ރައީސް ޔާމީން އާއި ދަރިކަލުން ޒޭން ޔާމީން
ހަބަރު
01 Aug 2023 | 10:02
މާމަ އެދެމުން ދިޔައީ ރައީސް ޔާމީން މިނިވަންވެގެން ގެއަށް އައުމަށް: ޒޭން ޔާމީން

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ މަންމާފުޅު، މަރުހޫމް ފާތިމަތު ހަސަން އެދިލައްވަމުން ދިޔައީ، ދަރިކަލުން، ރައީސް ޔާމީން ޖަލުން މިނިވަންވެ ވަޑައިގެން ގެއަށް ވަޑައިގެންނެވުމަށް ކަމަށް، އެމަނިކުފާނުގެ ދަރިކަލުން ޒޭން ޔާމީން ވިދާޅުވެއްޖެއެވެ. 

ޒޭން ޔާމީން ގެ މާމާފުޅު، އަދި ރައީސް ޔާމީންގެ މަންމަ، ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށްފަހު އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ވަނީ އަވަހަރާވެފައެވެ. އަވަހާރަވީއިރު އުމުރުންވީ 86 އަހަރެވެ. 

ޒޭން ގެ މާމަ އަވަހާރަވުމާއި ގުޅިގެން، އޭނާ ފޭސްބުކުގައި ލިޔުއްްވާފައިވާ އަސަރުން ފުރިގެންވާ ލިޔުން ކޮޅެއްގައި ވަނީ މާމަގެ ހަނދާންތަކާއި ޒިކުރާ އައު ކުރައްވާފައެވެ. 

އެގޮތުން ވިދާޅުވީ، މާމަ އަކީ މާމަ ދަރިންނާއި މުނި މާމަ ދަރިންނަށްވެސް ހެޔޮ، އަބަދުވެސް ހިނިތުންވުމާއި އެކު ބައްދަލު ކުރައްވާ ހިތްހެޔޮ ކަނބަލެއް ކަމަށެވެ. މާމަ ދެއްވާފައިވާ އަގުހުރި ފިލާވަޅުތަކާއި ދަރުސްތަކުގެ ޒިކުރާ އައު ކުރަމުން ޒޭން ވަނީ، ހިތްވަރާއި، ހިކުމަތާއި، ކެތްތެރިވާން އެންމެނަށްވެސް ދަސްކޮށްދިނީ މާމަ ކަމަށް ވިދާޅުވެފައެވެ. 

ޒޭން އިތުރަށް ވިދާޅުވީ، އޭނާގެ މާމައަށް 86 އަހަރު ފުރުނު އުފަންދުވަހުގައި މާމައާއި އެކުގައި އޭނާވެސް ހުންނެވި ކަމަށާ، އެދުވަހުވެސް މާމަ އެދެމުންދިޔައީ، ބައްޕާފުޅު، ރައީސް ޔާމީން ޖަލުން މިނިވަންވެ ވަޑައިގެން އެ އެންމެނާއި އެކު ގޭގައި ވުމަށް ކަމަށެވެ. މާމަގެ ވަކިވުމަކީ އެންމެންވެސް ނުހަނު ހިތާމަކޮށް ކަރުނަ އަޅާ ކަމެއް ކަން ފާހަގަކުރައްވައި ޒޭން ވަނީ މާމަގެ އެންމެ ފަހު ވަގުތު ތަކުގައި، ބައްޕާފުޅު، ރައީސް ޔާމީން މާމަ އާއި އެކު ވުމަށް އިންތިހާއަށް އެދެވުނު ކަމަށް ވިދާޅުވެފައެވެ. 

ޔާމީންގެ މަންމާފުޅު އަވަހާރަވީއިރު ދިރިއުޅުއްވަމުން ގެންދެވީ ރައީސް ޔާމީންގެ ކޮއްކޯފުޅު މުސްލިމާ އަބްދުލް ޤައްޔޫމް އަރިހުގައި ސްރީލަންކާގައެވެ. 

ފާތިމަތު ހަސަންގެ ޖަނާޒާ ރޭގެ އިޝާ ނަމާދަށްފަހު ބާއްވާފައިވާއިރު، ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވުމުން ޖަނާޒާގައި ރައީސް ޔާމީނަށް ބައިވެރިވުމުގެ ފުރުސަތެއް ނުލިބުނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ސާޅީސް ޖަމިއްޔާއާ އެކު ސަލަފުގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ރޭ ފަށަނީ
މި ހަފްތާ ބަންދުގައި މާލޭގައި ކުރިއަށް ދާ މި މަހާސިންތާގައި 40 ޖަމިއްޔާއަކުން މިހާތަނަށް ބައިވެރިވެފައިވެ އެވެ.
12 Aug 2026
ބައްޕަ މަރުވުމާ ގުޅިގެން މެސީގެ އަސަރުގަދަ ޕޯސްޓެއް
"އެއީ ހަމައެކަނި ބައްޕައެއް ނޫނެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓައިދިން ފަރާތެވެ"
12 Aug 2026
ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
ބީއެމްއެލްއިން ބުނީ މި ނިންމުން ނިންމީ އެ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ބެލުމަށް ފަހުގައި ކަމަށެވެ
12 Aug 2026
ނަޝީދު ގޮވާލެއްވުން: 10 ދުވަސްތެރޭ 19ރއަށް، މަސްދުވަސްތެރޭ 17ރއަށް ޑޮލަރުގެ އަގު ތިރިކުރޭ
އެއީ ކުރިއަށް އޮތް 10 ދުވަސްތެރޭ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުން ކަމުގައި ވިދާޅުވި އެވެ.
12 Aug 2026
އުރީދޫ ޕީއެމްއެންސީ މޯލްޑިވްސް ފައިނަލްސްގައި 16 ޓީމަކުން ތަށްޓަށް ވާދަކުރާނެ
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެކަން ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި
އެ ކޮމިޝަނުން މިހެން ބުނީ އެ މައްސަލާގައި އެޗްއާރުސީއެމުން އެއްޗެއް ނުބުނާތީ އެތައް ބަަޔަކު ފާޑުކިޔުންް އަމާޒު ކުރުމުންނެވެ.
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.