ރޮނާލްޑޯ ލަނޑުޖެހުމަށްފަހު ޓީމުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ
ކުޅިވަރު
01 Aug 2023 | 09:21
ރޮނާލްޑޯގެ އެހީތެރިކަމާއެކު މޮނަސްޓަރ އަތުން އަލް ނަސްރަށް ފަސޭހަ މޮޅެއް!

އަރަބި ކުލަބް ޗެންޕިްއަންސް ކަޕްގެ ގްރޫޕް ސީގައި ޓިއުނީޝިޔާގެ މޮނަސްޓަރ އާއި ސައުދީގެ އަލް ނަސްރު ވާދަކުރި މެޗު 4-1 ގެ ނަތީޖާއަކުން އަލް ނަސްރު ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ގްރޫޕް ސީގައި އަލް ނަސްރު ކުޅުނު ފުރަތަމަ މެޗުގައި ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ޝަބާބު އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، މިރޭގެ މެޗަކީ އެޓީމުގެ ކޯޗު ލުއިސް ކާސްޓްރޯގެ އިރުޝާދުގެ ދަށުން އެޓީމު މޮޅުވި ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލް ނަސްރު އިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް އެންޑަސަން ޓަލިސްކާ އެވެ.

މިއީ އެޓީމުގެ މިޑްފިލްޑަރު އަބްދުލްރަހްމާން ޣަރީބު މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް މޮނަސްޓަރ ގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި މޯނަސްޓަރ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑަކީ ފަހުހާފުގެ 66 ވަނަ މިނެޓުގައި އަލް ނަސްރުގެ ޑިފެންޑަރު ޢަލީ އަލް އުޖާމީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ މޮނަސްޓަރ ގެ ކީއްޕަރު ކުރިއަށް ކުޅުނު ދިގު ބޯޅައެއް ބޮލުން ކީއްޕަރަށް ޖައްސާލަން އުޅުމުގެތެރޭގައި ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުގައި އަލް ނަސްރުން ދެވަނަ ފަހަރަށް ލީޑު ހޯދި ލަނޑު 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު އައްސުލްޠާން އަލް ޣަންނަމް މަތިމަތިން ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް އަލް ނަސްރުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަލް އަމްރީ އެވެ. މިއީ ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާއެއް ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު މުޅިން ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ދެ މިނެޓު ފަހުން ޓަލިސްކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޢަބްދުލްޢަޒީޒް އަލް އަލްވާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްދީފައެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ. އަދި މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހަމަކޮށް ގުރޫޕް ސީގެ އެއްވަނައިގައި މިވަގުތު އޮތީ އަލް ނަސްރު އެވެ.

މި މެޗުން ބަލިވި މޮނަސްޓަރ ވަނީ ކުޅުނު ދެ މެޗުން ބަލިވެ ބާކީ އެއް މެޗު އޮއްވައި މުބާރާތުން ކަޓާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.