މަހިބަދޫ ޓީމުން އުފާ ފާޅު ކުރަނީ--
ކުޅިވަރު
31 Jul 2023 | 21:25
އދ އަތޮޅު ޒުވާނުންގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މިފަހަރުވެސް މަހިބަދޫ އަށް!

އދ އަތޮޅު ޒުވާނުންގެ 12 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، މިފަހަރުވެސް މަހިބަދޫއިން ހޯދައި ތަށި ދިފާއުކޮށްފި އެވެ.

ދިވެހިރާއްޖޭގެ މިނިވަންދުވަސް އަތޮޅު ފެންވަރުގައި އދ. މަހިބަދޫ ގައި ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ކުޅިވަރުތަކުގެ ތެރެއިން، ޒުވާނުންގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މަހިބަދޫ ޓީމުން ހޯދާފައި ވަނީ ފައިނަލް މެޗުގައި މާމިގިލި ޓީމާއި ވާދަކޮށް 4-0 ގެ ނަތީޖާއަކުންނެވެ. 

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް މަހިބަދޫއަށް އެ ޓީމުގެ ފުރަތަަމަ ގޯލު ކާމިޔާބު ކޮށްދީފައިވަނީ، މިދުހަތު ފަހުމީ އެވެ. އެއަށްފަހު ދެވަނަ ހާފުގައި ނަސޫހު ރަޝީދު ކާމިޔާބު ކޮށްދިން ރީތި ގޯލަކާއި އެކު މަހިބަދޫއިން ލީޑު ފުޅާ ކޮށްފައި ވަނިކޮށް، އެ ޓީމަށް ކުޅެން އެރި ދެ ބަދަލު ކުޅުން ތެރިން ކަމުގައިވާ ސުޢައިދު ސަޢީދު އާއި ނާއިލް ވަނީ މެޗުގެ ސްކޯރ 4-0 އަށް ބަދަލުކޮށް ތަށި ޔަގީންކޮށްފައެވެ. ނާއިލްގެ ލަނޑު ކާމިޔާބު ކޮށްފައިވަނީ، މެޗުގެ 90 މިނެޓް ހަމަވެ، އިތުރު ވަގުތުގެ ކުޅުމުގެ ތެރެއިންނެވެ. 

މުބާރާތް ނިމުމުން އަތޮޅު ޒުވާނުންގެ 12 ވަނަ ފުޓްބޯޅަ މުބާރާތަށްފަހު މުބާރަތުގެ އެކިއެކި މަގާމްތަކަށް އައި ފަރާތްތަކާއި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގުވަޒަންކޮށްފައިވެއެވެ.

މުބާރާތުގެ އެކިއެކި މަގާމްތަކަށް ހޮވުނު ފަރާތްތައް:

އެންމެ މޮޅު ގޯލް ކީޕަރު, މަހިބަދޫ ޓީމުގެ ޖަރޒީ ނަންބަރު 18 އަޙްމަދު ނަައުފަލް، 

އެންމެ މޮޅު ޑިފެންޑަރ، މަންދޫ ޓީމުގެ ޖަރޒީ ނަންބަރު 03 މުޙައްމަދު ފިޒާލް

މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރ، މަހިބަދޫ ޓީމުގެ ޖަރޒީ ނަންބަރު 37 މުޙައްމަދު ސާރިޙް

އެންމެ މޮޅު ފޯވާޑް، މަހިބަދޫ ޓީމުގެ ޖަރޒީ ނަންބަރު 38 މުޙައްމަދު ޖުނައިދު

އެންމެ އުއްމީދީ ކުޅުންތެރިޔާ،  ހަންޏާމީދޫ ޓީމުގެ ޖަރޒީ ނަންބަރު 17 މިންދާދު ޢަބްދުލްޙަސީބް

މުޅި މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިން، މަހިބަދޫ ޓީމުގެ މުޙައްމަދު ޖުނައިދު، އަދިއެ ޓީމުގެ ޖަރޒީ ނަންބަރު 23 އާދަމް ނާއިލް.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، މަހިބަދޫ ޓީމު ޖަރޒީ ނަންބަރު 37 މުޙައްމަދު ސާރިޙް

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، މަހިބަދޫ ޓީމު ޖަރޒީ ނަންބަރު 37 މުޙައްމަދު ސާރިޙް

މި މުބާރާތުގެ ޗެމްޕިއަން ޓީމު، މަހިބަދޫ ޓީމަށް އަތޮޅު ކައުންސިލްގެ ފަރާތުން 35،000 ރުފިޔާގެ ފައިސާގެ އިނާމާއި، މެޑަލް އަދި ޝީލްޑް ހަވާލުކޮށްފައިވާއިރު، މުބާރާތުގެ ރަނަރއަޕް ޓީމް މާމިގިލީ ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމާއި، މެޑަލް އަދި ޓްރޮފީވަނީ ހަވާލުކޮށްފައެވެ. މިމުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ހަންޏާމީދޫ ޓީމެވެ.

އަތޮޅު ޒުވާނުންގެ 12 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފާއިތުވި އަހަރުވެސް ހޯދާފައިވަނީ މަހިބަދޫއިން ނެވެ. މިފަހަރު ހޯދި ތައްޓާއި އެކު، އަތޮޅު ޒުވާނުންގެ 12 މުބާރާތުގެ ތެރެއިން 9 މުބާރާތުގެ ޗެމްޕިއަންކަން އެ ރަށު ޓީމުން މިވަނީ ހޯދައި, އަތޮޅުގެ ފުޓްބޯޅައިގެ ޗެމްޕިއަނުންގެ ގޮތުގައި ވިދާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
11 Oct 2026
އެމްޓީސީސީން ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
11 Oct 2026
ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ, ދެ ދައުރެއްގައި ހިނގި ދެ ކަމެއް އެއްފަދަ ކުރައްވައިފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީ އޭރު އިސް ނެގި ކަން ފާހަގަކުރައްވައި، ޔޫއޭއީގެ ކުންފުންޏަކުން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫއަށް ހުރަސް އެޅުމަށް މިހާރު ރައީސް ޔާމީން އިސްވެ ހުންނަވައި އެމްޑީޕީއާ ގުޅިގެން ކުރައްވާ މަސައްކަތާ އެއްވެސް ފަރަގެއް ނެތް ކަމަށް ވިދާޅުވެފައިވެއެވެ.
11 Oct 2026
ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
11 Oct 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސެޕްޓެމްބަރު މަހު 59 މިލިއަން ރުފިޔާ ދޫކޮށްފި
އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މާލީ އެހީ ލިބުނީ ޖުމުލަ 15،571 މީހަކަށެވެ. އޮގަސްޓް މަހާ އަޅާ ބަލާއިރު މިއީ ލިބުނު ފައިސާގެ އަދަދާއި އެހީ ލިބުނު މީހުންގެ އަދަދުވެސް އިތުރުވުމެކެވެ. އޮގަސްޓް މަހު 15،498 މީހަކަށް 58.4 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
11 Oct 2026
ބޮޑުތަކުރުފާނުމަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް: ފެނާއި ނަރުދަމާ ހޮޅި އަޅަނީ
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ފިޔަވަހީގެ ބޭނުމަކީ އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.
11 Oct 2026
ރައްޔިތުންގެ މަޖިލީހަށް ސްޓާލިންކުންދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
މިކަން ކޮށްދޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާރލިނކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭން ޖެހޭ