ސިޔާމް އާއި ރައީސް ޞާލިހް
ހަބަރު
31 Jul 2023 | 15:46
ރައީސް ޞާލިހަކީ ނަމާދު ފުރިހަމައަށް ކޮށް، ދަމުނަމާދު ވެސް ކުރައްވާ ބޭފުޅެއް: ސިޔާމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަކީ ފަރުޟު ފަސް ނަމާދުގެ އިތުރުން ދަމު ނަމާދު ވެސް ކުރައްވާ ބޭފުޅެއް ކަމަށް މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ. 

ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިނަށް ށ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު ފޮނަދޫ ގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ، ރައީސް ޞާލިހު އާއި އެކު 20 އަހަރު ވަންދެން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި އެވީހާ ދުވަހުވެސް އެމަނިކުފާނު ކޯފާވެވަޑައިގެން އިންނެވި ތަން ނުފެންނަ ކަމަށް ސިޔާމް ވިދާޅުވި އެވެ. 

އެމަނިކުފާނާއި ދިމާއަށް މީހުން ގޮސް އެއްޗެހި ކީމަވެސް ހެވިލާފައި އިންނަނީ. އަޅުގަނޑު ހިތަށް އަރާ މިއީ ކޮން ކަހަލަ ބޭފުޅެއް ބާވައޭ. އެކަމު މިއަދު ތި ބޭފުޅުންނަށް އެނގޭނެ ކެތްތެރި ކަމަކީ ކިހާ މުހިންމު ކަމެއް ކަމަށް. ހަމަ ފުންމައިގަނެގެން ކަންތައް ތަކެއް ނުވާނެ. 

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް 

ސިޔާމް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ތިބި "ލާދީނީ ތައްގަނޑު" ޖަހާފައި ތިބި މީހުންތައް އެ ޕާޓީން މިހާރު ގޮސްފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ތެރޭގައި ލާދީނީ މީހެއް ނެތް ކަމީ ދިވެހި ރައްޔިތުންވެސް އުފާ ކުރަންޖެހޭ ކަމެއް ކަމަށް ސިޔާމް ވިދާޅުވި އެވެ. 

އެގޮތަށް ފާޅުގައި ހަޖޫ ޖަހައި، ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް އަށް ޖޯކު ޖަހައި، އަޅުގަނޑުމެންގެ ދީނަށް ޖޯކު ޖަހައި، މުރުތައްދު ވެފައި ހުރި މީހެއް އަޅުގަނޑުމެންގެ ތެރޭގައި ނެތް ކަން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އުފާކުރަންޖެހޭ ކަމެއް. 

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް 

މިއާއެކު ސިޔާމް ވިދާޅުވީ، ރައީސް ޞާލިހު އަކީ ދީނަށް ޖޯކު ޖަހައި، ދީނާއި ޚިލާފް ވާހަކަ ދައްކަވާ ބޭފުޅެއް ނޫން ކަމަށެވެ. 

"ދުވަހަކު އިސްލާމް ދީނާއި ދެކޮޅަށް އެއްޗެކޭ ނުބުނައްވާނެ. ނަމާދު ފުރިހަމައަށް ކުރައްވާނެ. ރޯދަ ހިފައްވާނެ. ދަމު ނަމާދު ވެސް ކުރައްވާ."

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް 

ސިޔާމް ވިދާޅުވީ، މީހުން ދެކެ ބިރުގަނެ، މީހުންނަށް އަޅާލާނީ ރައީސް ޞާލިހު ފަދަ މާތް الله ދެ ބިރު ގަންނަ ބޭފުޅެއް ކަމަށެވެ. އަދި ދީނަށް ހަޖޫ ޖަހާ ބޭފުޅެއް މީހުން ދެކެ ބިރު ވެސް ނުގަންނާނެ ކަމަށާ، އަދި މީހުންނަށް އޯގާތެރިވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ސަޖޯ
ޝިޔާމްއަށް ކިހިނެއްތޯ އެނގުނީ ރައީސް ސޯލިހު ދަމުނަމާދު ކުރާކަން އެއް ކޮޓަރީގަ ނިދިކުރެއްވީތޯ
01 Aug 2023
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.