް ޕާޓީއާއި ދާދިފަހުން ގުޅިވަޑައިގެންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާ އެކު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު މަރަދޫ ޖަގަހައިގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، ޕާޓީއަށް ގިނަ މީހުން ވަނުމުން ގިނަ ބައެއްގެ މަޝްވަރާއާ އެކީގައި ރަނގަޅު ކަންތައްތައް ފެންނަ ކަމަށެވެ. 

"އެހެން ނަމަވެސް މި ވީގޮތަކީ، ހަމަ އަހައްމައިދީ އަރިހުގައި އަޅުގަނޑު ނަންގަނެގެން މި ހޮވައިދިން ތިޔަބޭފުޅުންގެ ދާއިރާގެ އިއްޒަތްތެރި މެމްބަރު ރޮޒައިނާ އާދަމް. އެއީ އަޅުގަނޑުމެން ދެ މީހުން ކުރި ވިޔާނުދާ ކަމެއް،" 

ރައީސް މުހައްމަދު ނަޝީދު 

ނަޝީދު އިތުރަށް ވިދާޅުވީ ރޮޒައިނާ އާއި ޑީއާރުޕީގައި ކުރިން އުޅުއްވި ބޭފުޅުން އެންމެ ފުރަތަަމަ ކުރެއްވި ކަމަކީކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ދުރަށް ޖެހިވަޑައިގެން، ޑީއާރުޕީ ބައިބައިކުރުމުގެ މަސައްކަތް ކަމަށެވެ.

"ދެން ވަޑައިގެންނެވީ، ބަގާވާތަށް ފަހުގައި ރައީސް ވަހީދު އަކީ ޒައީމޭ ކިޔުއްވަމުން. އެނގި ވަޑައިގަންނަވާނެ، ފެނިވަޑައިގަންނަވާނެ، މި ބޭފުޅުން ރައީސް ވަހީދުގެ ދެފަރާތުގައި ތިއްބަވާ، ރައީސް ވަހީދޭ ޒަޢީމާކީ، ތިއޭ ހުރިހާވެސް އެއްޗަކީ. ހުރިހާ ޅެމަކާއި ފަރިއްްސަކާއި ކިޔަމުން ދިޔައީ. ޒިންދާބާދު ކިޔަމުން ދިޔައީ. ގޮސް އާޚިރުގައި އެކަން ވެގެން ދިޔަގޮތަކީ، ރައީސް ވަހީދަށް ލިބިވަޑައިގަތީ %5 ވޯޓު." 

ރައީސް މުހައްމަދު ނަޝީދު 

ނަޝީދު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވާނެ ވާހަކަތަކާއި، ބަސްތަކާއި، ކެންޕެއިނަށް ދައްކަވާނެ ވާހަތައްވެސް ކަނޑައަޅުއްވަން ތިއްބެވީ ރޮޒައިނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ފަދަ ބޭފުޅުން ކަމަށެވެ. އަދި މިހާރު ރައީސުލްޖުމްހޫރިއްޔާއެއް 'ނެތް' ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. 

"މިއަދު ރޮޒައިނާގެ ފިރިކަލުން، ނާޝިޒް އެހުންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ ކެމްޕޭން އޭޖެންޓަކަށް. މިއަދު ރައީސުލްޖުމްހޫރިއްޔާގެ މެސެޖިން، ރައީސުލްޖުމްހޫރިއްޔާ ކެމްޕޭނުގައި ދައްކާނެ ވާހަކަ، ވިދާޅުވާނެ ބަސްތައް، ވިދާޅުވާން އެ ތިއްބެވީ މި ބޭބޭފުޅުން. އެ ބޭފުޅުން އެ ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ ވަށާލައްވާފަައި، ރައީސުލްޖުމްހޫރިއްޔާއެއް ނުއެއް ނެތް. އަޅުގަނޑުމެންގެ ހުރި އެއްޗަކީ އަންނަން އޮތް ރައީސުލްޖުމްހޫރިއްޔާ، އޮނަރަބަލް އިލްޔާސް ލަބީބް." ނަޝީދު ވިދާޅުވިއެވެ. 

ކޮމެންޓް
ޢަލީމުރާދު
ގަންޖާކަލޭފާނު ބުނެފާނެ ތިމަންނައޭ މަގާމުދިނީވެސް. ތިމަންނައޭ ވަކިކުރާނީވެސް. މީދެން ވެރިންގެ ވެރިމީހާޔޯ.
30 Jul 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.