އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު-- ފޮޓޯ/ ރާއްޖެ އެމްވީ
ހަބަރު
01 Aug 2023 | 12:36
ކެންޑިޑެސީ އާއިމެދު ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭ ނަމަ ސްޕްރީމް ކޯޓަށް ހުށަހެޅޭނެ: އީސީ

އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ އިންތިހާބުގެ ޝަރުތުތައް ފުރިހަމަވޭތޯ ނޫނީ ނޫންތޯ ގާނޫނީ ގޮތުން ބަލައި، އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށް އެކޮމިޝަނުން ބުނެފިއެވެ. 

މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ވަނީ ހުށަހަޅާފައެވެ.

ޔާމީންގެ ފޯމު ހުށަހަޅާފައި ވާއިރު، އެމަނިކުފާނު ހުންނެވީ ވ.އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި 11 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒް ކުރައްވަން ޖަލުގައެވެ. އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓަށް ހުށަހަޅާފައި ވީ ނަމަވެސް އެ މައްސަލަ ކުރިއަކަށް ނުދެއެވެ.

އެހެންކަމުން އެމަނިކުފާނުގެ ކެންޑިޑެސީ އާއި މެދު ސުވާލު އުފެދިފައިވާއިރު، ރައީސް ޔާމީން ގެ ކެންޑިޑެސީ ފޯމު ހުށަހެޅުމަށްފަހު، އިލެކްޝަންސް ކޮމިޝަން (އީސީ)އިން އެކަމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ގަވާއިދުގައިވާ ގޮތުން، ރިޔާސީ ކެންޑިޑޭޓް ގެ ފޯމު ހުށަހަޅާތާ 48 ގަޑިއިރު ތެރޭގައި، ފޯމާއި ބަލައިގަތުމާއިމެދު ނިންމާ ގޮތެއް އަންގަން ޖެހޭ ކަމަށެވެ. 

އެހެންނަމަވެސް، އެ ކޮމިޝަންގެ މެންބަރުން ނިންމާފައިވަނީ އެ މުއްދަތު 48 ގަޑިއިރަށް ލަސް ނުކޮށް، 24 ގަޑިއިރު ތެރޭގައި، ރައީސް ޔާމީން ގެ ކެންޑިޑެސީ ފޯމާއި މެދު ނިންމާ ގޮތެއް އެންގުމަށް ކަމަށެވެ. 

"[އެހެން ނަމަވެސް] އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ އެ 48 ގަޑިއިރު އެގޮތަށް ނުނަގާ އިރާދަ ކުރެއްވިއްޔާ އެ 24 ގަޑިއިރު ފުރިހަމަވުމުގެ ކުރިން ކެންޑިޑަސީ ފޯމާމެދު އިލެކްޝަންސް ކޮމިޝަނުން ނިންމާ ގޮތެއް އަޅުގަނޑުމެން އަންގާނަން." ހަބީބް ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮތް 24 ގަޑި އިރުތެރޭގައި ރައީސް ޔާމީން ގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި، އެނޫން ކަންކަމަށް ބަލައި ކެންޑިޑެސީ އާއި މެދު ގިތެއް ނިންމައި އެކަން އަންގާނެ ކަމަށް ހަބީބު ވިދާޅުވި އެވެ. 

"އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ އިންތިހާބުގެ ޝަރުތުތައް ފުރިހަމަވޭތޯ ނޫނީ ނޫންތޯ ގާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަނުން ބަލާނެ. އިލެކްޝަންސް ކޮމިޝަންގެ ލީގަލް ޓީމުން ދިރާސާ ކުރުމަށްފަހުގައި ނިންމާ ގޮތެއްގެ މަތިން އިރާދަ ކުރެއްވިއްޔާ 24 ގަޑިއިރު ފުރިހަމަވުމުގެ ކުރިން ޖަވާބު އަރުވާނަން." ހަބީބް ވިދާޅުވިއެވެ.

ހަބީބް  އިތުރަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަން ނިންމި ގޮތާ މެދު ހިތްހަމަނުޖެހޭ ނަމަ، އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާތާ 48 ގަޑިއިރު ފަހުން ފަސް ދުވަސް ތެރޭ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވަން ޖެހޭނެ ކަމަށެވެ.

"ދެން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ހަތް ދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމުމަށް ގާނޫނުން ލާޒިމް ކުރޭ." ހަބީބް ވިދާޅުވިއެވެ.

ކޮމެންޓް
އިބްރާހީމް މުހަންމަދު ސޯލިޙް
ޔާމިނު އޭރުހިތައްއަރާފާނެތަ އޭނަގެ ލޮލައް މިއިލޮށިގަނޑު ހެރިދާނެ ކަމައް.. ގާނޫނުގައޮތްގޮތުން ނަޟީދުއައް ކުރިމަތިނުލެވުނީ.. ވީއިރު ޔާމިނުއައް ކުރިމަތިލެވެންޖެހޭނީ އަރަތަކުން..
01 Aug 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.